Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕާވރީ ހޯރަހީހޭ ވައިރަލް ވީޑިއޯ

ޕާވރީ ހޯރަހީހޭ.. މީސްމީޑިއާގައި ޕާކިސްތާނާއި އިންޑިއާވެސް ގުޅުވާލައިފި

ނަމަވެސް މިއީ އޭނާ ޤަސްތުގައި ވާހަކަ ދެއްކި ގޮތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 މާރިޗު 2021 | އަންގާރަ 14:27
ޕާކިސްތާނަށް ނިސްބަތްވާ 19 އަހަރުގެ ދަރިވަރެއް ކަމަށްވާ ދަނަނީރް މުބީން

ޕާކިސްތާނަށް ނިސްބަތްވާ 19 އަހަރުގެ ދަރިވަރެއް ކަމަށްވާ ދަނަނީރް މުބީން

ޕާކިސްތާނަށް ނިސްބަތްވާ 19 އަހަރުގެ ދަރިވަރެއް ކަމަށްވާ ދަނަނީރް މުބީން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއް ވައިރަލްވެ، ޕާކިސްތާނުގެ އިތުރުން ވާދަވެރި އިންޑިއާގައިވެސް މި ވީޑިއޯގެ މަޤްބޫލުކަން އިތުރުވެފައިވާއިރު، ދަރަނީރް އޭނާގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރި 5 ސިކުންތުގެ މި ވީޑިއޯއިން ފެންނަނީ މަގުމަތީގައި އޮތް ކާރެއް ކައިރީގައި މަޑުކޮށްލައިގެން އޭނާއާއި އޭނާގެ ރައްޓެހިންތަކެއް ތިބޭ މަންޒަރެވެ. ވަށައިގެންވާ މަންޒަރުތައް ވީޑިއޯއިން ދައްކަމުން އުރުދޫ ބަހުން އޭނާ ބުނަނީ "މިއީ އަހަރުމެންގެ ކާރު، މިއީ އަހަރުމެން، މިއުޅެނީ އަހަރުމެން ޕާޓީއެއް ކޮށް" މިހެންނެވެ. ނަމަވެސް މި ވީޑިއޯއިން އެންމެންގެ ސަމާލުކަން ދަމައިގެންފައިވަނީ ވީޑިއޯގައި ދަރަނީރް ވާހަކަ ދައްކާ ގޮތުގެ ސަބަބުންނެވެ. އޭނާ ވާހަކަ ދައްކާ ބަހުރުވަގަނޑު އެންމެ ވައްތަރީ ޤައުމުން ބޭރުގައި އެތައް އަހަރެއް ވަންދެން އުޅުމަށްފަހު އެނބުރި ޤައުމަށް އައިސް، އަމިއްލަ ބަހުން ފަރިތަކޮށް ވާހަކަ ދައްކަން ނޭނގޭ މީހެއްގެ ބަހުރުވައާއެވެ. ނަމަވެސް މިއީ އޭނާ ޤަސްތުގައި ވާހަކަ ދެއްކި ގޮތެކެވެ.

ދަރަނީރް ބުނާ ގޮތުގައި އޭނާ އެގޮތަށް ވާހަކަދެއްކީ ހުޅަނގުގެ ޤައުމުތަކަށް ދިއުމަށްފަހު، އެނބުރި އައިސް ހުޅަނގުގެ ބަހުރުވައަށް އަމިއްލަ ބަހުން ވާހަކަ ދައްކާ މީހުންނަށް މަލާމަތް ކުރުމުގެ ގޮތުންނެވެ. އަދި މި ވީޑިއޯ ވައިރަލްވެގެން ދާނެ ކަމަށް ހިތަށްވެސް ނާރާކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން، އިންޑިއާގެ ބޯޑަރު ބަލަހައްޓާ ސިފައިންވެސް މި ޓްރެންޑާއި ގުޅިފައިވާއިރު، ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ރަންވީރު ސިންގ ވެސް ވަނީ މި ޓްރެންޑުގައި ބައިވެރިވެފައެވެ. އެގޮތުން އިންޑިއާގައި މަޝްހޫރު ފޮނިކާއެއްޗެއް ކަމަށްވާ "ގާޖަރކާ ހަލްވާ" ތައްޓެއް ހިފައިގެން ހުރެ ރަންވީރު ބުނަނީ "މިއީ އަހަރުމެންގެ ގާޖަރްކާ ހަލްވާ، މިއީ އަހަރުމެން، މިދަނީ އަހަރުމެންގެ ޕާޓީއެއް ކުރިއަށް" މިހެންނެވެ.

މި ވީޑިއޯ މިހާރު މީސްމީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި ބޭނުން ކުރަމުންދާއިރު، ދަރްނީރްގެ އެ ޑައިލޮގް ޕާކިސްތާނާއި އިންޑިއާގެ ރަސްމީ އިދާރާތަކުންވެސް ދަނީ ބޭނުން ކުރަމުންނެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ ދިއްލީ ކޮމިޝަން ފޮރ ވިމެން (ޑީސީޑަބްލިއު) އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ މި ޑައިލޮގްތައް ބޭނުންކޮށްގެން ރަސްމީ މަސައްކަތްތަކާ ގުޅޭ ޕޯސްޓެއް ކޮށްފައެވެ. "މިއީ ޑީސީޑަބްލިއު، މިއީ އަހަރުމެންގެ ކާރު، މީހަކު ފުރައްސާރަކޮށްފި ނަމަ 181ށް ގުޅާ، އޭރުން އޭނާގެ ޕާޓީ ކުރިއަށްދާނީ ޕޮލިސް ސްޓޭޝަންގައި" މިގޮތަށް ޕޯސްޓުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އިންޑިއާގެ ސިޔާސީ ބައެއް ވެރިންވެސް ގެންދަނީ މި ޓްރެންޑުގައި ބައިވެރިވަމުންނެވެ. އެގޮތުން ކޮމިއުނިސްޓް ޕާޓީގެ މެމްބަރެއް ކަމަށްވާ ސިއަރާމް ޔެކުރީ ކުރި ޕޯސްޓެއްގައި ވަނީ ކުޅިވަރު މެޗެއްގެ ނަތީޖާ ހިއްސާ ކުރައްވައި، މި ޑައިލޮގް ބޭނުން ކުރައްވާފައެވެ. "މިއީ ނަރެންދްރަ މޯދީ ސްޓޭޑިއަމް، މިއީ އޭގެ ދެކޮޅު، އަދި މި ފެންނަނީ "ކްރޮލީސް" ގެ ޕާޓީ ކުރިއަށްދާ މަންޒަރު"، މޮޅުވި ޓީމަށް މަރުޙަބާ ކިއުމަށް ސިއަރާމް ކުރެއްވި ޕޯސްޓުގައި ލިއުއްވާފައިވެއެވެ.

އޭގެ އިތުރުން، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ރައީސްވެސް ވަނީ ރެލީއެއްގައި ދެއްކެވި ވާހަކައެއްގެ ތެރެއިން މި ޓްރެންޑާ ގުޅިވަޑައިގަންނަވާފައެވެ. އޭނާ ވިދާޅުވަނީ " މިއީ ޕަންގާލްގެ އާންމު ރައްޔިތުން، މިތިބީ އަޅުގަނޑުމެން، މިވަގުތު ކުރިއަށްދަނީ މަރުޙަބާގެ ތައްޔާރީތައް" މިހެންނެވެ.

ކޮންމެއަކަސް، މި ކުޑަކުޑަ ވީޑިއޯގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި ކުޑަ މިންވަރެއްގެ ނަމަވެސް އެކުވެރިކަމެއް އުފެދިގެން ދިއުމަކީ ދަރްނީރްގެ އުއްމީދެވެ. އަދި އެ ވީޑިއޯގެ ސަބަބުން ގިނަ ބަޔަކަށް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދެމުންދާތީ އެކަމާ އުފާ ކުރާކަަމަށް އޭނާ ބުނެއެވެ. މި ވީޑިއޯ ވައިރަލްވެގެން ދިއުމާއެކު، ފިލްމް އިންޑަސްޓްރީތަކުންނާއި މޮޑެލިންގ އިންޑަސްޓްރީތަކުން ދަރްނީރަށް އެކި ކަހަލަ ހުށައެޅުންތައް ލިބެމުން ދިޔަނަމަވެސް، އޭނާގެ އަމާޒު ހުރީ ޕާކިސްތާނުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ދާއިރާއިން ކުރިއަށް ދިއުމަށެވެ.

އިންޑިއާއާއި ޕާކިސްތާނަކީ ޒަމާނުއްސުރެ ކޯޅުންތައް އޮންނަ ދެ ޤައުމެވެ. އެގޮތުން ދާދި ފަހުން ކަޝްމީރުގެ އިޙްތިޞާސްއާ ގުޅޭ މައްސަލައެއްގައިވެސް ދެ ޤައުމުގެ ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގައި، މަޝްރަޙު ގޯސްވެފައިވެއެވެ. ނަމަވެސް ނިމިދިޔަ ހަފްތާގައި ދެ ޤައުމުގެ ބޯޑަރު ގުޅޭ ސަރަޙައްދުގެ އަސްކަރިއްޔާއިންވެސް ވަނީ ޙަމަލާތައް ހުއްޓާލައި، މައްސަލަތައް ޙައްލު ކުރުމަށް އެއްބަސްވުމަކަށްވެސް އައިސްފައެވެ. އަދި އެކަމާ ގުޅޭ ޖޮއިންޓް ސްޓޭޓްމަންޓެއްވެސް ދެ ޤައުމުން ނެރިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު