Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބްރޯޑްކޮމްގެ މެމްބަރުކަމަށް ފަޒީން

ބްރޯޑްކޮމްގެ މެމްބަރުކަމަށް ފަޒީން އައްޔަންކުރައްވައިފި

ހޯމަ ދުވަހު ވަނީ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 7 މާރިޗު 2021 | އާދީއްތަ 12:46
ރައީސް ސޯލިހު ފަޒީނަށް މަގާމުގެ ލިޔުން ދެއްވަނީ

ރައީސް ސޯލިހު ފަޒީނަށް މަގާމުގެ ލިޔުން ދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަގާމަށް، ބ. ތުޅާދޫ، ހޭޒުލީން، މުހައްމަދު ފަޒީން އައްޔަންކުރައްވައިފިއެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސާލިހު ވަނީ، ފަޒީން އެ މަގާމަށް އައްޔަންކުރައްވައި، މަގާމުގެ ލިއުން ހަވާލުކޮށްދެއްވާފަ އެވެ.

Advertisement - newsAdvertisement

އެ މަގާމަށް ރައީސް ފޮނުއްވި 11 މީހުންގެ ތެރެއިން ރައީސް ފޮނުއްވި ތަރުތީބުން، މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ރުހުން ދިނީ ފަޒީންއާއި ވީޓީވީގެ ނޫސްވެރިއެއްގެ ގޮތުގައި އުޅުނު ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އަށެވެ. މިމަހުގެ ދެ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަޒީން ހޮވުމަށް ފެންނަކަމަށް ނިންމާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ. އަދި ފަޒީންއަށް ރުހުން ލިބުމުން ޝިފްޒާގެ ނަމަށް ވޯޓަށް ނާހަ އެވެ.

ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ނޫސްވެރިކަމުގެ ދާއިރާއާ ގުޅިވަޑައިގަތީ 2012 ވަނަ އަހަރުގެ މާރިޗު މަހު ޗެނަލް ނިއުސް މޯލްޑިވްސް (ސީ.އެން.އެމް)ގެ ސީނިއަރ ޖަރނަލިސްޓެއްގެ ގޮތުގައެވެ. އަދި، 2014 ވަނަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އަދާކުރައްވަމުން ގެންދެވީ ރާއްޖެ ޓީވީގެ ސީނިއަރ ވީޑިއޯ ޖަރނަލިސްޓްގެ މަގާމެވެ. ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހުރި ފަޒީން ބޮޑަށް ޚާއްސަވެފައިވަނީ ސިޔާސީ ދާއިރާއަށެވެ. ވަކިން ޚާއްސަކޮށް މަޖިލިސްއާއި ކޯޓުގެ ޚަބަރުތައް ކަވަރުކުރުމުގައި ފަޒީނަކީ ފުންނާބު އުސް ނޫސްވެރިއެކެވެ. ފަޒީނަކީ، ހޮޓެލް އޮޕަރޭޝަންސްގެ ދާއިރާއިންވެސް ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ބްރޯޑްކޮމްއަށް މެމްބަރަކު މި ޢައްޔަންކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ކޮމިޝަންގެ މެންބަރުކަމުން ޒީނާ ޒާހިރު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ބްރޯޑްކޮމްގައި ހަތް މެމްބަރުން ތިބެންޖެހެއެވެ. އެގޮތުން މި ވަގުތު ކޮމިޝަންގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ، ނައިބު ރައީސް އަހުމަދު ގައިސް، ކޮމިޝަނަރ އަމްޖަދު ވަހީދު، ކޮމިޝަނަރ އަލީ ޔޫސުފް، ކޮމިޝަނަރ އާމިނަތު އަމީނާ އަދި ކޮމިޝަނަރ އާމިނަތު ސަރާހަތު އިއްޒަތެވެ.

ބްރޯޑްކޮމްފަޒީން

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2025

ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި

01 ސެޕްޓެމްބަރު 2025
ނޫސްވެރިން އެކްރެޑިޓް ކުރުމަށް އައު އުސޫލެއް ގެޒެޓް ކޮށްފި
31 އޯގަސްޓު 2025

މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟

31 އޯގަސްޓު 2025
މިނިވަން މީޑިއާ މަތިން ހަނދުމަފުޅުވީ މަގާމު ގެއްލިދާނެތީތޯ؟
21 އޯގަސްޓު 2025

ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި

21 އޯގަސްޓު 2025
ޗެނަލް-13 ބްރޯޑްކާސްޓްކުރުން ގަޑި އިރަކަށް މެދުކަނޑާލުމަށް ބްރޯޑްކޮމް އިން އަންގައިފި
27 ޖެނުއަރީ 2025

ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު

27 ޖެނުއަރީ 2025
ބްރޯޑްކޮމްއިން ފޮނުވި ސިޓީގެ ޖަވާބު
19 ނޮވެމްބަރު 2024

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

19 ނޮވެމްބަރު 2024
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު