Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިއާ-ޕާކިސްތާން

ގަލްފް އެއާލައިންތަކުގެ ދަތުރުތައް ޕާކިސްތާނަށް ކެންސަލްކޮށްފި

އިއްތިހާދު، އެމިރޭޓްސް އަދި ޤަތަރު އެއާވޭސް އިން ވަނީ ދުބާއީ، އަބޫ ދާބީ އަދި ދޯހާގެ އެއާޕޯޓުތަކުން އިންޑިއާ އަދި ޕާކިސްތާންގެ އެއާޕޯޓުތަކަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓާލަން ނިންމައި، ބައެއް ދަތުރުތައް ލަސްކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 މެއި 2025 | ބުދަ 10:15
އިއްތިހާދު އެއާލައިންގެ ބޯޓެއް، އެއާލައިންތަކުން ވަނީ ބައެއް ދަތުރުތައް ކެންސަލްކޮށް، ބައެއް ދަތުރުތަކުގެ މަގު ބަދަލު ކޮށްފައި

އިއްތިހާދު އެއާލައިންގެ ބޯޓެއް، އެއާލައިންތަކުން ވަނީ ބައެއް ދަތުރުތައް ކެންސަލްކޮށް، ބައެއް ދަތުރުތަކުގެ މަގު ބަދަލު ކޮށްފައި

އިންޑިއާ އިން ޕާކިސްތާނަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން، ޕާކިސްތާންގެ އެއާ ސްޕޭސް ބަންދު ކުރުމުގެ ސަބަބުން، ގަލްފް އެއާލައިންތަކުގެ ދަތުރުތައް ކެންސަލް ކޮށްފި އެވެ.

އިއްތިހާދު، އެމިރޭޓްސް އަދި ޤަތަރު އެއާވޭސް އިން ވަނީ ދުބާއީ، އަބޫ ދާބީ އަދި ދޯހާގެ އެއާޕޯޓުތަކުން އިންޑިއާ އަދި ޕާކިސްތާންގެ އެއާޕޯޓުތަކަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓާލަން ނިންމައި، ބައެއް ދަތުރުތައް ލަސްކޮށްފަ އެވެ.

އިއްތިހާދުން ބުނީ މެއި މަހުގެ ހަ ވަނަ ދުވަހު ޕާކިސްތާނަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއް އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި އެ އެއާލައިނުން ވަނީ މެއި މަހުގެ ހަތް ވަނަ ދުވަހު ކަރާޗީ (އީވައި 297)، ލާހޯރް (އީވައި 285) އަދި އިސްލާމާބާދު (އީވައި 303) ގެ ދަތުރުތައް ކެންސަލް ކޮށްފަ އެވެ. 

މީގެ އިތުރުން އިއްތިހާދުން ބުނީ އެހެން ބައެއް ދަތުރުތަކުގެ މަގު ބަދަލު ކުރަން ޖެހިދާނެ ކަމަށާއި، އެކަމުގެ ސަބަބުން ދަތުރުތައް ދިގު ވެދާނެ ކަމަށެވެ. 

އެމިރޭޓްސް އިން ވެސް ވަނީ ދުބާއީ، ސިޔާލްކޯޓް، ލާހޯރް، އިސްލާމާބާދު އަދި ޕެޝަވާރު ފަދަ ޕާކިސްތާންގެ ވަކި ވަކި ރަށްތަކަށް ދެމެދު ކުރާ ދަތުުރުތައް ވަގުތީ ގޮތުން ހުއްޓާލާފައި އެވެ.  

ޤަތަރު އެއާވޭސް އިން ބުނީ ޕާކިސްތާންގެ އެއާ ސްޕޭސް ބަންދު ކުރުމާ ގުޅިގެން އެ ޤައުމަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. 

އަދި އެއާލައިންތަކުން ދަނީ މިހާރުގެ ޙާލަތު ވެސް ގާތުން ބަލައި، މޮނިޓާ ކުރަމުން ކަމަށް ވަނީ ބުނެފަ އެވެ. އަދި ފަސިންޖަރުންނާއި، އެއާލައިންތަކުގެ މުވައްޒަފުންގެ ސަލާމަތާއި، ރައްކާތެރި ކަމަށް އިސްކަން ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ގުޅުން ގޯސްވެ، ހަމަލާތައް ބަދަލު ކުރަން ފަށާފައިވާއިރު، އިންޑިއާގެ އެއާލައިންތަކުުން ވެސް ވަނީ އުތުރު އިންޑިއާގެ އެއާޕޯޓުތަކާ ގުޅޭ ދަތުރުފަތުރުގެ އިންޒާރު ދީ، ފަސިންޖަރުންނަށް ދަތުރު ތަކުގެ ޙާލަތު ބަލަމުން ދިޔުމަށް އިރުޝާދު ދީފަ އެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2018

މަލާލާ ފުރަތަމަފަހަރަށް އެނބުރި ޕާކިސްތާނަށް ގޮސްފި

29 މާރިޗު 2018
މަލާލާ ފުރަތަމަފަހަރަށް އެނބުރި ޕާކިސްތާނަށް ގޮސްފި
19 ޖެނުއަރީ 2018

ޖައްވަށް ދާން ހަމަޖެހުނު އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ އެސްޓްރޮނޯޓުގެ ދަތުރު ނާސާއިން ކެންސަލްކޮށްފި

19 ޖެނުއަރީ 2018
ޖައްވަށް ދާން ހަމަޖެހުނު އެމެރިކާގެ ކަޅު ނަސްލުގެ ފުރަތަމަ އެސްޓްރޮނޯޓުގެ ދަތުރު ނާސާއިން ކެންސަލްކޮށްފި
18 ޖެނުއަރީ 2018

ގަލްފްގެ ޤައުމުތަކުން ޤަތަރަށް ކުރާ ޕްރެޝަރު ބަލައެއް ނުގަނޭވެނެ: އީރާނުގެ ރައީސް ރޫޙާނީ

18 ޖެނުއަރީ 2018
ގަލްފްގެ ޤައުމުތަކުން ޤަތަރަށް ކުރާ ޕްރެޝަރު ބަލައެއް ނުގަނޭވެނެ: އީރާނުގެ ރައީސް ރޫޙާނީ
12 ޖެނުއަރީ 2018

ނިއުސް އެޖެންސީ ހެކްކޮށް، ދޮގު ޚަބަރު ފެތުރީ ގަލްފް ޤައުމުތަކުން: ޤަތަރު

12 ޖެނުއަރީ 2018
ނިއުސް އެޖެންސީ ހެކްކޮށް، ދޮގު ޚަބަރު ފެތުރީ ގަލްފް ޤައުމުތަކުން: ޤަތަރު
02 ޖެނުއަރީ 2018

ޓްރަމްޕްގެ އަހަރުގެ ފުރަތަމަ ޓްވީޓްގައި ޕާކިސްތާނަށް ބަހުގެ ޙަމަލާތަކެއް

02 ޖެނުއަރީ 2018
ޓްރަމްޕްގެ އަހަރުގެ ފުރަތަމަ ޓްވީޓްގައި ޕާކިސްތާނަށް ބަހުގެ ޙަމަލާތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު