Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަގު ފޯރމްގެ މައްސަލަ

ދައުލަތެއްގެ ފެންވަރުގައި ވައްކަންކުރުމުން ދެން ޤައުމުގެ ކަންކަމަށް ފަރުވާ ހޯދަން ރައްޔިތުން ދާނެ ދިމާލެއް ނޭނގޭ - ޖަމީލް

24 ޖެނުއަރީ 2025 | ހުކުރު 07:18

އިހުސާން ފޯރމްފުރާތަނުގައި ހުންނެވި ފޮޓޯތައް އާއްމުވެ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ޖެނުއަރީ 2025 | ހުކުރު 07:18
ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް

ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް

ދައުލަތެއްގެ ފެންވަރުގައި ވައްކަންކުރުމުން ދެން ޤައުމުގެ ކަންކަމަށް ފަރުވާ ހޯދަން ދާނެ ދިމާލެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މި ސަރުކާރު ވުޖޫދުވީއްސުރެ މި ސަރުކާރުގެ ނެއެއްގާނީ ކަމުގެ ވާހަކަ ޕީއެންއެފްއިން އައީ ދައްކަމުން ކަމަށެވެ. މީގެ އިތުރުން ގައުމެއްގެ ހައިސިއްޔަތުން މިއަދު އިންތިހާ އަށް ނުތަނަވަސްވާ ކަމަށް ޖަމީލް ވިދާޅުވިއެވެ. ސަބަބަކީ ޤައުމު މިހާރު ވެއްޓިފައިވާ ދަށް ހާލަތު ކަމަށް ވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ. ޤައުމަށް ދިމާވެފައިވާ ކަންކަމަށް މިއަދު ފަރުވާއެއް ބޭނުންވާ ކަމަށާއި ޤައުމުގެ ކަންކަމާއި މެދު ހައްލު ހޯދަން ދާނެ ދިމާލެއް މިއަދު އާއްމުންނަށް ނޭނގޭ ކަމަށް ޖަމީލް ވިދާޅުވިއެވެ. ޤައުމެއްގެ ވެރިކަން ކުރާ މީހުންނަކީ ދާހިލީ ޕޮލިސީ އާއި އެހެނިހެން ސިޔާސަތުތައް ސާފުކޮށް އެނގޭނެހެން ބުނެދޭން ޖެހޭ ތަނެއް ކަމަށް ޖަމީލް ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގައި ލިޔެފައިވާ ޒަމާންވީ މުއްސަނދި ޤާނޫނުއަސާސީއެއް އޮތް ނަމަވެސް ދައުލަތުގެ ފެންވަރުގައި ހިންގާ ކުށްތައް ހުއްޓުވޭނެ ގޮތެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވަނީ ވަގު ފޯރމް ފުރައިގެން ޕީއެންސީ އަށް މެމްބަރުން ވެއްދުމަކީ ބޮޑު ވައްކަމެއްކަމަށް ސިފަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ޕީއެންސީއަށް 100،000 މެންބަރުން ހަމަކުރުމަށް އެ ޕާޓީން ކުރިއަށްގެންދިޔަ މެމްބަރޝިޕް ޑްރައިވްގެ ތެރެއިން ހޯމް ސެކްޓަރ ޓީމުން ޑީއެންއާރުގައި ހުރި ޒާތީ މައުލޫމާތު އެއްކޮށް ފޯމު ފުރިކަމަށް ދިޔައީ ތުހުމަތުކުރަމުންނެވެ. އަދި މި ކަމުގައި އެންމެ އިސްކޮށް ހުންނެވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންކަމަށް ތުހުމަތުކުރެވުމުންވެސް ތަކުރާރުކޮށް އެ މިނިސްޓްރީއާއި މިނިސްޓަރުވެސް ގެންދެވީ އެކަން ދޮގުކުރައްވަމުންނެވެ.

މީގެ އިތުރުން ހޯމް ސެކްޓަރގެ ޓީމުން ޑީއެންއާރުގައި ތިބެ ފޯމް ފުރާ މަންޒަރާއި، އިނގިލީގެ ނިޝާންތައް ޖަހާޖަހާ ގޮސް އިނގިލީގެ ޕްރިންޓް ގެއްލޭވަރަށް ކަންކަންކުރި ފޮޓޯތައް އާންމުވުމުންވެސް މިހާރު ވެރިކަން ކުރާ ޕީއެންސީން ގެންދިޔައީ އެކަން ދޮގުކުރަމުންނެވެ. ނަމަވެސް އިހުސާން ފޯރމްފުރާތަނުގައި ހުންނެވި ފޮޓޯތައް އާއްމުވެ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2017

ދައުލަތެއްގެ ސިފަ ވަނީ ގެއްލިފައި، މިއީ ހުދުމުހުތާރުވުން: އިންތި

08 އޮކްޓޯބަރު 2017
ދައުލަތެއްގެ ސިފަ ވަނީ ގެއްލިފައި، މިއީ ހުދުމުހުތާރުވުން: އިންތި
30 ސެޕްޓެމްބަރު 2017

މިއީ ޤައުމުގެ ހާލަތު ބަދަލު ކުރުމަށް ރައްޔިތުން ނިކުންނަންވީ ވަގުތު: އަލީ ހުސެއިން

30 ސެޕްޓެމްބަރު 2017
މިއީ ޤައުމުގެ ހާލަތު ބަދަލު ކުރުމަށް ރައްޔިތުން ނިކުންނަންވީ ވަގުތު: އަލީ ހުސެއިން
29 ސެޕްޓެމްބަރު 2017

ރާއްޖޭގައި ދައުލަތެއްގެ ސިފަ އެއްގޮތަކަށްވެސް ނެތް: އިންތި

29 ސެޕްޓެމްބަރު 2017
ރާއްޖޭގައި ދައުލަތެއްގެ ސިފަ އެއްގޮތަކަށްވެސް ނެތް: އިންތި
19 ސެޕްޓެމްބަރު 2017

ސަރުކާރުގެ ކަންކަމަށް ފަސްޓް ލޭޑީ އަތްބާނުއްވާކަށް ނުޖެހޭ: ނާދިރާ

19 ސެޕްޓެމްބަރު 2017
ސަރުކާރުގެ ކަންކަމަށް ފަސްޓް ލޭޑީ އަތްބާނުއްވާކަށް ނުޖެހޭ: ނާދިރާ
09 ސެޕްޓެމްބަރު 2017

މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ރައީސް ޔާމީން އެ ޤައުމުގެ ރައީސްއަށް ތައުޒިޔާ ފޮނުއްވައިފި

09 ސެޕްޓެމްބަރު 2017
މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ރައީސް ޔާމީން އެ ޤައުމުގެ ރައީސްއަށް ތައުޒިޔާ ފޮނުއްވައިފި
03 ޖުލައި 2017

ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: އިންޑޮނީޝިޔާގެ ސަފީރު

03 ޖުލައި 2017
ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: އިންޑޮނީޝިޔާގެ ސަފީރު
31 މާރިޗު 2017

ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު

31 މާރިޗު 2017
ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު
23 މާރިޗު 2017

މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

23 މާރިޗު 2017
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް