Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލީހަށް ގާބިލް މެމްބަރުން އައްޔަނުކުރުމުގެ މައް

މަގޭ ރިޕޯޓް: ތައުލީމީ މީހުން މަޖިލީހަށް އިންތިޚާބުކުރުމުގެ ބާރުއޮތީ ރައްޔިތުންގެ އަތްމަތީގައިނޫންތޯ؟!

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުކުރަނީ ރައްޔިތުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 މާރިޗު 2021 | އަންގާރަ 13:36
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ކުރީގެ މިނިސްޓަރ އޮފް ކޮމިޔުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މިނިސްޓަރަށް ޖަވާބުދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން ގެންދަވަނިކޮށް މެމްބަރުން ނިޒާމީ މައްސަލަތަކެއް ނެންގެވިއެވެ. މިނިސްޓަރުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާނުކުރައްވާ ކަމަށް ވިދާޅުވާ ވިދާޅުވުންތައް ތަކުރާރު ކުރެއްވިއެވެ. މަލީހު ދައްކަވަމުން ގެންދަވާ ވާހަކަފުޅުގައި ތުހުމަތުތަކުން ބަރީޢަވުމަށް މަސައްކަތް ނުކުރައްވާކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެކަން ރިޔާސަތުގެ ސަމާލުކަމަށް ގެންނަވާ ކަމަށް ވިދާޅުވިއެވެ.

މެމްބަރުން މިމޭރުމުން ނިޒާމީ ނުކުތާ ނެންގެވުމުން ދެން ވާހަކަފައްޓަވަމުން މަލީހު ވިދާޅުވި ވާހަކަ ގިނަ ބައެއްގެ ސަމާލުކަމަށް އައެވެ. މަލީހު ވިދާޅުވީ މަޖިލީހަށް އިންތިޚާބު ކުރެވޭ މީހުންގެ ކިބައިގައި ތައުލީމީ ވަކި ފެންވަރެއް ހުރުމަށް ކަނޑައަޅަންޖެހޭނެ ކަމަށެވެ.

" އެހެންވީމަ، ތަކުރާރުކޮށް އަޅުގަނޑުމެން މިވަކާލާތުކުރަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތައުލީމީ ފެންވަރު މި އިއްޒަތްތެރި މަޖިލީހުގައި ކަނޑައެޅެން އެބަޖެހެއޭ. އެކަން އަޅުގަނޑުމެން ކުރަން އެބަޖެހެއޭ އިނގޭތޯ. އަޅުގަނޑުމެންނަށް މި ފެންނަނީ އެމަންޒަރު." މަލީހު ވިދާޅުވިއެވެ.

މަލީހުގެ މި ވާހަކަފުޅަކީ ވަރަށް ގިނަ އާންމު ރައްޔިތުންގެ ޝުއޫރުވެސް މިކަމުގައި ހުރިގޮތޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ. އޭގެ އެއް ހެއްކަކީ މަލީހުގެ މިވާހަކަ ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމްތަކުގައި ޝެއަރ ކުރެވެމުން ދިޔުމެވެ. ކޮންމެ ފަހަރަކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވަމުން އަންނައިރު ނުވަތަ މަޖިލީހުގައި މެމްބަރަކު ދައްކަވާ ވާހަކައަކުންވެސް މެމްބަރުންގެ ތައުލީމީ ފެންވަރު ކަނޑައަޅަންޖެހޭ ވާހަކަ އާންމުންގެ ތެރޭގައި ފެންމަތިވެގެންދެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ގައިގައި ހުންނަންޖެހޭ ޝަރުތުތައް ވަނީ ބަޔާންކޮށްފައެވެ. އެޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތަކަށްވުމާއި ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުމާއި މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކަށްވުމެވެ. ދެން ހިމެނެނީ އުމުރުން 18 އަހަރުވެފައި ހުރުމާއި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުމެވެ.

ރިޔާސީ އިންތިޚާބުގެ ގާނޫނުގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލާންޖެހޭ މީހުންގެ ޝަރުތުތައް ކަމަށް ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިޚާބުކުރެވޭ މީހެއްގެ ހުންނަންވާ ޝަރުތުތައް ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތަކެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގެ ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތަކަށްވުމާއި ބޭރު ގައުމުގެ ރައްޔިތަކަށް ނުވުމެވެ. މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައި ވުމެވެ. މީގެއިތުރުން އުމުރުން 35 އަހަރުން މަތީގެ މީހެއްކަމުގައި ވުމާއި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައި ވުމުގެ އިތުރުން އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ކަމުގައިވާނަމަ އެދަރަންޏެއް އަދާކުރުމެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެހުކުމުން ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރުވެފައިވާ މީހަކު ކަމުގައި ވުމެވެ.

ކައުންސިލް އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ކުރިން ފާހަގަކުރި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހެއްގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ހުރި ކަންތައްތަކުގެ އިތުރުން ކުޑަކުއްޖަކާމެދު ބަދުއަޚްލާގީ އަމަލެއް ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، އެ މީހެއްގެ މައްޗަށް ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ހަތް އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކޮށްދެވުނުތާ ހަތް އަހަރު ފާއިތުވެފައިވުން ހިމެނެއެވެ.

މިއީ ރައްޔިތުން އިންތިޚާބުކޮށްގެން މަގާމުތަކަށް ހޮވާ މީހުންގެ ޝަރުތުތައް ކަމަށް ގާނޫނުތަކާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ޝަރުތުތަކެވެ. މިޝަރުތުތައް ހަމަވާ ކޮންމެ މީހަކުވެސް އެމަގާމުތަކަށް ކުރިމަތިލާންވީއެވެ. އެހެންނަމަވެސް އެމަގާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ހޮވާނެ މީހަކު ކަނޑައެޅުމުގެ އިޚުތިޔާރު ލިބެނީ ރައްޔިތުންނަށެވެ. އެމަގާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ހޮވާނެ މީހަކު ކަނޑައެޅުމަށް އިންތިޚާބެއް ބާއްވައެވެ. އިންތިޚާބު ބޯމަތިވަމުން އަންނައިރު އިންތިޚާބުތަކަށް ކުރިމަތިލައިގެން އުޅޭ މީހުން ރައްޔިތުންގެ ކައިރިއަށް އާދެއެވެ. އެމީހުންގެ ހުންނަ ތައުލީމީ ފެންވަރާއި ގާބިލްކަން ކިޔައިދެއެވެ. އެކަންކަން ބެލުމަށްފަހު ގޮތް ނިންމުމުގެ އިޚުތިޔާރު އޮތީ ރައްޔިތުންގެ އަތްމަތީގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ކައުންސިލް އިންތިޚާބަށް ބަލާނަމަ ކޮންމެ ރައްޔިތަކަށްވެސް ވޯޓުލާނެ މީހަކު ކަނޑައެޅުމަށް ގިނަ އިޚުތިޔާރުތަކެއް ލިބެއެވެ. އެހެންކަމުން ގޮތް ނިންމުމުގައި ރައްޔިތުން ތައުލީމީ ގާބިލް މީހުން އިންތިޚާބު ކުރުމަށް އިސްކަންދިނުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ. ރައްޔިތުންނަށް އެ ފުރުސަތު ލިބިގެންދާއިރު ފުރުސަތުގެ ބޭނުން ހިފުން ކިހިނެއްވާނެތޯއެވެ.

ގާބިލް ތައުލީމީ މީހުން މަޖިލީހަށް އިންތިޚާބުކުރާނަމަ އަދި ކައުންސިލްތަކަށްވެސް އިންތިޚާބުކުރާނަމަ އެތަންތަނުގައި ތައުލީމުގެ ފެންވަރެއްނެތް އާންމު ބަހުން ބުނާނަމަ އެއްޗެއް ނޭނގޭ މީހުންނެއް ނުތިބޭނެއެވެ. ރައްޔިތުން އެމައްޗަށް އަމަލުކުރަންޖެހޭ ގާނޫނުތައް ހެދުމުގައި ތައުލީމީ ގާބިލް މީހުން މަޖިލީހުގައި ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަކިން ޚާއްސަކޮށް އެކި ދާއިރާތަކުން ޚާއްސަވެފައިވާ މީހުން މަޖިލީހުގައި ތިބުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންނަމަވެސް އެފަދަ މީހުން މަޖިލީހުގައި ތިބޭނީ އެފަދަ މީހުން މަގާމަށް ކުރިމަތިލުމުންނެވެ. ރައްޔިތުންވެސް އެފުރުސަތު ދިނުމުންނެވެ.

ތިމާ ސަޕޯޓްކުރާ ޕާޓީއަކުން ބުޅަލެއް ނެރުނަސް ހޮވާނަމޭ ބުނެ ފަހުން ތައުލީމާއި ގާބިލްކަމުގެ ވާހަކަ ދެއްކުމުން އެހިސާބުން އަދި މިކަން ނިންމާލެވޭކަށް ނެތެވެ. ޕާޓީންވެސް ގާބިލް ތައުލީމީ މީހަކު ނުނެރޭނަމަ އެމީހަކަށް ނޫނެކޭ ބުނުމުގެ ގަޓު ރައްޔިތުންގެ ހުންނަންޖެހެއެވެ. އެހެންނޫންނަމަ ދުވަހަކުވެސް އެކިޔާ ގާބިލް ތައުލީމު ހުރި މީހުންނަށް އެތަންތަނަކަށް ނާދެވޭނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުދި ޕާޓީތައް ކޯލިޝަނެއްގެ ގޮތުގައި މަޖިލީހަށް ނުކުމެއްޖެ ނަމަ!؟

ކުދި ޕާޓީތައް ކޯލިޝަނެއްގެ ގޮތުގައި މަޖިލީހަށް ނުކުމެއްޖެ ނަމަ!؟

07 ޖެނުއަރީ 2019
'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟

'ގުންޑާއިންނަށް' ވެސް މަޖިލީހަށް ކުރިމަތިލެވޭ!؟

18 ޑިސެމްބަރު 2018
ތައުލީމީ ދާއިރާއަށް އެންމެ ގިނައިން އިންވެސްޓްކުރާ ގައުމުތައް!

ތައުލީމީ ދާއިރާއަށް އެންމެ ގިނައިން އިންވެސްޓްކުރާ ގައުމުތައް!

12 ނޮވެމްބަރު 2018
ތައުލީމީ ދާއިރާ ބޮޑު ބަދަލަކަށް ބޭނުންވެފައި!

ތައުލީމީ ދާއިރާ ބޮޑު ބަދަލަކަށް ބޭނުންވެފައި!

02 ނޮވެމްބަރު 2018
ކޯލިޝަންގެ ސަރުކާރާއެކު ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް!

ކޯލިޝަންގެ ސަރުކާރާއެކު ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް!

06 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު