Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ސިޔާސީ ކޮންބޯ ޕެކޭޖް، މިއީވެސް ފާޑެއްގެ އެއްޗެއް!

އާ ގާނޫނު އަސާސީއާއެކު އެކުލަވާލެވުނު ކޮންމެ ސަރުކާރަކުން ވެސް ފުރުސަތު ހޯއްދަވާ

ރާއްޖެ އެމްވީ | 2 މާރިޗު 2021 | އަންގާރަ 10:56
އާގާނޫނު އަސާސީގެ ފަހުން އެކުލަވާލެވުނު ކޮންމެ ސަރުކާރަކުން ފުރުސަތު ހޯއްދަވައި، ނަމަވެސް ސަރުކާރުން ބޭރުވާލެއް ވެސް އަވަސް، (މަލީހު (ކ)، ޖަމީލު (މ)، އަދި އަމީން (ވ)

އާގާނޫނު އަސާސީގެ ފަހުން އެކުލަވާލެވުނު ކޮންމެ ސަރުކާރަކުން ފުރުސަތު ހޯއްދަވައި، ނަމަވެސް ސަރުކާރުން ބޭރުވާލެއް ވެސް އަވަސް، (މަލީހު (ކ)، ޖަމީލު (މ)، އަދި އަމީން (ވ)

ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ޚިދުމަތް ދެމުގެންދާ ކުންފުނިތަކުން މޮބައިލް އަދި އިންޓަރނެޓްގެ ތަފާތު ޕެކޭޖްތައް ތައާރަފްކުރަމުންދެއެވެ. އެގޮތުން އެކުންފުނިތަކުން މިހާރަކަށް އައިސް އެންމެ ބޯޑަށް އިސްތިހާރު ކުރަމުންދަނީ "ކޮންބޯ ޕެކޭޖް" އެވެ. އެ ކޮންބޯ ޕެކޭޖްގެ ހަގީގަތް އެނގޭނީ އެ ބޭނުންކުރާ ފަރާތްތަކަށެވެ.

މިއުޅެނީ ކޮންމެހެން ކޮމިއުނިކޭޝަން ޚިދުމަތްފޯރުކޮށްދޭ ކުންފުނިތަކުން ތައާރަފްކުރަމުންދާ ކޮންބޯ ޕެކޭޖްގެ ވާހަކަ ދައްކާކަށެއް ނޫނެވެ. މިއުޅެނީ ސިޔާސީ ޕާޓީއަކަށް ނުވާ ސިޔާސީ ބޭފުޅުން ކޮޅެއްގެ މައްޗަށް އެކުލެވޭ ކޮންބޯ ޕެކޭޖެއްގެ ވާހަކަ ދައްކާލާށެވެ. ސިޔާސީ ގޮތުން ބަލާނަމަ އެއީ ކޮމްބޯ ޕެކޭޖެއް ވެސް ނޫނެވެ. އެ ޕެކޭޖަކީ މީހުން އެހާ ބަލައިގަންނަ ޕެކޭޖަކަށް މިހާތަނަށް ވެފައެއްވެސް ނުވެއެވެ. އެއީ ރައްޔިތުންނާ ވަރަށް ބީރައްޓެހި ޕެކޭޖެކެވެ. ވަރަށް އަބުއި ޕެކޭޖެއްގެ ގޮތުގައި ވެސް ފާހަގަ ކުރެވެއެވެ. އެގޮތަށް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ދިވެހި ރައްޔިތުންނަކީ މަސްވެރިކަމަށް ވަރަށް ލޯބިކުރާ ބަޔެކެވެ. ދިވެހި ރައްޔިތުން ދޯނިތަކުގައި ނުވަތަ ކަނޑު އުޅަނދުތަކުގައި މަހަށް ދިޔަޔަސް، މި ބުނާ ޕެކޭޖްގެ އަބުއި ބޭފުޅުން މަހަށް ވަޑައިގަންނަވަނީ އެއަރ ޓެކްސީގައި ކަމަށްވެއެވެ. މިއީ ދުނިޔޭގެ މަހުޖަނުން ރާއްޖެއަށް ޒިޔާރަތްކުރާއިރު ވެސް ނުކުރާޒާތުގެ ކަންކަމެވެ. އެ ޕެކޭޖްގެ އަބުއިކަން އެހާވެސް ބޮޑެވެ.

މިބުނާ ކޮމްބޯ ޕެކޭޖް އުފެދިފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމުގެ ފަހުކޮޅުއެވެ. އެންމެފުރަތަމަ ފެނުނީ، "ނިއު މޯލްޑިވްސް"ގެ ނަމުގައެވެ. އެއީ ރައީސް މައުމޫންގެ ވެރިކަމުގައި އޭރުގެ ސަރުކާރުގެ ތެރެއިން އުފެދުނު ގްރޫޕެކެވެ. ނިއު މޯލްޑިވްސް ބައިބައިވެ، އެ ކޮންބޯ ޕެކޭޖް ކުދި ޕެކޭޖްތަކަކަށް ބަދަލުވެގެންދިޔައެވެ. އޭގެތެރެއިން، އޭރުގެ ބަންޑާރަ ނައިބު ޑރ. ހަސަން ސަޢީދުއާއި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އަދި ޖަސްޓިސް މިނިސްޓަރު މުހައްމަދު ޖަމީލު އަހުމަދު އިސްކޮށް ހުންވައިގެ ގައުމީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް ވެސް އުފެއްދިއެވެ.  

އާ ގާނޫނު އަސާސީއާއެކު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު، ޑރ. ޝަހީދު ގައުމީ ޕާޓީ ދޫކޮށް ވަޑައިގެންފިއެވެ. އޭގެފަހުން ގައުމީ ޕާޓީގެ އަޑެއްނީވި، އެންމެފަހުން ޕާޓީވެސް އުވުނީއެވެ. ދެން ފެންނަން ފެށީ ޑރ. ހަސަން ސައީދާއި ޑރ. ޖަމީލާއި އަދި އެބޭފުޅުންގެ އެކުވެރި ދެތިން ބޭފުޅުން ޕެކޭޖެއްގެ ގޮތުގައި އުޅުއްވާތަނެވެ. ކޮންމެ ރިޔާސީ އިންތިހާބަކާއެކު މިބުނާ ޕެކޭޖް ފެންނަމުން ދެއެވެ. އެންމެފަހުން ހަސަން ސައީދާއި ޖަމީލުގެ ގުޅުން ވެސް ކެނޑި، އެކުގައި އުޅުއްވާތަން ދެން ފެންނަން ފެށީ، ޖަމީލާއި ޖަމީލުގެ އެކުވެރިން ކަމަށްވާ މި ސަރުކާރުގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެވެ. މި ތިން ބޭފުޅުންނަކީ އެކުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވަމުން ގެންދަވާ އަދި ކޮންމެ ސަރުކާރަކުން ވެސް ޕެކޭޖެއްގެ ގޮތުގައި ހަރަކާތެރިވަމުން ގެންދަވާ ތިން ބޭފުޅުންނެވެ. ނަމަވެސް އިންތިފާގުން ނަމަވެސް އެ ބޭފުޅުން ސަރުކާރުންތަކުން "އައުޓް"ވާލެއް ވެސް އަވަހެވެ.

އެ ބޭފުޅުން އަމިއްލައަށް މާވަރުގަދަ ބަޔަކަށް ވެގެން، އަދި މާ ކަންކަން އެނގޭ ބަޔަކަށްވެގެން، އުޅުއްވާތަން ފެންނާތީ، ސިޔާސީ ބޮޑެތި ޕާޓީތަކަށް ވެސް ހީވެފައި އޮންނަނީ މިއީ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ކޮންމެހެން ވެސް ބޭނުންވާ ކޮންބޯ ޕެކޭޖެއްގެ ސިފައިގައެވެ. އެހެންވެ، ކޮންމެ ސަރުކާރެއް ވެރިކަމަށް އަޔަސް، އެ ތިން ބޭފުޅުންނަށް މަގާމުތައް ހަމަޖައްސަން ޖެހެއެވެ.

އެގޮތުން ފާހަގަ ކޮށްލާނަމެވެ. މިހާރު އަމަލު ކުރަމުންދާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން، އަދި ޑިމޮކްރެސީގެ އުސޫލުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާ ވެރިކަމަށް ވަޑައިގެންނެވި، ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިޔާ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު، ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަމަށް ޖަމީލު އައްޔަން ކުރެގެންދިޔައެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި، ޖަމީލު ޕީޕީއެމާ ގުޅި، ރައީސް އަބްދުﷲ ޔާމީންގެ ރަނިންގމޭޓަކަށް ވެވަޑައިގެންނެވިއެވެ. އަދި އެ އަހަރުގެ ރިޔާސީ އިންތިހާބު އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ އެހީތެރިކަމާއެކު އިންތިހާބު ކާމިޔާބުކުރުމާއެކު ޖަމީލަކީ އޭރުގެ ނާއިބު ރައީސެވެ. އަދި ޖަމީލުގެ އެކުވެރިން ކަމަށްވާ މަލީހު ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަކަށް އައްޔަން ކުރެއްވިއިރު، ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އަމީން ހަމަޖެއްސެވިއެވެ.

ނާއިބު ރައީސް ކަމުގެ މަގާމުގައި ޖަމީލު ހުންނަވަނިކޮށް، މަގާމުގެ ގާބިލުކަމާމެދު ސުވާލު އުފައްދައި، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި ބޭރުކޮށްލީ ވެސް ހުދު ރައީސް ޔާމީންގެ ސަރުކާރުންނެވެ. އެއާއެކު، މިނިސްޓަރުކަމުގައި ތިއްބެވި މަލީހާއި އަމީންގެ މަގާމު ވެސް ގެއްލުނީއެވެ.

ދެން ފެނުނީ، ރައީސް ޔާމީންގެ ސަރުކާރުން ހިންގަމުންދިޔަ ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނުގެ މައްސަލަތަކާއި އަނިޔާވެރި އަމަލުތަކާ ގުޅިގެން، ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަން (އެމްޔޫއޯ)ގެ ނަމުގައި ހަރަކާތެއް ހިންގަން ފެށިތަނެވެ. އިދިކޮޅު ސިޔާސީ ޕާޓީތައް އެކުވެގެން އުފެއްދި، އެ ހަރަކާތުގެ އިސްވެރިޔަކަށް އޭރު ހަމަޖެއްސީ ވެސް މިބުނާ ޖަމީލެވެ. ނަމަވެސް އެހަރަކާތް އެންމެ އެކަށީގެންވާ ގޮތެއްގައި ޖަމީލަށް ހިންގިފައިނުވުމުގެ ސަބަބުން، ރައީސް ޔާމީންގެބާރުވެރިކަން އިތުރަށް ވަރުގަދަކޮށް، ސިޔާސީ ހުރިހާ ލީޑަރުންނާއި އުއްތަމަ ފަނޑިޔާރާއެކު ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު ޖަލަށްލިއެވެ. ނަމަވެސް އެއީ ރައީސް ޔާމީން އަމިއްލަފުޅަށް ހެއްދެވުނު ގޯހަކަށްވެ، އެންމެފަހުން، ރިޔާސީ އިންތިހާބު ބޯމަތިވިއިރު، ރައީސް ޔާމީންގެ އަރިހުގައި ސިޔާސީ ބަރުދަނެއް ހުރި މާގިނަ ބަޔަކު ނެތެވެ. އަދި ދިވެހި ގިނަ ރައްޔިތުންނަށް ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ވައްކަމުގެ އަމަލުތަކާއި އަނިޔާވެރި އަމަލުތައް އެނގޭތީ އިދިކޮޅު ފަރާތްތަކަށް އިންތިހާބު ކާމިޔާބުކުރުމަކީ ވަރަށް ފަސޭހަ ކަމަކަށް ވަނީ ވެފައެވެ.

ކޮންމެއަކަސް، ރައީސް ޔާމީންގެ ވެރިކަން ނިމި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވެސް އެއްކަލަ ކޮންބޯ ޕެކޭޖަށް ސްލޮޓްތައް ހަމަޖައްސަން ޖެހުނެވެ. އަދި އެ ކޮންބޯ ޕެކޭޖް ޖުމްހޫރީ ޕާޓީއާ ގުޅި، އެޕާޓީގެ ސްލޮޓްތަކުގައި ކެބިނެޓުން މަގާމުތައް ހޯއްދެވިއެވެ. އެގޮތުން ޖަމީލަކީ ކުރިން ނާއިބު ރައީސްކަން ކުރެއްވި ބޭފުޅަކަށްވާތީ، އެއަށްވުރެ ދަށް މަގާމަކަށް ވަޑައިގެންނެވުމަކީ އޭނާގެ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ، މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވިއެވެ. ނަމަވެސް، އިންތިހާބުންވީ ފެއިލެވެ. އިންތިހާބު ފެއިލް ވުމާއެކު، ސަރުކާރު ހިންގާ މައިޕާޓީއަށާއި ކުރީގެ ރައީސް ނަޝީދުއަށް އަމާޒުކުރައްވައި ބަހުގެ ހަމަލާތައް ދެއްވާލެއް އިތުރުވެ، އެންމެފަހުން، ޖުމްހޫރީ ޕާޓީ ދޫކޮށް، އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެންނެވިއެވެ. ނަމަވެސް ޖަމީލުގެ ގާތް އެކުވެރިން ކަމަށްވާ، މަލީހު، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުކަމުގައި އަދި އަމީން ހެލްތް މިނިސްޓަރުކަމުގެ މަގާމުގައި ތިއްބެވިއެވެ. ނަމަވެސް މިހާރު މިވަނީ މުޅި މަންޒަރު ބަދަލުވެފައެވެ. ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތާއެކު، އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޖަމީލެކޭ އެއްފަދައިން މަލީހަށް ވެސް މިނިސްޓަރުގެކަމުގެ މަގާމުގެ ޒިންމާ އަދާ ނުކުރެއްވޭކަމާއި ޖަމީލާ އިދިކޮޅު އެހެން ބޭފުޅުންނާއެކު ދައުލަތުން ފޯރުކޮށްދީފައިވާ ކާރުކޮޅުގައި އުޅުއްވަމުން ގެންދަވަމުން އަދި ސަރުކާރުގެ ސާފް މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ގޮންޖައްސަވައި ވާހަކަ ދައްކަމުން ގެންދަވާތީ، މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން މިވަނީ ފާސްކޮށްފައެވެ. އެހެންވީމާ، ޖަމީލު ނާއިބު ރައީސް ކަމުގެ މަގާމުން "އައުޓް" ވީފަދައިން މަލީހު ވެސް ކެބިނެޓުން "އައުޓް" ވީއެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅުމުން އޭނާ ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރު ވެއްޖެ ކަމަށެވެ. ގާނޫނު އަސާސީ ތަރިކަ މުދަލަކަށް ހަދައިފިކަމަށެވެ. އަސާސެއްނެތް ކަމެއްގައި، ދޮގު އިލްޒާމެއް އަޅުވައި ބޭއިންސާފުން ދޭންއުޅޭ އަދަބު ބޭޒާރުވާނެ ކަމަށެވެ. އަދި ބޭއިންސާފުގެ މައްޗަށް އިންސާފު އަބަދުވެސް ކުރި ހޯދާނެކަމަށާއި ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއް ކަމަށް ވެސް މަލީހު ވިދާޅުވެފައިވެއެވެ.

މަލީހުއެވެ. ތިމާގެ ޒިންމާ އަދާނުކޮށް، ރައްޔިތުންގެ މަންދޫބުން ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މުހާޠަބުކޮށް، ބަހުގެ ހަމަލާތައް ދެމުންދިޔައިރު، ހީވަނީ މަގާމުން ވަކި ނުކޮށްގެން އުޅުއްވި ހެންނެވެ. މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރު ވެއްޖެކަމަށް ވިދާޅުވިއިރު، ބަސް މަގު ތިހުންނަނީ، މަނިކުފާނުގެ ގާތް އެކުވެރިޔާ ޖަމީލުގެ ބަސްމަގު ހުންނަ ގޮތަށެވެ. "އިންތިހާބު ވިޔަސް ހަވާލު ނުކުރާނަން" ޖަމީލު ވިދާޅުވި އަޑު ދިވެހި ރައްޔިތުން އެހީމެވެ. އެކަމަކު އެއީ އެއްވެސް އިރަކު ޖަމީލަށް ލިބިފައިއޮތް އަދި ލިބޭނެ ބާރެއް ނޫންކަމާއި ގާނޫނީ ނިޒާމުގެ ތެރެއިން ހިނގަމުންދާނެ ކަންކަން ޖަމީލަށް ނޭނގުނަސް، ދިވެހިރައްޔިތުންނަށް އެނގެއެވެ. ދެން ތިޔަ ވިދާޅުވަނީ ގާނޫނު އަސާސީ ތަރިކަ މުދަކަލަށް ހެދިވާހަކައެވެ. އެގޮތަށް ތިޔަ ވިދާޅުވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅުވައިގެންތޯއެވެ. ނަމަވެސް، ދައުލަތް ހިނގަމުންދަނީ ތިން ބާރުގެ މައްޗަށް ކަމާއި، ސަރުކާރު ޒިންމާދާރު ކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއްކަން އަދި ސަރުކާރުގެ މިނިސްޓަރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ފެނިއްޖެ ހިނދެއްގައި، އެއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއް ނޫންކަމާއި މަޖިލީހުން މިނިސްޓަރެއްގެ އިތުބާރު ނެތްކަމަށް ނިންމުމުން އެކަން އެ ނިމުނީކަން މަލީހަށް ނޭނގުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްސަލައެއް ނޫނެއްނޫންތޯއެވެ.

މަލީހުއެވެ. ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ބަދަލުގައި ތިމާއަކީ ހަމަ އެ ގާނޫނު އަސާސީގެ ބުނާ ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އަންޔަން ކުރައްވާފައި ހުންނެވި މިނިސްޓަރެއްކަން އެނގިހުރެ، ސަރުކާރުގެ ސާފު މެޖޯރިޓީ އޮތް މަޖިލީހަށް ގޮންޖެއްސެވުމާއި، މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ނެގި ވޯޓާއި ގާނޫނު އަސާސީގެ 27 ވަނަ މާއްދާއާ ގުޅުވަނީ ކޮންގޮތަކަށްތޯއެވެ. ދެން ތިޔަ ވިދާޅުވަނީ، ދޮގު އިލްޒާމު އެޅުވި ވާހަކައެވެ. މަނިކުފާނުއެވެ. ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ނުހަދާ ހުރުމުން، އެ ގަވާއިދުތައް ހެއްދެވީ، މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިފަހުން ނޫންތޯއެވެ. ދެން އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޖެންޑާކޮށް، އެމައްސަލައަށް ޖަވާބުދާރީވުމަށް މަޖިލީހަށް ވަޑައިގެން ތިޔަ ވިދާޅުވަނީ، ގަވާއިދުތައް ހައްދަވާފައިވާ ކަމަށާއި ދޮގު އިލްޒާމު އަޅުވަމުންދާކަމަށެވެ. މަލީހުއެވެ. މަނިކުފާނަށް އިތުބާރު ނެތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެކަންޏެއް ވެސް ނޫނެވެ. މަލީހުގެ މިނިސްޓަކަމުގެ މަގާމުގައި ހުންނެވި އޮފީހުގެ މުވައްޒަފުންގެ ވެސް އިތުބާރެއް މަނިކުފާނަކަށް ނެތެއް ނޫންތޯއެވެ. ކޮންމެ ސަރުކާރަކުން ޕެކޭޖެއްގެ ގޮތުގައި މަގާމުތައް ހޯދި ނަމަވެސް، ދުވަސްކޮޅެއް ނުވެ، ޕެކޭޖް އައުޓްވާ ސަބަބާމެދު ނިސްނާލުން މާބުއްދިވެރި ނޫންތޯއެވެ. އަސްލު ތިއީ ކޮންބޯ ޕެކޭޖަކަށް ވެސް ނުވެއެވެ. ބައެއް ރައްޔިތުން ބުނެއުޅޭހެން ބޮނޑިބަތް ޕެކޭޖަކާ ވައްތަރެއް ނޫންތޯއެވެ. މަލީހުއެވެ. ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއްގޮތަށް، ބޮނޑިބަތް ޕެކޭޖަކީ، ފާޑެއްގެ އެއްޗެއް ދެއްތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު