Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފްރާންސް

ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ޖަލުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރުން އެދިއްޖެ

10 ނޮވެމްބަރު 2025 | ހޯމަ 11:28

ނަމަވެސް އިސްތިއުނާފު ޝަރީއަތް ފެށުމުގެ މާނަ އަކީ ސާކޯޒީ މިހާރު އަނެއްކާވެސް މައުސޫމް ކަމަށް ބެލުން ކަމަށް ވުމާއެކު ކޯޓުން އޭނާ ޝަރީއަތުގެ ކުރިން ބަންދުގައި ބެހެއްޓުމުގެ ބޭނުން ވަޒަން ކުރާނެ ކަމަށް ބެލޭ.

ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2025 | ހޯމަ 11:28
ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ

ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ

އިންތިޚާބުގެ ކެމްޕޭނަށް ނާޖާއިޒު ފައިސާ ހޯއްދެވި ކަމަށް ސާބިތުވެ ޖަލު ބަންދުގައި ހުންނެވި ފަރަންސޭސި ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ ގެ އިސްތިއުނާފް މައްސަލަ ހުށަހެޅުމާއެކު އޭނާ ޖަލުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރުން ކޯޓުގައި އެދިއްޖެ އެވެ.

ސެޕްޓެމްބަރު މަހު ދަށު ކޯޓުން، 2007 އިން 2012 އަށް ފަރަންސޭސި ވިލާތުގެ ވެރިކަން ކުރެއްވި ސާކޯޒީ، ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ އަތްޕުޅުން ކެމްޕޭނަށް ފައިސާ ހޯއްދެވި ކަމަށް ދައުވާކޮށް ފަސް އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ.

އުމުރުން 70 އަހަރުގެ ސާކޯޒީ ޖަލުގައި އޮކްޓޯބަރު 21 ވަނަ ދުވަހު ބަންދު ކުރުމާ އެކު، އޭނާގެ ވަކީލުން އަވަހަށް އޭނާ މިނިވަން ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ޕެރިސް އިސްތިއުނާފު ކޯޓުން ހޯމަ ދުވަހު އަޑުއެހުން ފަށައި، ބެލެވިފައި ވަނީ ހޯމަ ދުވަހު ގޮތެއް ނިންމާނެ ކަމަށެވެ. އަދި އޭނާ ޖަލުން ދޫކޮށްލާނެ ކަމަށް ބެލޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ކުރީގެ ލީޑަރު އަޑުއެހުމުގައި ބައިވެރިވީ ވީޑިއޯ ކޯލް މެދުވެރިކޮށެވެ. އޭނާ ހުންނެވީ ޖަލު ހެދުމުގައެވެ. އަޑުއެހުމުގައި ވާހަކަ ދައްވަމުން އޭނާ ވަނީ ޖަލުގައި ހުންނެވުމަކީ ބިރުވެރި ހުވަފެނެއް ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ކޯޓު ރޫމުގައި ސާކޯޒީ އަށް ހިތްވަރު ދެއްވުމަށް އޭނާގެ އަނބިކަނބަލުން، ލަވަކިޔުންތެރިއާއި މޮޑެލް ކާލާ ބްރޫނީ-ސާކޯޒީ، އަދި ދެ ދަރިކަލުން ތިއްބެވި އެވެ.

ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ދަށު ކޯޓުން ސާކޯޒީ ޖަލަށް ލުމަށް އަމުރު ކުރީ، އޭނާ އިސްތިއުނާފު ކުރިޔަސް، ކުށުގެ "އިސްތިސްނާއީ ސީރިއަސްކަން" ހުރުމުން ކަމަށް ބުނެއެވެ.

ނަމަވެސް އިސްތިއުނާފު ޝަރީއަތް ފެށުމުގެ މާނަ އަކީ ސާކޯޒީ މިހާރު އަނެއްކާވެސް މައުސޫމް ކަމަށް ބެލުން ކަމަށް ވުމާއެކު ކޯޓުން އޭނާ ޝަރީއަތުގެ ކުރިން ބަންދުގައި ބެހެއްޓުމުގެ ބޭނުން ވަޒަން ކުރާނެ އެވެ.

އިސްތިއުނާފު ޝަރީއަތް މާޗް މަހު ބާއްވަން ހަމަޖެހިފައިވެއެވެ.

ކުރީގެ ރައީސް ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރައްވައިފައިވާއިރު، އާންމު ބަންދުގައި ތިބި މީހުންނާ ޚިލާފަށް، އޭނާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ދެ ބޮޑީގާޑުން ކައިރީގައި ހުރި ސެލެއްގައި ތިބެވެ.

ޖަލުގެ ސެކިއުރިޓީ އޮފިޝަލުން ބުނެފައި ވަނީ މި ފިޔަވަޅަކީ އެމީހުންގެ މަސްއޫލިއްޔަތައް ކުރާ މަލާމާތެއް ކަމަށެވެ. ނަމަވެސް އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް ވިދާޅުވެފައި ވަނީ ސާކޯޒީ ގެ "ސްޓޭޓަސް" އާއި "އޭނާ އަށް އޮތް ނުރައްކަލުގެ" ސަބަބުން މިއީ ބޭނުންތެރި ކަމެއް ކަމަށެވެ.

ޖަސްޓިސް މިނިސްޓަރު ޖެރަލްޑް ޑާމަނިން ސާކޯޒީ އަށް ފާއިތުވި މަހުގެ ފަހުކޮޅު ވަނީ ޒިޔާރަތް ކުރައްވާފައެވެ.

ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޖަލަށް ލެވުނު ނާޒީންނަށް ވާގިވެރިވި ފަރަންސޭސި ވެރިޔާ ފިލިޕް ޕެޓެއިން ގެ ފަހުން ޖަލަށް ލެވުނު ފުރަތަމަ ފްރާންސްގެ ލީޑަރަކީ ސާކޯޒީ އެވެ.

އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުން ފާއިތުވި ހަފްތާގައި ޕޯސްޓް ކުރި ވީޑިއޯއެއްގައި އޭނާ އަށް ހެޔޮ އެދޭ ފަރާތްތަކުން ފޮނުވި ސިޓީ ތަކާއި، ޕޯސްޓްކާޑުތަކާއި، ޕެކޭޖުތައް ދައްކާލައިފައި ވާއިރު، އެ ތަކެތީގެ ތެރޭގައި، ޗޮކްލެޓް އާއި ފޮތް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

ނިކޮލަސް ސާކޯޒީފްރާންސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ

30 ނޮވެމްބަރު 2025
މެކްރޮންއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު ޒެލެންސްކީ ފްރާންސް އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި

27 ނޮވެމްބަރު 2025
ސާކޯޒީގެ މައްޗަށް އިއްވި ޙުކުމް ފްރާންސްގެ އެންމެ މަތީ ކޯޓުން ދަމަހައްޓައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
26 ނޮވެމްބަރު 2025

ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން

26 ނޮވެމްބަރު 2025
ސުލްޙަ އަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭން އިސްލާޙު ކުރަން ޖެހޭ: މެކްރޮން
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
14 ނޮވެމްބަރު 2025

ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި

14 ނޮވެމްބަރު 2025
ފްރާންސް އިން ވޯލްޑް ކަަޕްގެ ޖާގަ އެއް ކަށަވަރު ކޮށްފި
10 ނޮވެމްބަރު 2025

ފަލަސްތީނުގެ ރައީސް އަންގާރަ ދުވަހު ފަރަންސޭސި ވިލާތައް ވަޑައިގަންނަވަނީ

10 ނޮވެމްބަރު 2025
ފަލަސްތީނުގެ ރައީސް އަންގާރަ ދުވަހު ފަރަންސޭސި ވިލާތައް ވަޑައިގަންނަވަނީ
31 އޮކްޓޯބަރު 2025

ލޫވްޚަ ދާރުލްއާސާރުން ވަގަށް ނެގި ތަކެތީގެ އަގު 102 މިލިއަން ޑޮލަރަށް، މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފި

31 އޮކްޓޯބަރު 2025
ލޫވްޚަ ދާރުލްއާސާރުން ވަގަށް ނެގި ތަކެތީގެ އަގު 102 މިލިއަން ޑޮލަރަށް، މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރު ކޮށްފި
27 އޮކްޓޯބަރު 2025

މެކްރޮންގެ އަނބިކަނބަލުންނަކީ ފިރިހެނެއް ކަމަށް ބުނެ ފުރައްސާރަ ކުރި މީހުންގެ ޝަރީއަތް ފަށައިފި

27 އޮކްޓޯބަރު 2025
މެކްރޮންގެ އަނބިކަނބަލުންނަކީ ފިރިހެނެއް ކަމަށް ބުނެ ފުރައްސާރަ ކުރި މީހުންގެ ޝަރީއަތް ފަށައިފި
22 އޮކްޓޯބަރު 2025

ފަސް އަހަރުގެ ޖަލު ޙުލުމް ތަންފީޒު ކުރުމަށް، ފަރަންސޭސި ކުރީގެ ރައީސް ސާކޯޒީ ޖަލަށް ގެންގޮސްފި

22 އޮކްޓޯބަރު 2025
ފަސް އަހަރުގެ ޖަލު ޙުލުމް ތަންފީޒު ކުރުމަށް، ފަރަންސޭސި ކުރީގެ ރައީސް ސާކޯޒީ ޖަލަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް