Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލައިސަންސް ދޫކުރުން ވަގުތީގޮޮތުން މެދުކަނޑާލުން

އަލަށް ލައިސަންސް ނަގާ މީހުންނަށް ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް އެބަކުރަން: ޓްރާންސްޕޯޓް

7 މާރިޗު 2021 | އާދީއްތަ 14:49

އެގޮތަށް ކަންތައްކުރީ ކޮވިޑް-19ން ރައްކާތެރިވާން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 7 މާރިޗު 2021 | އާދީއްތަ 14:49
އިރުއޮއްސެމުން ދިޔަ ވަގުތު މާލެތެރޭގެ މަންޒަރެއް

އިރުއޮއްސެމުން ދިޔަ ވަގުތު މާލެތެރޭގެ މަންޒަރެއް

ރާއްޖޭގައި އެކި އުޅަނދުފަހަރު ދުއްވުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ޑްރައިވިންއާ ގުޅޭ ޓެސްޓުތައް ހެދުން ހުއްޓާލީ ކޮވިޑް-19ން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެެވެ.

ލައިސަންސު ދޫކުރުން މެދުކަނޑާލާފައިވާއިރު، ލައިސަންސު ނެތި ޖޫރިމަނާކުރަމުންދާތީ އެކަމާ ގުޅިގެން ހިންހަމަނުޖެހުން ފާޅުކޮށް އާންމުންގެ ބަޔަކު ވަނީ މިއަދު ޓްރާންސްޕޯޓް އޮތޯރިޓީ ސަރަހައްދަށް އެއްވެފައެވެ. އެކަމާ ގުޅިގެން އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، ލައިސަންސް ޓެސްޓު ހެދުމާއި، ލައިސަންސް ދުކުރުން ވަގުތީގޮތުން މެދުކަނޑާލީ މި ދުވަސްވަރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، އެ އޮތޯރިޓީއަށް ވަކި އަދަދަކަށް ވުރެ ގިނަ މީހުން އެއް ގަޑިއެއްގައި ގޮސް އެއްވުމަކީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާ ހިލާފު ކަމަކަށް ވާތީ ކަމަށެވެ.

އެކަމުގެ ސަބަބުން އާންމުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް އެޗްޕީއޭއާ މަޝްވަރާކޮށްގެން ހިދުމަތް ދެވޭނެ ގޮތެއް އިންތިޒާމުކޮށް އަލަށް ލައިސަންސު ނަގާ މީހުންނަށް ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

ލައިސަންސް ނުނަގާ ދުއްްވާ ކޮންމެ ފަހަރަކު 1،000ރ އިން ޖޫރިމަނާކުރާއިރު، އަތުގައި ލައިސަންސް ނެތްނަމަ 750ރ އިން ޖޫރިމަނާކުރެއެވެ. ލައިސަންސް ޓެސްޓު ހެދުމާއި، ދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވެ އާންމުން ޖޫރިމަނާކުރާ ވަރުވަނީ ކުރިއާ އަޅާބަލައި ވަރަށް ބޮޑުތަން އިތުރުވެފައެވެ.

އާދިއްތަ ދުވަހު އެ އޮތޯރިޓީ ކައިރިއަށް އެއްވެ ހިންހަމަނުޖެހުން ފާޅުކުރި މީހުންގެ ތެރޭގައި ލައިސަންސަށް އެދި ހުށަހަޅާފައިވާތާ ދެ މަސް ތިން މަސް ވެފައިވީއިރު އަދިވެސް ލައިސަންސް ނުލިބި ތިބި މީހުން ހިމެނެއެވެ. އެއްވުމުގެ ބައިވެރިން ވަނީ މަޖިލިސް ކައިރިއަށް ގޮސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާވެސް އެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެގޮތުން މައްސަލަ މަޖިލީހާއި ހަމައަށް ގެންނަން ޖެހުނީ އެތައް ފަހަރެއްގެ މަތިން އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެދި ޓްރާންސްޕޯޓު މިނިސްޓްރީއާއި ހިއްސާ ކުރެވި އެދެވޭ ޖަވާބެއް ނުލިބުމުން ކަމަށް އެމީހުން ވަނީ ބުނެފައެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީއަށް ވަރަށް ގިނަ ފަހަރު ގުޅިއްޖެ ކަމަށާއި ނަމަވެސް ފޯނު ނުނަގާ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް ހުރި ކަންބޮޑުންތައް ފާޅު ކުރުމަށް އިހުތިޖާޖެއް ކުރަން ޖެހޭކަން ވެސް އެމީހުން ފާހަގަކުރިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް