Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސީޔާސީ ޕާޓީތަކަށް ނަސޭހަތްތެރިވުން

ދަރިންދެކެ މައިންބަފައިން ލޯބިވާ ފަދައިން އިލެކްޝަން ކޮމިޝަނުންވެސް ސިޔާސީ ޕާޓީތައް ދެކެ ލޯބިވޭ: އީސީ

ފިޔަވަޅު އެޅުމަކީ އީސީގެ ސިޔާސަތެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 މާރިޗު 2021 | ބުރާސްފަތި 18:35
ފަލަސުރުހީ ޕްރޮގްރާމްގައި އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރު ފުވާދު ތައުފީގު ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރު ފުވާދު ތައުފީގު ވާހަކަދައްކަވަނީ

ދަރިންދެކެ މައިންބަފައިން ލޯބިވާ ފަދައިން އިލެކްޝަން ކޮމިޝަނުންވެސް ސިޔާސީ ޕާޓީތައް ދެކެ ލޯބިވާކަމަށާއި އުސޫލާ ހިލާފުވިކަމުގައިވީ ނަމަވެސް ފިޔަވަޅު އެޅުމަކީ މަގުސަދެއް ނޫން ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރު ފުވާދު ތައުފީގު ވިދާޅުވީ ކޮވިޑް-19ގެ މި ޕެންޑަމިކްގައި ވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑާއި ހިލާފަށް އަމަލުކުރާނަމަ އެސިޔާސީ ޕާޓީތަކަށް ނަސޭހަތް ދެމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ފުވާދު ވިދާޅުވީ ފިޔަވަޅު އެޅުމަކީ އީސީގެ ސިޔާސަތެއް ނޫން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ސިޔާސީ ޕާޓީއަކުން ގާނޫނާ ހިލާފަށް ހަރަކާތްތައް ހިންގާނަމަ ކޮމިޝަންގެ ފަރާތުން އެޕާޓީއަށް ސިޓީ ފޮނުވާ ކަމަށެވެ. ދެވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިކަމަށްވާނަމަ ޕާޓީތަކުގެ ވެރިންނާއި ބައްދަލުކޮށް ނަސޭހަތް ދެވޭނެ ކަމަށެވެ. އަދި ތިން ވަނަ ފަހަރު ނަމަ އިންޒާރު ދޭނެ ކަމަށް ފުވާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ އިންޒާރާއެކުވެސް ކުށްތަކުރާރު ކުރާނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ.

ފުވާދު ވިދާޅުވީ ސިޔާސީ ޕާޓީތައް ޖޫރިމަނާކޮށް ބޮޑެތި ފިޔަވަޅުތައް އެޅުމަކީ ކޮމިޝަންގެ މަގުސަދެއް ނޫން ކަމަށެވެ. މީގެ އިތުރުން ފުވާދު ވިދާޅުވީ 10،000 މެމްބަރުން ހަމަވެގެން ދައުލަތުން ފައިސާ ދޫކުރަނީ އެންމެ ތިން ޕާޓީއަށް ކަމަށެވެ. އެއީ އެމްޑީޕީ، ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ ކަމަށެވެ. އަދި އެހެން ޕާޓީތަކަކީ ފައިސާ ދޫކުރާ ޕާޓީތަކެއް ނޫން ކަމަށާއި، މިފަދަ ހާލަތެއްގައި ޕާޓީތަކަށް ބޮޑެތި ފިޔަވަޅެއް ނާޅާ ކަންކަން އިސްލާހު ކުރުމަށް އިސްކަން ދޭ ކަމަށް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ އީސީން މިހާތަނަށް ބޭއްވި ހުރިހާ އިންތިޚާބެއް ބޭއްވިގެން ދިޔައީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން މިނިވަން ކަމާއެކު ކަމަށެވެ. ނަމަވެސް ކޮންމެ އިންތިޚާބެއްގައި ވެސް އެއްބަޔަކު ސުވާލު އުފައްދާކަން ފުވާދު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިފަހަރު ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުންދަނީ މިފަދަ ހުރިހާ ކަންކަމަށް ބެލުމަށްފަހު ކަމަށް ފުވާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
13 ނޮވެމްބަރު 2025

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 ނޮވެމްބަރު 2025
ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ގެންނަ ބަދަލުތައް ހަމަނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
13 ނޮވެމްބަރު 2025

ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން

13 ނޮވެމްބަރު 2025
ހަރަދު ކުޑަވިޔަސް އީވޯޓިން އަަށް ދިއުމުގެ ވިސްނުމެއް ނެތް: އިލެކްޝަންސް ކޮމިޝަން
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު