Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފްރާންސް

ލޫވްޚަ ދާރުލްއާސާރުން ވަގަށް ނެގި ތަކެތީގެ އަގު 102 މިލިއަން ޑޮލަރަށް، މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފި

ޕެރިހުގެ ޕްރޮސެކިއުޓަރ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ، ހައްޔަރު ކުރި ފަސް މީހުންގެ ތެރެގައި އެ މައްސަލައިގައި އެންމެ މައިގަނޑު ތުހުމަތު ކުރެވޭ މީހާ ވެސް ހިމެނޭ ކަމަށެވެ. ޕްރޮސެކިއުޓަރ ލޯރާ ބެކޯ ވިދާޅުވީ، އެ ޚިޔާނާތުގައި ގެއްލުނު 102 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ޒީނަތްތެރި ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް ހޯދިފައި ނުވާ ކަމަށެވެ.

ފްރާންސްގެ ލޫވްރް މިއުޒިއަމްގައި ހިނގި 102 މިލިއަން ޑޮލަރުގެ ހިޔާނާތުގެ މައްސަލައިގައި އެންމެ މައިގަނޑު ތުހުމަތު ކުރެވޭ މީހާ ހިމެނޭ ގޮތަށް ފަސް މީހަކު ހައްޔަރުކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2025 | ހުކުރު 08:43
ލޫވްޚަ ދާރުލްއާސާރުގެ ބިއްލޫރި ޕިރަމިޑް ކައިރީގައި ފްރާންސްގެ ސީއާރުއެސް ރިއަޓް ޕޮލިސް އޮފިސަރުން ހިނގާފައި ދަނީ

ލޫވްޚަ ދާރުލްއާސާރުގެ ބިއްލޫރި ޕިރަމިޑް ކައިރީގައި ފްރާންސްގެ ސީއާރުއެސް ރިއަޓް ޕޮލިސް އޮފިސަރުން ހިނގާފައި ދަނީ

ފްރާންސްގެ ވެރި ރަށް ޕެރިހުގައި އެންމެ މަޝްހޫރު ދާރުލްއާސާރު ކަމަށްވާ ލޫޚަވް އިން ވައްކަން ކުރި މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.

ޕެރިހުގެ ޕްރޮސެކިއުޓަރ ބުރާސްފަތި ދުވަހު ވިދާޅުވެފައި ވަނީ، ހައްޔަރު ކުރި ފަސް މީހުންގެ ތެރެގައި އެ މައްސަލައިގައި އެންމެ މައިގަނޑު ތުހުމަތު ކުރެވޭ މީހާ ވެސް ހިމެނޭ ކަމަށެވެ. ޕްރޮސެކިއުޓަރ ލޯރާ ބެކޯ ވިދާޅުވީ، އެ ޚިޔާނާތުގައި ގެއްލުނު 102 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ޒީނަތްތެރި ތަކެތީގެ ތެރެއިން އެއްވެސް އެއްޗެއް ހޯދިފައި ނުވާ ކަމަށެވެ.

ބެކޯ ވިދާޅުވެފައި ވަނީ މައްސަލައިގެ މައިގަނޑު ތުހުމަތު ކުރެވޭ މީހާގެ ޑީއެންއޭ އިން، އެ މައްސަލައިގައި އޭނާ ހިމެނޭ ކަމުގެ ހެކިތައް ލިބިފައިވާ ކަމަށެވެ. އެކަމުން ދޭހަ ވަނީ، މި ހިނގާ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު ހިނގި މި ހާދިސާ ގައި ބައިވެރިވެރި ހަތަރު މީހުންގެ ޓީމުގައި އޭނާ ހިމެނޭ ކަމުގައެވެ.

އިތުރަށް ބެކޯ ވިދާޅުވެފައި ވަނީ، މައްސަލައިގެ ތުހުމަތުހައި ހައްޔަރު ކޮށްފައިވާ މީހުންގެ އިތުރު ތަފްސީލް ހާމަ ކުރަން މިވަގުތު އަދި މާ އަވަސް ކަމަށެވެ. ހަމަ އެހެންމެ، ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އެހެން މީހުންނަކީ، އެ ހާދިސާ ހިނގި ގޮތުގެ މައުލޫމާތު އިނގޭ، އަދި އެ މައުލޫމާތު ދެވިދާނެ މީހުން ކަމަށް ވެސް ބެކޯ ވަނީ ވިދާޅުވެފަ އެވެ.

މައްސަލައިގެ ތުހުމަތު ކޮށްފައިވާ ފަސް މީހުން ހައްޔަރު ކޮށްފައި ވަނީ، ޕެރިސް އާއި ޕެރިސް ވަށައިގެންވާ ސަރަހައްދު ތަކުން ބުދަ ދުވަހުގެ ވަގުތެއްގަ އެވެ. ޚާއްސަކޮށް، ޕެރިހުގެ ބޭރުގައި ސެއިން ސެއިންޓް ޑެނިސް ސަރަހައްދުން ކަމަށް ހާމަ ކޮށްފައިވެ އެވެ،

މީގެ ކުރިން، މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ މި މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފަ އެވެ. އެ މީހުންނަށް ތުހުމަތު ކޮށްފައި ވަނީ ޚިޔާނާތާއި، ކްރިމިނަލް ކޮންސްޕިރަސީގެ ކުށުގެ ދައުވާ އެވެ. ޕްރޮސެކިއުޓަރުންގެ ބަޔާނުގައި ބުނެފައިވާ ގޮތުން، އެ ދެ މީހުންނާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކަށް އެ މީހުން ވަނީ ކޮންމެ ވެސް މިންވަރަކަށް އެއްބަސްވެފަ އެވެ.

ދާރުލްއާސާރުން ކުރި ވައްކަމުގައި ގެއްލުނު ތަކެތީގެ ތެރޭގައި ނެޕޯލިއަންގެ ފުރަތަމަ އަނބިކަނބަލުން އިމްޕްރެސް މަރީ ލުއިސް އަށް ހަދިޔާ ކުރި އެމެރަލްޑް، އަދި ޑައިމަންޑު ހަރުކޮށްފައިވާ ހާރެއް ވެސް ހިމެނެ އެވެ. އަދި އިމްޕްރެސް ޔުޖީނީ އަށް ނިސްބަތްވާ، ގާތް ގަނޑަކަށް 2000 ޑައިމަންޑު ހަރުކޮށްފައިވާ ޑައިމަންޑެއް ވެސް މި ހާދިސާގައި ވަގަށް ނަގާފައިވާ ކަމަށް ހާމަ ކޮށްފައިވެ އެވެ.

މި ވައްކަމުގެ ހާދިސާ އަކީ ފްރާންސްގައި މިހާތަނަށް ހިނގި އެންމެ ބޮޑު ވައްކަމުގެ ތެރޭގައި ހިމެނޭ އެއް ހާދިސާ އެވެ. ލޫވްޚަ މިޔުޒިއަމް އަކީ ދުނިޔޭގެ އެންމެ މަޝްހޫރު މިޔުޒިއަމް ތަކުގެ ތެރޭގައި ހިމެނޭ މިޔުޒިއަމް އެކެވެ. އަދި ކޮންމެ އަހަރަކު އެތައް މިލިއަން ފަތުރުވެރިން މި މިޔުޒިއަމް އަށް ޒިޔާރާތް ކުރެ އެވެ. ފުލުހުން މިހާރު މަސައްކަތް ކުރަމުން އަންނަނީ މި ވައްކަމުގެ ހާދިސާގައި ވަގަށް ނަގާފައިވާ ޖަވާހިރުތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ހާދިސާއާ ގުޅިގެން ފްރާންސްގެ އިންޓަ ރޭޑިއޯ އަށް ދެއްވި އިންޓަވިޔުއެއްގައި ޖަސްޓިސް މިނިސްޓަރު ޖެރަލްޑް ދަރްމަނިން ވިދާޅުވީ، ޕެރިހުގެ މެދު ތެރޭގައި ފަރުނީޗަރު އުފުލާ ހޮއިސްޓެއް ބަހައްޓައި، މަދު ވަގުތު ކޮޅެއްގެ ތެރޭގައި އަގު ހުރި ޖަވާހިރު ތަކެއް ވަގަށް ނަގައި، ފްރާންސްގެ ނަން ހަޑި ކޮށްލުމުގެ ފުރުސަތު ލިބުނުކަމީ، ސެކިއުރިޓީ ނިޒާމު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

މަސްދަރު: އޭއެފްޕީ

ފްރާންސްލޫވްޚަ މިއުޒިއަމް

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު