Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮވިޑަށް އަޅާފައިވާ ފިޔަވަޅުތައް

ފިޔަވަޅުތަކަށް ލުއި ލިބޭނެ ހަމައެކަނި ގޮތަކީ ވެކްސިން ޖެހުން – ޑރ. ނަޒްލާ

ކޮވިޑްގެ ހާލަތު އަދިވެސް ގޯސް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 މާރިޗު 2021 | ބުދަ 02:26
ޑރ. ނަޒްލާ - ފިޔަވަޅުތަކެއް ލުއި ނުލިބޭނެކަމުގެ އިޝާރާތެއް ޑރ. ނަޒްލާ ވަނީ ދެއްވާފައި

ޑރ. ނަޒްލާ - ފިޔަވަޅުތަކެއް ލުއި ނުލިބޭނެކަމުގެ އިޝާރާތެއް ޑރ. ނަޒްލާ ވަނީ ދެއްވާފައި

ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި މިހާރު އަޅާފައިވަ ފިޔަވަޅުތަކަށް ލުއިތަކެއް ލިބޭނެ ހަމައެކަނި މަގަކީ ވެކްސިން ޖެހުން ކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ގެ ހާލަތު ހާމަކުރައްވަމުން، އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑްގެ ހާލަތު އަދިވެސް ގޯސް ކަމަށެވެ. އަދި އެކަމުން އަރައިގަތުމަށް އޮތް ހަމަ އެކަނި މަގަކީ ވެސް އަދި މިހާރު އޮތް ހައްލަކީ ވެސް ވެކްސިން ޖެހުން ކަމަށެވެ.

Advertisement - newsAdvertisement

ޑރ. ނަޒްލާ ވިދާޅުވީ މާލެ ސަރަހައްދުގައި އުމުރުން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމަށް ހުޅުވާލާފައިވާ ކަމަށާއި، އަތޮޅު ތެރޭގައި އިތުރު ގްރޫއްޕުތަކަށް ވެކްސިންދިނުމުގެ މަސައްކަތް މަޑުމަޑުން ކުރިއަށްދާ ކަމަށެވެ. އަދި އުމުރުން ދުވަސްވީ ފަރާތްތަކާއި 18 އަހަރާއި 50 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވެސް ހައިރިސްކް ގްރޫޕުތަކަށް ރަށްރަށުގައި ވެކްސިން ދޭން ފަށާފައިވާ ކަމަށެވެ.

ވެކްސިން ޖަހާ ފަރާތްތަކުގެ އަދަދު ދަށްކަމަށް ތަފާސް ހިސާބުތަކުން ދައްކާ މި ދަނޑިވަޅުގައި ޑރ. ނަޒްލާ ވަނީ ވެކްސިންނޭޝަނަށް ހުޅުވިފައި ހުރި ގްރޫޕުތަކުގެ ހުރިހާ ފަރާތްތަކުން ވެސް އަވަހަށް ވަޑައިގެން ވެކްސިން ޖެއްސެވުމަށް އިލްތިމާސްކުރައްވާފައެވެ.

ވެކްސިން ޖަހަން ވަޑައިގަންނަވާ އިރު ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކުން ވެކްސިން ޖަހަން ވަޑައިނުގަތުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބަލީގެ އަލާމާތްތައް ހުރިއްޔާ ވީހާ ވެސް އަވަހަކަށް ސާމްޕަލް ނަގާ ތަނަކަށް ވަޑައިގެން ސާމްޕަލް ނެންގެވުމަކީ މުހިންމު ކަމެއްކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

ޑ. ނަޒްލާ ވިދާޅުވީ ކަރަންޓީން އަދި އައިސޮލޭޝަންގައި ތިއްބަވާ ފަރާތްތައް ކަރަންޓީންގެ މުއްދަތު ނުނިމެނީސް ވެކްސިން ނުޖެހޭނެ ކަމަށެވެ. އަދި ކަރަންޓީން ކަމަށް ދަންނަވަނީ ޕޮޒިޓިވް މީހަކާއި ކޮންޓެކްޓްވެގެން ކަރަންޓީންގައި ތިއްބަވާ ފަރާތްތަކާއި ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އައިސް ޓްރެވެލް ކަރަންޓީންގައި ތިއްބަވާ ބޭފުޅުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އަދި އަތޮޅު ތެރޭގައި ކޮވިޑްގެ ހާލަތު ގޯސްވެ ފެންނަ ކޭސްތަކުގެ އަދަދު 100ން މަތީގައި ހުންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިއީ ކޮވިޑްގެ 3 ވަނަ ރާޅުކަމަށް ސިއްހީ މާހިރުން އިއުލާން ކުރައްވާފައިވާ އިރު، ޕޮޒިޓިވްވާ މީހުންގެ އިތުރުން މި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން ފާއިތުވި މަހުގައި އެކަނި 10 މީހަކު ރާއްޖެއިން މި ބަލީގައި ނިޔާވެފައިވާ އިރު، ޖެނުއަރީ މަހުގައި ވެސް 5 މީހަކު ވަނީ ނިޔާވެފައެވެ.

ކޮވިޑްގެ ކޭސްތައް 100ން މަތީގައި ރިޕޯޓް ކުރެވެމުން އަންނަ އިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ އިތުރުވެ ނުރައްކަލުގެ ރަނގަބީލު ޖަހަން ފަށާފައެވެ. އެގޮތުން 200 އާ ގާތްކުރާ އަދަދަކަށް މިހާރު ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ބަލި މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި

އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި

16 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު