Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާ

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި އެންމެން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފި

6 މާރިޗު 2021 | ހޮނިހިރު 13:51

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ކޮވިޑަށް ޓެސްޓްކުރުމަށް އިންކާރުކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 މާރިޗު 2021 | ހޮނިހިރު 13:51
ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފަށް އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފަށް އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ބޭއްވި މުޒާހަރާއިން ހައްޔަރުކުރި އެންމެން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ޖުމުލަ 39 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އެ ހުރިހާ އެންމެންވެސް ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ޚިލާފުވުމުން 1،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

އެ އެންމެން ފުލުހުން ދޫކޮށްލާފައިވާއިރު، ހައްޔަރުކުރި މީހުން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް އެދުމުން، އެކަމަށް އިންކާރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ކޮވިޑަށް ޓެސްޓުކުރުމަށް އެދުމުން އެކަމަށް އިންކާރުކުރުމުން ސާމްޕަލް ނަގާފައިނުވާ ކަމަށެވެ. މީގެއިތުރުން ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް ބޭއްވި އެއްވުމެއްގައި ބައިވެރިވުމުގެ އިތުރުން ގިނަ އަދަދެއްގެ ފުލުހުންނާއި އެމީހުން ކޮންޓެކްޓްވެފައިވާ ކަމަށެވެ. އަދި ކަސްޓޯޑިއަލަކީވެސް ގިނަ އަދަދެއްގެ ބަޔަކު ބަލަހައްޓަމުން އަންނަ ތަނަކަށްވުމާއެކު، އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް އެކަމަށް މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އެންމެންވެސް އިންކާރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެކި ނަންނަމުގައި މާލޭގައި އަންނަނީ ސިލްސިލާކޮށް މުޒާހަރާކުރަމުންނެވެ. އެގޮތުން ކޮންމެ ހުކުރު ދުވަހަކު މަގުތަކަށް ނިކުމެ އަންނަނީ މުޒާހަރާކުރަމުންނެވެ. މި މުޒާހަރާތަކާއި ގުޅިގެން ފުލުހުން ބުނަމުން އަންނަނީ އެޗްޕީއޭގެ އެންގުންތަކާ ޚިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. މީގެއިތުރުން އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާވެސް ޚިލާފަށް ބާއްވަމުން އަންނަ އެއްވުންތަކެއް ކަމަށް ފުލުހުން ބުނެއެވެ.

އިދިކޮޅުން މުޒާހަރާ ކުރަމުން އަންނައިރު، ރާއްޖޭގައި ކޮވިޑުގެ ހާލަތު މިއިން ދުވަހަކު ގޯސް ނުވާ މިންވަރަށް ވަނީ ގޯސްވެފައެވެ. އެގޮތުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 100ން ދަށަށް ގޮސްފައިނުވާއިރު، ފާއިތުވި ހަފުތާއަކީ މުޅި ޕެންޑަމިކް ތެރޭގައި ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވި ހަފުތާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ.

ކޮވިޑުގެ ހާލަތު ރަނގަޅުވަމުން ނުދާތީ އެޗްޕީއޭއިން ވަނީ މާރޗް ހަތަރަކުން ފެށިގެން ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނައިން އެއްވެތިބުން ވަނީ މަނާކޮށްފައެވެ. އަދި ރަށްރަށަށްދާއިރު 72 ގަޑިއިރުވެފައިވާ ޕީސީއާރް ނެގެޓިވް ޓެސްޓެއް ބޭނުންވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ޕާކުތަކާއި މައިޒާންތައްވެސް ވަނީ ބަންދުކޮށްފައެވެ.

އިދިކޮޅުން މުޒާހަރާ ކުރުން

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2024

ރަސްމީ ގަޑީގައި މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ނުކުތީ މުޒާހަރާ އަށް ހުރަސް އަޅަން

20 ނޮވެމްބަރު 2024
ރަސްމީ ގަޑީގައި މުއިއްޒުގެ ސަރުކާރުގެ މަގާމުތަކުގައި ތިބި މީހުން ނުކުތީ މުޒާހަރާ އަށް ހުރަސް އަޅަން
20 ޖެނުއަރީ 2023

ޖަޒުބާތުގައި ދަތްދޮޅިދޮށަށް އަތްލާ ހިސާބަށް، ތަރުޖަމާނުގެ ޖަވާބަކީ ހިނިތުން މޫނެއް

20 ޖެނުއަރީ 2023
ޖަޒުބާތުގައި ދަތްދޮޅިދޮށަށް އަތްލާ ހިސާބަށް، ތަރުޖަމާނުގެ ޖަވާބަކީ ހިނިތުން މޫނެއް
27 މާރިޗު 2022

ވެރިކަމުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ދެއްވިކަމަށް ޔާމީނު ވިދާޅުވުމުން، އެތައް ބައެއްގެ ފާޑުކިޔުން

27 މާރިޗު 2022
ވެރިކަމުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ދެއްވިކަމަށް ޔާމީނު ވިދާޅުވުމުން، އެތައް ބައެއްގެ ފާޑުކިޔުން
25 މާރިޗު 2022

އިދިކޮޅު މުޒާހަރާއިން 11 މީހުން ހައްޔަރުކޮށްފި

25 މާރިޗު 2022
އިދިކޮޅު މުޒާހަރާއިން 11 މީހުން ހައްޔަރުކޮށްފި
09 ނޮވެމްބަރު 2021

މިނިވަންކަމުގެ ވާހަކަ ވިލާ ރޮއްޖަކާހެދި ޖަމަލު ފޮޑިއަށް

09 ނޮވެމްބަރު 2021
މިނިވަންކަމުގެ ވާހަކަ ވިލާ ރޮއްޖަކާހެދި ޖަމަލު ފޮޑިއަށް
19 ސެޕްޓެމްބަރު 2021

އަންނަ ހުކުރު ދުވަހު ވެސް ޕީޕީއެމް/ޕީއެންސީގެ ޚާއްސަ ޖަލްސާއެއް

19 ސެޕްޓެމްބަރު 2021
އަންނަ ހުކުރު ދުވަހު ވެސް ޕީޕީއެމް/ޕީއެންސީގެ ޚާއްސަ ޖަލްސާއެއް
26 މާރިޗު 2021

އިދިކޮޅު މުޒާހަރާއިން 11 މީހަކު ފުލުހުން ހައްޔަރުކުރި

26 މާރިޗު 2021
އިދިކޮޅު މުޒާހަރާއިން 11 މީހަކު ފުލުހުން ހައްޔަރުކުރި
20 މާރިޗު 2021

މުޒާހަރާގައި ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރި ދެމީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި

20 މާރިޗު 2021
މުޒާހަރާގައި ފުލުހުންނަށް ހަމަލާދޭން މަސައްކަތް ކުރި ދެމީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި
19 މާރިޗު 2021

އިދިކޮޅު މުޒާހަރާއިން 25 މީހަކު ހައްޔަރު ކޮށްފި

19 މާރިޗު 2021
އިދިކޮޅު މުޒާހަރާއިން 25 މީހަކު ހައްޔަރު ކޮށްފި
16 މާރިޗު 2021

އިދިކޮޅު އިހުތިޖާޖުގައި ހައްޔަރުކުރި މީހުން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލައިފި

16 މާރިޗު 2021
އިދިކޮޅު އިހުތިޖާޖުގައި ހައްޔަރުކުރި މީހުން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް