Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތުގައި ކޮވިޑް-19 ވެކްސިން ޖެހުން

ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާގެ ފަރާތުން ކޮވިޝީލްގެ 10 މިލިއަން ޑޯޒް ލިބޭނެ- އިނގިރޭސިވިލާތް

އެގައުމުން އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިނުގެ 100 މިލިއަން ޑޯޒް އޯޑަރު ކޮށްފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 3 މާރިޗު 2021 | ބުދަ 07:34
އެސްޓްރަޒެނިކާ/އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެން އުފައްދާފައިވާ އަދި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ލާޖް ސްކޭލްގައި އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިން

އެސްޓްރަޒެނިކާ/އޮކްސްފޯޑް ޔުނިވަރސިޓީ ގުޅިގެން އުފައްދާފައިވާ އަދި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ލާޖް ސްކޭލްގައި އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިން

ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސްއައިއައި) އިން އުފައްދާ އިނގިރޭސިވިލާތުގެ އޮކްސްފޯރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޯރޑް-އެސްޓްރާޒެނެކާ ވެކްސިންގެ 10 މިލިއަން ޑޯޒް އިނގިރޭސިވިލާތަށް ލިބޭނެ ކަމަށް އެގައުމުން ހާމަކޮށްފިއެވެ.

އަންގާރަ ދުވަހުގެ އެގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާގެ ފަރާތުން ކޮވިޝީލްޑް ވެކްސިންގެ 10 މިލިއަން ޑޯޒް ލިބޭނެ ކަމަށެވެ. އިނގިރޭސިވިލާތުގެ ސަރުކާރުގެ ސްޕޯކްސްޕަރސަން ރޮއިޓަރސްއަށް ބުނެފައިވަނީ އެގައުމުން އޮކްސްފޯރޑް-އެސްޓްރާޒެނެކާ ވެކްސިނުގެ 100 މިލިއަން ޑޯޒް އޯޑަރުކޮށްފައިވާ ކަމަށާއި އޭގެން 10 މިލިއަން ޑޯޒް ލިބޭނީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާއިން ކަމަށެވެ.

ދުނިޔޭގެ ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނިކަމުގައިވާ ސިރަމްއާއެކު އޮކްސްފޯރޑް/އެސްޓްރަޒެނިކާއިން އެއްބަސްވެެފައިވަނީ އިނގިރޭސީވިލާތުގައި އޮކްސްފޯރޑް/އެސްޓްރަޒެނިކާއިން އުފައްދަމުން އަންނަ AZD1222 ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ލާޖް ސްކޭލްގައި ވެކްސިން އުފެއްދުމަށެވެ. އެހެންކަމުން ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ވަކި ފޯމިއުލާއެއް އަދި ވަކި ވެކްސިނެއް ނުއުފައްދައެވެ.

ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އާއި އެސްޓްރަޒެނެކާއާ ދެމެދު 2020 ވަނަ އަހަރުގެ ޖޫން މަހު ވެވުނު ލައިސަންސިން އެގްރީމެންޓެއްގެ ދަށުން ސެރަމްއިން ވަނީ އެސްޓްރަޒެނެކާ އާއި އޮކްސްފޯރޑް ޔުނިވާސިޓީގެ ކޮވިޑް-19 ވެކްސިންގެ އެއް ބިލިއަން ޑޯޒް އިންޑިއާގައި އުފެއްދުމަށް އެއްބަސްވެފައެވެ. ސިރަމްއިން މި އެއްބަސްވުން ނަގާފައިވަނީ ކުދި އަދި މެދުފަންތީގެ ގައުމުތަކަށް ވެކްސިން ހަލުވިމިނެއްގައި ފޯރުކޮށްދިނުމަށެވެ.

އިނގިރޭސިވިލާތުގައި އުމުރުން ދޮށީ މީހުންގެ ތެރެއިން ތިން ބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު އިނގިރޭސިވިލާތުގައި ދުވާލެއްގެ މައްޗަށް ވެކްސިން ޖަހަމުންދާ އަދަދުތަކަށް ބަލާއިރު މިއަހަރު ނިމުމުގެ ކުރިން އެގައުމަށް ހަރޑް އިމިޔުނިޓީ ލިބޭނެކަމަށް ދިރާސާ ރިޕޯޓަކުން ބުނެފައިވެއެވެ. އަދި އިނގިރޭސިވިލާތް ވެގެންދަނީ ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަރޑް އިމިޔުނިޓީ ލިބޭނެ ގައުމަށް ކަމަށް އެ ރިޕޯޓުގައި ބުނެއެވެ. އެގައުމަކީ ފަސް ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މަތިންދާބޯޓެއް ވެއްޓި 12 މީހުން މަރުވެއްޖެ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މަތިންދާބޯޓެއް ވެއްޓި 12 މީހުން މަރުވެއްޖެ

01 އޮކްޓޯބަރު 2017
އިންޑިޔާގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި

އިންޑިޔާގެ ނޫސްވެރިޔަކު ބަޑިޖަހާ މަރާލައިފި

05 ސެޕްޓެމްބަރު 2017
އުތުރު ކޮރެއާގެ ވެރިކަން ބަދަލު ކުރަން ނޫޅެން: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޭޓް

އުތުރު ކޮރެއާގެ ވެރިކަން ބަދަލު ކުރަން ނޫޅެން: އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޭޓް

02 އޯގަސްޓު 2017
ގަތަރުގެ މައްސަލައިގައި ދެ ފަރާތުންވެސް ވާހަކަތައް ފިނި ކުރަންޖެހޭ: އެމެރިކާގެ ޚާރިޖީ ވަޒީރު

ގަތަރުގެ މައްސަލައިގައި ދެ ފަރާތުންވެސް ވާހަކަތައް ފިނި ކުރަންޖެހޭ: އެމެރިކާގެ ޚާރިޖީ ވަޒީރު

26 ޖޫން 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު