Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅުން ސިލްސިލާކޮށް މުޒާހަރާ ކުރުން

އިދިކޮޅުން ބުނަނީ ހުކުރު ދުވަހުގެ މުޒާހަރާ ދަންވަންދެން ކުރިއަށްދާނެ ކަމަށް

5 މާރިޗު 2021 | ހުކުރު 14:59

ދަންވަންދެން މުޒާހަރާ ކުރިއަށްދާނެ ކަމަށް ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 މާރިޗު 2021 | ހުކުރު 14:59
އިދިކޮޅުން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން

އިދިކޮޅުން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ތެރެއިން

އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް ކުރިއަށްގެންދާ މުޒާހަރާ ހުކުރު ދުވަހުވެސް ކުރިއަށް ގެންގޮސްފައިވާއިރު، ދަންވަންދެން މުޒާހަރާ ކުރިއަށްދާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން ހުކުރު ދުވަހުވެސް ހަވީރުން ފެށިގެން މުޒާހަރާ ކުރިއަށް ގެންގޮސްފައިވާއިރު، މާލޭގެ އެކި ސަރަޙައްދުތަކަށް މުޒާހަރާގެ ބައިވެރިން ވަނީ އެއްވެފައެވެ. އެގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 7:30 ހާ ހަމައަށްވެސް 40 ހާ ގާތްކުރާ އަދަދަކަށް ފުލުހުންގެ ބެލުމުގެ ދަށަށް މުޒާހަރާގެ ބައިވެރިން ގެންގޮސްފައިވާ ކަމަށް ރާއްޖެއެމްވީން ސުވާލުކޮށްލުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އެހެންނަމަވެސް، އިދިކޮޅުން ގެންދަނީ އެކި ސަރަޙައްދުތަކުގައި މުޒާހަރާ ކުރަމުންނެވެ.

އޭގެ އިތުރުން، މުޒާހަރާގެ ތެރެއިން މީޑިއާތަކާއި ވާހަކަ ދައްކަވަމުން ދަންވަންދެން މުޒާހަރާ ކުރިއަށްދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފުވެސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ އަދަދުތައް 100ން މަތީގައި އުޅޭއިރު، މާލޭ ސަރަޙައްދުން ކޮންމެ ދުވަހަކުވެސް ގިނަ ކޭސްތަކެއް ދަނީ ރިޕޯޓު ކުރެވެމުންނެވެ. އެއާއެކު، މާލޭ ސަރަޙައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އިދިކޮޅުން ބާއްވަމުންދާ އެއްވުންތަކަކީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، އެއްވެ އުޅުމުގެ ޤާނޫނާވެސް ޚިލާފަށް ކުރިއަށް ގެންދާ ޙަރަކާތްތަކެއް ކަމަށް ފުލުހުންވެސް ބުނެފައިވެއެވެ. އަދި މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރިއިރު ދިން ޤާނޫނީ އިންޒާރުތަކުގައި މީގެ ކުރިންވެސް ފުލުހުން އެކަން ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން، މާލެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައްވެސް ބުރާސްފަތި ދުވަހުގެރޭ އިތުރަށް ހަރުކަށި ކޮށްފައިވާއިރު، މާލޭ ސަރަޙައްދުގައި އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާ ކޮށްފައެވެ. ނަމަވެސް، އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކުގައި މި ފިޔަވަޅުތަކާ ޚިލާފުވަމުންދާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. މީގެ ކުރިންވެސް މުޒާހަރާތައް ނުބޭއްވުމަށް އިދިކޮޅަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާކަން ފާހަގަކުރައްވާ ފުލުހުން ވަނީ އެގޮތަށް މުޒާހަރާ ބާއްވާ ކަމުގައިވާނަމަ ބެލެވޭނީ އެއީ ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ހިންގޭ އަމަލެއްގެ ގޮތަށް ކަމަށް ބުނެފައެވެ. މުޒާހަރާތައް މާލެސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ފުރުސަތު ނުދެވޭނެ ކަމަށާއި މުޒާހަރާތައް ބާއްވާނަމަ ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ތަކުރާރުކޮށް ބުނެފައިވެއެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕީއެމްއިދިކޮޅުން މުޒާހަރާ ކުރުން

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
19 ސެޕްޓެމްބަރު 2025

ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން

19 ސެޕްޓެމްބަރު 2025
ދައުލަތުގެ އިސްވެރިންގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނަން: ރައީސް ޔާމީން
13 ސެޕްޓެމްބަރު 2025

މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ

13 ސެޕްޓެމްބަރު 2025
މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު މުއިއްޒުގެ އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ހާމަވެއްޖެ
21 އޯގަސްޓު 2025

މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!

21 އޯގަސްޓު 2025
މި ވެރިކަމާއި މެދު ރައީސް ޔާމީން: ފަނޑު ނޫކުލައިން ގެނުވީ ބަލިމަޑުކަމާއި ހައިހޫނުކަން!
18 ޖުލައި 2025

ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟

18 ޖުލައި 2025
ޝުޖާއުއެވެ! ރައްޔިތުން ވެރިކަން ހަވާލުކުރީ ޕާޓީގެ ވެރިކަމެއް ކުރަންތޯއެވެ؟
17 ޖުލައި 2025

އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު

17 ޖުލައި 2025
އާ ޓަރމިނަލް އާއި މެދު ޕީއެންސީ އާއި ޕީޕީއެމްގެ ވާހަކަ އަކީ ސްކޭމެއް: 183 މިލިއަން ޑޮލަރުގެ ބޮޑު ބަޔެއް ދޭން ޖެހުނީ ކުރީ ސަރުކާރުން ޕްރޮޖެކްޓް ލަސްކުރުމުން - އަމީރު
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
17 ޖުލައި 2025

ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު

17 ޖުލައި 2025
ޕާޓީ ވެރިކަން ކުރަން ރައީސް މުއިއްޒުއަށް އެނގިވަޑައިގަންނަވާނެ، މެންބަރުންނަށް ވަޒީފާ ހަމަޖައްސައިދޭނެ: ޝުޖާއު
01 ޖުލައި 2025

ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި

01 ޖުލައި 2025
ފެނަކައިގެ ޑީއެމްޑީގެ މަގާމުގައި ހުންނެވި ރުކުމާ މޯލްޑިވްސް ގޭސްގެ ޑީއެމްޑީގެ މަގާމަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް