Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިނޭޝަން ޕްރޮގްރާމް

އަންގާރަ ދުވަހު މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންނަށްވުރެ އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުން ގިނަ!

މާލެ ސަރަހައްދުން ޖުމްލަ 79،356 މީހުންނާއި އަތޮޅުތެރެއިން 44،309 މީހުން ވަނީ ވެކްސިން ޖަހާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 މާރިޗު 2021 | އަންގާރަ 18:43
ކުޅުދުއްފުށި ސިޓީގައި ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށްދަނީ

ކުޅުދުއްފުށި ސިޓީގައި ވެކްސިން ދިނުމުގެ ކަންތައްތައް ކުރިއަށްދަނީ

ފާއިތުވި 24 ގަޑިއިރު ވެކްސިން ޖެހި މީހުންގެ ތެރޭގައި ގިނައީ އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހު 6،550 މީހުން ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 2،105 މީހުންނާއި އަތޮޅުތެރޭގެ އެކި ރަށްރަށުން ވެކްސިން ޖެހި 4،445 މީހުންނެވެ. މިއާއިއެކު ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 123،665ށް އަރާފައެވެ.

Advertisement - newsAdvertisement

އެގޮތުން މާލެ ސަރަހައްދުން 79،356 މީހުންނާއި އަތޮޅުތެރެއިން 44،309 މީހުން ވަނީ ވެކްސިން ޖަހާފައެވެ.

މާރޗް ތިން ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު، މާލެ ސަރަހައްދުގެ ހަތަނެއްގައި ވެކްސިން ޖެހުމުގެ ކަންތައްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ސޯޝަލް ސެންޓަރ، އިސްލާމީ މަރުކަޒު، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު، ރައްޔިތުންގެ މަޖްލިސް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައި ވެކްސިން ޖަހަމުންދާއިރު، މިހުރިހާ ތަނެއްގައިވެސް ހެނދުނު 09:00 ގައި ވެކްސިން ޖެހުމުގެ ހަރަކާތް ފަށައެވެ. ވިލިމާލެ ޒުވާނުންގެ މަރުކަޒު ނޫން އެހެން ހުރިހާތަނެއްގައި މި ހަރަކާތް ކުރިއަށް ގެންދަނީ ހަވީރު 04:30 ހަށެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނީ މެންދުރު 01:00 ށެވެ.

އެޗްޕީއޭ އިން ވަނީ ވެކްސިން ޖަހަންދާއިރު އައިޑީކާޑު ނުވަތަ ކާކުކަން އެނގޭ ރަސްމީ ލިޔުމެއް ގެންދަންވާނެ ކަަމަށާއި ކޮވިޑް-19ގެ އެެއްވެސް އަލާމާތެއް ނެތުމާއި ކަރަންޓީންގައި ހުރި މީހަކަށް ނުވުމުގެ އިތުރުން ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުމަށް އެދިފައެވެ. އަދި ވެކްސިން ޖަހަންދާއިރު ރަނގަޅަށް ކައިގެން ހުރުމާއި އަމިއްލަ ފެންފުޅިއެއް ގެންދިޔުމާއި ވެކްސިން ޖަހަންދާއިރު އެކުގައި އެކަަކަށްވުރެ ގިނަ މީހުން ނުގެންދިޔުމާއި ބޭނުންކުރަމުންދާ ބޭހެއްވާނަމަ އެ ބޭހުގެ މައުލޫމާތު ގެންދިޔުންވެސް މުހިންމު ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ފެބްރުއަރީ އެއް ވަނަ ދުވަހު ރާއްޖޭގެ ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައިވާއިރު، މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ވެކްސިން ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދަމުންނެވެ. ވީހާވެސް ގިނަ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކުރަމުންދާއިރު، އުމުރުން ދުވަސްވީ މީހުންނާއި، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންގެ ރައްކަލަކަށް އެފަދަ މީހުންގެ އެހީތެރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ދަނީ ބުނަމުންނެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށް ގެންދާއިރު، މިހާތަނަށް ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާރސިޓީގެ ދިރާސާގެ މައްޗަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު