Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ފްރާންސްގެ ހާލަތު

ފްރާންސްގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން ލުއިދޭން ފަށަނީ

4 މާރިޗު 2021 | ބުރާސްފަތި 03:48

ފިޔަވަޅުތަކަށް ލުއިދިނުމުގެ މަސައްކަތްތައް ފަށާނެކަމަށް އެގައުމުން ހާމަކޮށްފައިވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ހަލުވި ކަމާއެކު ކުރިޔަށްދާން ފެށުމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 މާރިޗު 2021 | ބުރާސްފަތި 03:48
ފްރާންސްގެ މަގުމަތީގައި މީހަކު މާސްކު އަޅައިގެން ހިނގާފައިދަނީ

ފްރާންސްގެ މަގުމަތީގައި މީހަކު މާސްކު އަޅައިގެން ހިނގާފައިދަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ފްރާންސްގައި އަޅާފައިވާ ފިޔަވަޅުތަކަށް އޭޕްރީލް މަހުގެ މެދުތެރެއިން ފެށިގެން ލުއިތައް ދޭން ފަށާނެކަމަށް ފްރާންސް ސަރުކާރުގެ ސްޕޯކްސް ޕާސަން ގެބްރިއަލް އަޓަލް ވިދާޅުވެއްޖެއެވެ.

ކޮވިޑު ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ މަސައްކަތްތައް ފަށާނެކަމަށް އެގައުމުން ހާމަކޮށްފައިވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ހަލުވި ކަމާއެކު ކުރިޔަށްދާން ފެށުމުންނެވެ.

ކެބިނެޓް ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަޓަލް ވިދާޅުވީ ދަތިދުވަސްތައް އަދިވެސް ކުރިޔަށް އޮތީކަމަށެވެ. ނަމަވެސް އެތައް މަސްތަކަކަށްފަހު ފުރަތަމަ ފަހަރަށް އާންމު ހާލަތަށް ރުޖޫޢަވެވޭނެކަމުގެ ނިޝާންތައް ފެންނަން ފަށާފައިވާކަމަށް އަޓަލް ވިދާޅުވިއެވެ.

އަދި އޭޕްރީލް މަހުގެ މެދެއްހާ ހިސާބުގައި ހާލަތު ރަނގަޅުވާނެކަމަށް އުންމީދުކުރެވޭ ކަމަށާއި އެހެންކަމުން އެހާހިސާބަށް އަންނަންވާއިރަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް އަޓަލް ވިދާޅުވިއެވެ.

ކެބިނެޓް ބައްދަލުވުމުގައި ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އެގައުމު އަލުން ހުޅުވާލުމާ ގުޅޭގޮތުން ޕްރޮޕޯސަލެއް އެކުލަވާލައި ހުށަހެޅުމަށް އެދިވަޑައިގެންނެވިކަމަށް އަޓަލް ވިދާޅުވިއެވެ.

މިހަފުތާގެ ކުރީކޮޅު ފްރާންސްގެ ހެލްތު މިނިސްޓަރ އޮލިވިއަރ ވެރަން ވިދާޅުވެފައިވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް މަދުވެގެން ކުރިޔަށް އޮތް ހަތަރު ހަފްތާ އާއި ހަ ހަފްތާ އާ ދެމެދު އެގޮތުގައި ބާއްވާނެކަމަށެވެ.

ފްރާންސްގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ ރޭގަނޑު ގަޑީގައި ކާފިއު ހިންގުމާއި ބާރތަކާއި، ރެސްޓޯރެންޓްތައް އަދި މިޔުޒިޔަމްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި މިޔުޒިކް ކުޅޭ ތަންތަން ބަންދުކޮށްފައި ބެހެއްޓުމެވެ.

ފްރާންސްގެ ބޮޑުވަޒީރު މިދިޔަ ހަފްތާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފްރާންސް އަލުން ލޮކްޑައުން ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށެވެ. އެހެންނަމަވެސް މިހަފްތާތެރޭގައި ވައިރަސްގެ ހާލަތު އެންމެ ގޯސް 20 ސަރަހައްދެއްގައި ހަފްތާ ބަންދުގައި ކުރާ ލޮކްޑައުން ކުރިޔަށް ގެންދިޔުން ނިމުމަކަށް ގެންނަންޖެހޭތޯ ބަލާނެކަމަށެވެ. ފްރާންސްގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް 20 ސަރަހައްދުގެ ތެރޭގައި ވެރިރަށް ޕެރިސް އާއި ޕެރިސްގެ ވަށައިގެންވާ ސަރަހައްދުތައް ހިމެނެއެވެ.

ފްރާންސްގައި އަންގާރަ ދުވަހު ވަނީ 22،857 މީހަކަށް އަލަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައެވެ. އެއީ އޭގެކުރީ ދުވަހާ އަޅާބަލާއިރު 4703 މީހުން އިތުރު އަދެދެކެވެ.

އަދަދުތައް އިތުރުވަމުން ދިޔުމާ ގުޅޭގޮތުން އަޓަލް ވިދާޅުވީ އަދަދުތައް އިތުރުވަނީ ކަންބޮޑުވާ މިންވަރަށް ކަމަށާއި ނަމަވެސް ވަކި މިންވަރެއްގައި ހިފެހިއްޓިފައިވާކަމަށެވެ.

ކޮވިޑްގެ ޕެންޑަމިކަށް އަހަރެއް ވެފައިވާއިރު ފްރާންސްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 3.783 މިލިއަނަށް އަރައެވެ. ފްރާންސަކީ ހަވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. އެގައުމުގައި މިހާތަނަށް އައިއިރު 87،220 މީހުން ވަނީ މިބަލީގައި މަރުވެފައެވެ. ފްރާންސަކީ ހަތް ވަނައަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

ކޮވިޑް-19ފްރާންސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
26 ނޮވެމްބަރު 2025

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
10 ނޮވެމްބަރު 2025

ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ޖަލުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރުން އެދިއްޖެ

10 ނޮވެމްބަރު 2025
ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ޖަލުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރުން އެދިއްޖެ
10 ނޮވެމްބަރު 2025

ފަލަސްތީނުގެ ރައީސް އަންގާރަ ދުވަހު ފަރަންސޭސި ވިލާތައް ވަޑައިގަންނަވަނީ

10 ނޮވެމްބަރު 2025
ފަލަސްތީނުގެ ރައީސް އަންގާރަ ދުވަހު ފަރަންސޭސި ވިލާތައް ވަޑައިގަންނަވަނީ
31 އޮކްޓޯބަރު 2025

ލޫވްޚަ ދާރުލްއާސާރުން ވަގަށް ނެގި ތަކެތީގެ އަގު 102 މިލިއަން ޑޮލަރަށް، މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފި

31 އޮކްޓޯބަރު 2025
ލޫވްޚަ ދާރުލްއާސާރުން ވަގަށް ނެގި ތަކެތީގެ އަގު 102 މިލިއަން ޑޮލަރަށް، މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް