Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގައި ވެކްސިން ޖެހުމަށް ގެންގުޅޭ އުސޫލު

ވެކްސިން ދިނުމުގައި ރާއްޖެއިން ގެންގުޅޭ ހަމަހަމަކަމަށް އދ ގެ ދާއިމީ މަންދޫބުގެ ތައުރީފު

3 މާރިޗު 2021 | ބުދަ 07:05

ވެކްސިން ޕްރޮގްރާމުގައި ރާއްޖެއިން ގެންގުޅޭ އުސޫލަކީ މުޅި ދުނިޔެއަށް ވެސް ނަމޫނާއެއް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 3 މާރިޗު 2021 | ބުދަ 07:05
ރައީސް ސާލިހު ކޮވިޑް19 ވެކްސިން ޖެއްސެވުން

ރައީސް ސާލިހު ކޮވިޑް19 ވެކްސިން ޖެއްސެވުން

ރާއްޖެއިން ވެކްސިން ޖެހުމުގައި ގެންގުޅޭ ހަމަހަމަކަމަށް އދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ކެތަރީން ހެސްވެލް ތައުރީފު ކުރައްވައިފިއެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގައި ވެކްސިން ޖަހަން ފެށި އިރު، ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އިތުރަށް ބިދޭސީންނަށް ވެސް ތަފާތުކުރުމެއް ނެތި ވެކްސިން ދޭނެ ކަމުގެ ވައުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ވެކްސިން ޖެހުމުގެ މަސައްކަތް މޯލްޑިވްސް ރެޑް ކްރެސެންޓުގެ އިސް ނެގުމުގެ މަތިން މިހާރު ދަނީ ކުރިއަށެވެ.

Advertisement - newsAdvertisement

ރާއްޖެއިން ވެކްސިން ދިނުމުގައި ގެންގުޅޭ އެ އުސޫލާ ގުޅިގެން ކެތަރީން ނެރުއްވި ބަޔާނެއްގައި ބުނީ ވެކްސިން ޖެހުމުގައި ތަފާތުކުރުމެއް ނެތި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ވެސް އެ ފުރުސަތު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިސްނަންގަވައިގެން ކުރައްވާ މަސައްކަތަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. މިދިޔަ މަހު އެކެއްގައި ރާއްޖެއިން ފެށި "ދިފާއު ކޮވިޑް-19" ވެކްސިން ޕްރޮގްރާމުގައި ރާއްޖެއިން ގެންގުޅޭ އުސޫލަކީ މުޅި ދުނިޔެއަށް ވެސް ނަމޫނާއެއް ކަމަށް އެކަމަނާ ވިދާޅުވެފައިވެއެވެ.

އެގޮތުން ރާއްޖެއިން ވެކްސިން ދިނުމުގައި ފްރަންޓްލައިން މުވައްޒަފުންނަށް އިސްކަން ދިނުމާއި، ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދާކަން އެކަމަނަ ފާހަގަ ކުރެއްވިއެވެ.

އެ ބަޔާނުގައި އދ ގެ ކުޑަކުދިންގެ ފަންޑާއި، ޑަބްލިއުއެޗްއޯ އިން ރާއްޖޭގައި ވެކްސިން ޖެހުމުގެ ކަންކަން ރޭވުމާއި ކޯޑިނޭޓްކުރުމުގައި ކުރާ މަސައްކަތްތައް ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ހެލްތު ކެއާ މުވައްޒަފުން ތަމްރީނު ކުރުމާއި، ވެކްސިން ގުދަންކޮށް ބަލަހައްޓާ ވަސީލަތްތައް ފޯރުކޮށްދިނުން ވެސް ފާހަގަކޮށްފައިވެއެވެ.

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭނުގެ ދަށުން މިހާތަނަށް 123،665 މީހުން ވަނީ ވެކްސިން ޖަހާފައެވެ. މިހާރު މުޅި ރާއްޖޭގައި ވެސް އުމުރުން 20 އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އުމުރުން ދުވަސްވީ މީހުންގެ އެހީތެރިންނާއި ހައި ރިސްކު މީހުންނާއި ފްރަންޓްލައިން މުވައްޒަފުންނަށް އިސްކަމެއް ދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 މާރިޗު 2017

ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ

05 މާރިޗު 2017
ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ
03 މާރިޗު 2017

ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ

03 މާރިޗު 2017
ވަލު ޖަނަވާރާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައި: އެންވަޔަރަމަންޓް މިނިސްޓްރީ
28 ފެބުރުއަރީ 2017

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް