Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފިންލޭންޑުގެ ކޮވިޑް ކޭސްތައް އިތުރުވުން

ފިންލޭންޑުން ފެންނަމުންދާ ކޭސްތައް އިތުރުވެ، ކުއްލި ޙާލަތު އިއުލާނު ކޮށްފި

މަގުމަތީގައި ޙަރަކާތްތެރިވެ އުޅުން މަދު ކުރުވުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅިގެންދާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 މާރިޗު 2021 | ހޯމަ 16:34
ފިންލޭންޑުން ކޮވިޑުގެ އައު ވޭރިއަންޓުވެސް ވަނީ ފެނިފައި- އެއާއެކު މިހާރު ހުރި ފިޔަވަޅުތައްވެސް ވަނީ އިތުރަށް ހަރުކަށި ކޮށްފައި

ފިންލޭންޑުން ކޮވިޑުގެ އައު ވޭރިއަންޓުވެސް ވަނީ ފެނިފައި- އެއާއެކު މިހާރު ހުރި ފިޔަވަޅުތައްވެސް ވަނީ އިތުރަށް ހަރުކަށި ކޮށްފައި

ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިއުމާއެކު، ފިންލޭންޑުން ކުއްލި ޙާލަތު އިއުލާނު ކޮށްފިއެވެ.

ހޯމަ ދުވަހު އެ ޤައުމުން ކުއްލި ޙާލަތު އިއުލާނު ކޮށްފައިވާއިރު، މި ފިޔަވަޅުގެ ދަށުން އެ ޤައުމުގައި ކޮވިޑާ ގުޅިގެން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އެޅުމަށް މަގުފަހިވެގެން ދާނެއެވެ. އެގޮތުން މިހާރުވެސް ކޮވިޑުގެ އައު ވޭރިއަންޓުގެ ނުރައްކަލާއެކު ފިންލޭންޑުން ވަނީ އެ ޤައުމުގެ ބޯޑަރުވެސް ބަންދުކޮށްފައެވެ.

"އިންޑިޕެންޑެންޓް" ގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި ފިޔަވަޅާއެކު އެ ޤައުމުގައި ކެފޭ ރެސްޓޯރަންޓުތައް ހިންގުން ވަގުތީ ގޮތުން ބަންދު ކުރުމާއި، ސުކޫލުތައް ބަންދު ކުރުމުގެ އިތުރުން، މަގުމަތީގައި ޙަރަކާތްތެރިވެ އުޅުން މަދު ކުރުވުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައެޅިގެންދާނެއެވެ. އަދި މިއީ އެ ޤައުމުން ފެންނަމުންދާ ކޮވިޑް ކޭސްތައް މަދުކޮށް، ކޮންޓެކްޓުވާ މީހުންގެ އަދަދުތައް މަދު ކުރުމަށް މިވަގުތަށް ކޮންމެހެން އަޅަން ޖެހިފައިވާ ފިޔަވަޅެއް ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން ފާއިތުވި 2 ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފިންލޭންޑުން ފެންނަމުންދާ ކޭސްތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިހާތަނަށް ބައިލައްކައަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވާއިރު، އެ ޤައުމުން މިހާތަނަށް ކޮވިޑު ޖެހިގެން ނިޔާވެފައިވަނީ 742 މީހެކެވެ. އަދި 210 މީހަކަށް މިވަގުތުވެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދެއެވެ.

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2017

ޓެކްސަސް އަށް ކުއްލި އެހީ ހޯދުމަށް ކޮޮންގްރެސްގައި އެދޭނަން: ވައިޓް ހައުސް

01 ސެޕްޓެމްބަރު 2017
ޓެކްސަސް އަށް ކުއްލި އެހީ ހޯދުމަށް ކޮޮންގްރެސްގައި އެދޭނަން: ވައިޓް ހައުސް
29 އޯގަސްޓު 2017

އުތުުރު ކޮރެއާ އިން ޖަޕާނު ސަރަހައްދުން ފޮނުވާލި މިސައިލް އާއި ގުޅިގެން އދ ސެކިޔުރިޓީ ކައުންސިލުން ކުއްލި ބައްދަލުވުމެއް ބާއްވަނީ

29 އޯގަސްޓު 2017
އުތުުރު ކޮރެއާ އިން ޖަޕާނު ސަރަހައްދުން ފޮނުވާލި މިސައިލް އާއި ގުޅިގެން އދ ސެކިޔުރިޓީ ކައުންސިލުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
18 ޖުލައި 2017

ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި

18 ޖުލައި 2017
ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި
29 ޖޫން 2017

ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި

29 ޖޫން 2017
ކޮލެރާ ފެތުރުމާ ގުޅިގެން ޔަމަނުގައި ކުއްލި ހާލަތު އިއުލާނުކޮށްފި
15 މެއި 2017

ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!

15 މެއި 2017
ކޮލެރާ ފެތުރެމުންދާތީ ޔަމަނު ކުއްލި ހާލަތަކަށް!
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު