Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހަށް ހުށަހަޅާފައިވާ ގަރާރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހައްގުތައް ރައްކާތެރިކުރުން ހަރުދަނާކުރުމަށް ގޮވާލާ ހުށަހެޅި ގަރާރުގެ ބަހުސް ފަށައިފި

މިގަރާރު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 މާރިޗު 2021 | ބުދަ 06:37
މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް

ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި ހިމާޔަތްކުރުމަށްޓަކައި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި ރާއްޖޭގައި ތަންފީޒުކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި އުސޫލުތައް ތަންފީޒުކުރުން މިހާރަށްވުރެ ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށް ގޮވާލާ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ގަރާރު ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ދިވެހިރާއްޖެއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި އެކުލަވާލާފައިވާ ބައިނަލްއަގްވާމީ މުއާހަދާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީ" ގައި ސޮއިކޮށްފައިވާ ގައުމަކަށްވާތީ އާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު ތަންފީޒުކުރަން ފަށާފައިވާ ގައުމެއްކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގައި މާލީ އެހީތެރިކަން ލިބޭ ނުކުޅެދުންތެރިކަން ހުރި 9500 މީހުންނާއި ކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުން ރައްކާތެރިކުރަންޖެހޭ ހައްގުތަކާއި ދައުލަތުން އަދާކުރަންޖެހޭ ޒިންމާތަކަކީ ދިވެހި އެތައް އާއިލާއެއް ބަރޯސާވަމުންދާ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން މި ޤާނޫނުން ލާޒިމުކުރާ ބައެއް ކަންކަން އެންމެ އެދެވޭގޮތުގައި ކުރެވިފައި ނެތުމުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރި ނުކުރެވުމާއި އެފަދަ މީހުންގެ އާއިލާތަކުން ބަރުދާސްތުކުރަންޖެހޭ ދަތިތަކާއި ވޭންތަކާއި ގޮންޖެހުންތަކާއި ޚިޔާލަށް ވެސް ނުގެނެވޭފަދަ އެތައް ކަމަކުން އެމީހުންގެ ހައްގުތައް ގެއްލިގެން ދިޔުމާއި ނިގުޅައިގަތުން މުޖުތަމައުގައި އިތުރަށް ހަވާސާވަމުންދާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ސިއްހީ އެހީތެރިކަން ލިބޭނެ ޚާއްސަ ނިޒާމެއް ނެތުމާއި މުޖުތަމައު ބައިވެރިވާ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ނެތުމާއި އެފަދަ މީހުންނަށް މުޖުތަމައުގައި ބައިވެރިވެގެން އުޅެވޭނެ ނިޒާމެއް ނެތުމާއި ނުކުޅެދުންތެރިކަން ހުންނަކަން އެންމެ ޅަފަތުގައި ދެނެނުގަނެވުމާއި އެކަން އެނގޭ ހިސާބުން އެފަދަ ކުދިންނަށާއި އާއިލާތަކަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ދެވޭނެ ނިޒާމެއް އެފަދަ ކުދީންނަށް މަދަރުސީ ތައުލީމާއި މަތީ ތައުލީމާއި މަސައްކަތްތެރިކަމާބެހޭ ތައުލީމާއި ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ޤާނޫނުން ލާޒިމުކުރާ ކަންކަން އެންމެ އެދެވޭގޮތުގައި ފޯރުކޮށްދެވެމުންނުދާ ކަމަށެވެ.

މިގަރާރަށް ބަހުސްކުރައްވަމުން ހުރިހާ މެމްބަރުން ވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި ޚިދުމަތްތައް ދޭންޖެހޭކަމަށް ވިދާޅުވެ ގަރާރަށް ތާއީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރަށްވުރެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު