Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ރާއްޖޭގެ ޙާލަތު

ބުރާސްފަތި ދުވަހުގެ ކޮވިޑް ކޭސްތައް 160ން މަތީގައި

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 20،447

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 މާރިޗު 2021 | ބުރާސްފަތި 17:49
ކޮވިޑްއަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން- ރާއްޖެއިން ފެންނަމުންދާ ކޭސްތަކުގެ އަދަދުތައް އުޅެނީ 100ން މަތީގައި

ކޮވިޑްއަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން- ރާއްޖެއިން ފެންނަމުންދާ ކޭސްތަކުގެ އަދަދުތައް އުޅެނީ 100ން މަތީގައި

ރާއްޖެއިން އިތުރު 167 މީހަކު ކޮވިޑް-19އަށް ޕޮޒިިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ރާއްޖެއިން އިތުރު 167 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 137 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 17 މީހެއްގެ އިތުރުން، ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހެކެވެ. އެއާއެކު، މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 20،447ށް އަރާފައެވެ.

Advertisement - newsAdvertisement

ފާއިތުވި 24 ގަޑިއިރުވެސް ރާއްޖެއިން 4089 ސާމްޕަލްއެއް ނަގާފައިވެއެވެ. އެއާއެކު، މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރުމަށް ނަގާފައިވާ ސާމްޕަލްތަކުގެ އަދަދު ވަނީ 541،164ށް އަރާފައެވެ.

އެޗްޕީއޭގެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިވަގުތުވެސް 180 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 2664ށް އަރާފައެވެ.

ރާއްޖެއިން ފެންނަމުންދާ ކޮވިޑް ކޭސްތައް އިތުރުވެފައިވާއިރު، ފާއިތުވި ހަފްތާއަކީ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ހަފްތާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤުވެސް ވިދާޅުވެފައިވެއެވެ. އެގޮތުން ޑރ ނަޒްލާ ވިދާޅުވީ، ރާއްޖެއިން ފެންނަމުންދާ ކޭސްތައް އިތުރުވެފައިވާއިރު، މިހާރު ހުރި ފިޔަވަޅުތައްވެސް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކުވެސް ކޭސްތަކަށް އަންނަ ބަދަލުތައް ބަލައި، އެސެސްމަންޓު ހަދަމުންދާނެކަން ޑރ ފާހަގަ ކުރެއްވިއެވެ.

ޑރ ނަޒްލާ އެހެން ވިދާޅުވެފައިވާއިރު، ކޮވިޑް ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން އެޗްޕީއޭއިން ވަނީ މިހާރު ހުރި ފިޔަވަޅުތައްވެސް އިތުރަށް ވަރުގަދަ ކޮށްފައެވެ. އަދި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުވެސް އިތުރުކޮށްފައިވާއިރު، އޭގެ ދަށުން މާލޭ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތުވެސް ވަނީ އިތުރުކޮށްފައެވެ.

ކޮވިޑް-19ކޮރޯނާވައިރަސްއެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު