ކ. މާލެ
|
5 މާރޗް 2021 | ހުކުރު 16:03
މޯލްޑިވިއަންގެ ސީޕްލޭންއެއް މަލިކުގައި ޖެއްސުން
މޯލްޑިވިއަންގެ ސީޕްލޭންއެއް މަލިކުގައި ޖެއްސުން
ޓްވިޓަރ
މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުން ހަޅުތާލުކުރުން
މޯލްޑިވިއަންއަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް: ސީޕްލޭން ޕައިލެޓުން ހަޅުތާލު ކުރަނީ
 
އެ މަގާމަށް ދެން އައްޔަން ކުރީ އުސޫލުން ބޭރުން އެހެން މީހެއް، އެއީ ކޮރަޕްޝަން ކަމަށް ތުހުމަތުކުރޭ
 
ހަޅުތާލުކުރަނީ ނޯޓިސްއަކާ ނުލާ ޗީފް ޕައިލެޓު ވަކިކޮށްގެން

މޯލްޑިވިއަންއަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް އެ ކުންފުނީގެ ސީޕްލޭން ޕައިލެޓުން ހަޅުތާލަށް ނުކުމެއްޖެއެވެ.

މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓެއް ނަން ހާމަނުކުރަން އެދި "ރާއްޖެއެމްވީ" އަށް މައުލޫމާތު ދިންގޮތުގައި ޕައިލެޓުން ވަނީ މިއަދު ހެނދުނު 10ން ފެށިގެން ސީޕްލޭން ދަތުރުތައް ހުއްޓާލާފައެވެ.

އޭނާ ބުނީ ޕައިލެޓުން ހަޅުތާލުކުރަމުން ދަނީ  ޗީޕް ޕައިލެޓް ކެޕްޓަން މުސްތަފާ މަންސޫރު އެއްވެސް ނޯޓިސްއަކާ ނުލައި މަގާމުން ވަކިކުރުމުންނެވެ. އޭނާ ބުނީ މުސްތަފާ މަންސޫރު އެ މަގާމުން ވަކިކުރީ މޯލްޑިވިއަންގެ ސީޕްލޭންއެއް އިންޑިއާއަށް ކުރި ދަތުރަކަށް ފަހު ރާއްޖެ އައި އިރު އޭގައި ތެޔޮ ފީފާއެއް އޮތް މައްސަލައެއް ފެންމަތިވެ އެ މައްސަލަ ބެލުމަށް ފަހު ކަމަށެވެ. މައްސަލަ ބަލަމުން ދިޔައިރު އެކަމުގައި ޝާމިލްވާ އެންމެން ސަސްޕެންޑް ކުރި ކަމަށާއި އޭގެ ފަހުން އެންމެން ވަޒީފާއަށް ވެސް ނެރެ މުސްތަފާ މަގާމުން ވަކިކޮށްލީ އެއްވެސް ސަބަބެއް ވެސް ނާންގާ ނޯޓިސްއެއް ވެސް ނުދީ ކަމަށް ބުންޏެވެ.

އުސޫލުގައިވާ ގޮތުން އޭނާ މަގާމުން ވަކިކުރުމަށް ފަހު ދެން އެ މަގާމަށް އިސްކުރަން ޖެހޭނީ ޑެޕިއުޓީ ޗީފް ޕައިލެޓެވެ. އެހެންނަމަވެސް ކަމާ ނުބެހޭ މީހަކު މަގާމަށް އައްޔަންކޮށްފައިވާ ކަމަށާއި، އެހެންވެ މުސްތަފާ ވަކިކުރުމަކީ އެމީހާ އެ މަގާމަށް ގެނައުމަށް ހިންގި ކޮރަޕްޝަންގެ އަމަލެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ. އެގޮތުން އެ މަގާމަށް ގެނައީ ޓްރެއިނިން ޑިޕާޓްމަންޓުގެ ހެޑެއްގެ ގޮތުގައި ހުރި މުވައްޒަފެއް ކަމަށާއި، ޗީފް އަދި ޑެޕިއުޓީ ޗީފް އާ އަޅާބަލާއިރު ވެސް އެއީ ވަރަށް ޖޫނިއަރ މުވައްޒަފެއް ކަމަށް ވެސް ބުންޏެވެ.

އޭނާ ބުނީ އެކަމާ ގުޅިގެން ޕައިލެޓުން މައްސަލަ ޖެއްސުމުން ދެން އެ ނިންމުން ރިވާޓް ނުވާނެ ކަމަށާއި، "ދަތުރު ކުރަންޏާ ކުރޭ ނުކުރަންޏާ ނުކުރާށޭ" އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވެފައިވާ ކަމަށެވެ.

އޭނާ ބުނީ އެ މައްސަލައިގައި މުސްތަފާއަށް އަދަބެއް އަންނަން ޖެހުނަސް ކޮމާންޑް އޮފް ޗެއިންއަށް ބަލައި ޒިންމާ ނަގަން ޖެހޭނީ ހަމައެކަނި އޭނާ އެކަނި ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި، އެހެން އެކަން އޮތް ނަމަވެސް ނޯޓިސްއެއް ނެތި ވަކިކުރުމާއި، އުސޫލުން ބޭރުން މީހަކު އައްޔަންކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ބުނީ މިހާރު އޮޕަރޭޝަންގައި އޮތީ އެންމެ ސީޕްލޭންއެއް ކަމަށެވެ. އެއީ އެންމެ ޕައިލެޓަކާއި ކޯ ޕައިލެޓެއް ދުއްވާ އެއްޗެއް ކަމަށެވެ. އެހެންކަމުން ދަތުރުތަކަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް މިވަގުތަށް މޯލްޑިވިއަންގެ ދަތުރުތައް ޓީއެމްއޭއިން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަން އިން ބުނީ، ޕައިލެޓުންގެ ހަޅުތާލާ ގުޅިގެން ހުރި ކަންބޮޑުވުންތައް އަޑު އަހައި، އެކަމާ ގުޅޭ މަޝްވަރާތައް މެނޭޖްމަންޓާއެކު މިހާރު ކޮށްފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހު ހަވީރު ޕައިލެޓުން މަސައްކަތަށް ނިކުމެފައިވާ ކަމަށް ވެސް ބުންޏެވެ. އެކަމަކު މޯލްޑިވިއަން ސީޕްލޭން ޕައިލެޓުން އެކަން ދޮގުކުރެއެވެ.

މޯލްޑިވިއަން އިން "ރާއްޖެއެމްވީ"އާ ވާހަކަ ދެއްކި ޕައިލެޓް ބުނީ އަދި މެނޭޖްމަންޓުގެ އެއްވެސް ބަޔަކާ ބައްދަލުވެފައި ނުވާ ކަމަށެވެ. އެކަމަކު މާދަމާ ބައްދަލުކުރާނެ ކަމަށް އެމްޑީ ވިދާޅުވެފައިވާ ކަމަށާއި، ފްލައިންއަށް ނުކުތީ އެކަމުގެ ސަބަބުން އާންމުންނަށް ލިބޭނެ ގެއްލުމަކަށް ބަލާފައި ކަމަށެވެ. އޭނާ ބުނީ ހަޅުތާލުގެ މަގްސަދަކީ އެ ކަންބޮޑުވުންތައް ފާޅުކުރާތާ އެތައް ދުވަހެއްވީ އިރުވެސް އެކަމަށް މެނޭޖްމަންޓުގެ އެއްވެސް ކަހަލަ ސަމާލުކަމެއް ލިބިފައި ނުވާތީ އެކަން ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.

އޭނަ ބުނީ މޯލްޑިވިއަން ތެރޭގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކޮވިޑް-19ގެ ހާލަތުގެ މާ ކުރިން ފަށައިގެން ވެސް ކޯ ޕައިލެޓުންނާއި މި ނޫން ވެސް މަގާމުތަކުގައި ތިބި މުވައްޒަފުންގެ ޕްރޮމޯޝަންތައް ހިފަހައްޓާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ޕައިލެޓެއް ވެސް ވަކި ފްލައިން ގަޑިއެއް ހަމަކުރުމުން ލިބެން ޖެހޭ ޕްރޮމޯޝަންތަކަކީ ބައިނަލްއަގުވާމީ އުސޫލުތަކެއް ކަމަށާއި އެކަންކަން އެގޮތަށް ނުކުރާތީ ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރަށް ކޮވިޑް-19ގެ ހާލަތު ރަނގަޅުވަމުން އައިސް ހުރިހާ ކުންފުންޏަކުން މުސާރަތައް އިޔާދަކުރަން ފަށާފައިވާއިރު އަދިވެސް މޯލްޑިވިއަންއިން މުސާރައިގެ އެއްވެސް ބައެއް އިޔާދަކޮށްދީފައި ނުވާ ކަމަށް ބުންޏެވެ. ލޮކްޑައުންގެ ހާލަތުގައި ވެސް އިންކަމް ލިބި އޮޕަރޭޓް ކުރި ކުންފުންޏަކަށް ވާއިރު، މިހާރު ފަތުރުވެރިކަން ވެސް ރަނގަޅުވަމުން އަންނަ އިރު މުވައްޒަފުންގެ މުސާރައިން އުނި ކުރި އެއްވެސް ބައެއް އަނބުރާ ނުދެވުން އެއީ ބަލައިގަނެވޭ އުސޫލެއް ނޫން ކަމަށް ވެސް ބުންޏެވެ.

އޭނާ ބުނީ އެ ހުރިހާ ކަންބޮޑުވުމެއް މީގެ ކުރިން ވެސް ހުށަހަޅާފައިވާ ކަމަށާއި، އެކަންކަ ބަލާނަމޭ ބުނެ އިތުރު ޖަވާބެއް ނުދޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
13%
29%
17%
8%
21%
13%
ކޮމެންޓް
6 މާރޗް 2021 | ހޮނިހިރު 06:45
ގައުމު
ކޮރަޕްށަނެއްނުން ނެގްލިޖެންސް ގަވައިދުތަކައް ބޯނުލެބުން ހަޅުތާލު ކުރީ އަމިއްލަ ފައިދާއައް. ސިމްޖާބިރު ގުއްޑެމެން އޮފިސްހިންގަން އުޅެނީ ރާބޯމޭޒުމަތިން. މިމީހުންނައް ފިޔަވަޅު އެޅެންޖެހޭ އެބަ.
5 މާރޗް 2021 | ހުކުރު 19:40
ވިލާ ޕައިލެޓް
ފުކެއް ބޮޑުވަރުތުތީ ކަލޯމެން ވިލާއެއާގަ އަދި އެބަތިބި ގޭގަ ތިބި ކުދިންވެސް ކަލޯމެން ތި ނެގި ޕައިލެޓް ލައިސެންސްއަކީ ރަނުން ލިޔަލާ ޖަހާފައޮތް އެއްޗެއްތަ
5 މާރޗް 2021 | ހުކުރު 17:27
ައަސަރޭ
ދެން ލަލަލާ
ގުޅުންހުރި
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު
ވަޒީފާގެ ބިރު ދަނީ ވަރަށް ބޮޑަށް ދައްކަމުން، އިސްދޫން އެކަނިވެސް 100ށް ވުރެ ގިނަ މުވައްޒަފުން ވަކިކޮށްފި
މުއިއްޒުގެ އަތްޕުޅަށް ބާރުތައް ދިން ވަރަކަށް އިތުރަށް އެ ބާރުތައް މުށުތެރެއަށް ލައްވައި ބާރުކުރައްވަމުން ގެންދަވާނެ: ސާލިހު
ގައުމުގެ ވެރިޔާއާމެދު ފިޔަވަޅު އަޅަންޖެހޭ ހިސާބަށް ގައުމުގެ ހާލަތު ވަނީ ގޮސްފައި: ރައީސް ސާލިހު
ވަޒީފާގެ ބިރު ދައްކަމުންދާކަމަށާއި އިލެކްޝަންސް ކޮމިޝަނުން މިކަން ބެލުމަށް އެމްޑީޕީން ގޮވާލައިފި
ރައީސް ޔާމީންގެ ޝަރީއަތް ލަސްވާ ސަބަބު ބަލައިދިނުމަށް ޖޭއެސްސީއަށް ހުށަހަޅާނަން - އަސްލަމް