Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން

އިދިކޮޅުގެ އެއްވެސް މުޒާހަރާއެއްގައި ފުލުހަކާ ކުރިމަތިލައި، ޤާނޫނާ ޚިލާފުވެފައެއް ނުވާނެ: އިދިކޮޅު

ފިހާރަތައް ވަކި ގަޑިތަކަށް ބަންދު ކުރަން ޖެހުން ފާހަގަ ކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 މާރިޗު 2021 | ހޯމަ 13:56
އެމްޕީ މޮސްޓާ އިދިކޮޅުގެ އެއްވުމެއްގެ ތެރެއިން ފުލުހަކާ ޒުވާބު ކުރައްވަނީ- އިދިކޮޅުގެ އެއްވުންތަކުގައި ދޭތެރެ ދޭތެރެއިން ފުލުހުންނާ ކުރިމަތިލުންތައް ހިނގާފައިވޭ

އެމްޕީ މޮސްޓާ އިދިކޮޅުގެ އެއްވުމެއްގެ ތެރެއިން ފުލުހަކާ ޒުވާބު ކުރައްވަނީ- އިދިކޮޅުގެ އެއްވުންތަކުގައި ދޭތެރެ ދޭތެރެއިން ފުލުހުންނާ ކުރިމަތިލުންތައް ހިނގާފައިވޭ

އިދިކޮޅުން ކުރިއަށްގެންދިޔަ އެއްވެސް މުޒާހަރާއެއްގައި މިހާތަނަށް ފުލުހުންނަށް ހުތުރުބަހުން ވާހަކަ ދައްކައި، ފުލުހުންނާ ކުރިމަތިލާފައި ނުވާނެކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލް ވިދާޅުވީ، ކުރިއަށް އޮތް ހުކުރުގައި މުޒާހަރާ ކުރިއަށް ގެންދަވާނެ ކަމަށާއި، އެ ދުވަހުގެ މުޒާހަރާ މީގެ ކުރިން ބޭއްވި މުޒާހަރާތަކަށްވުރެވެސް ވަރުގަދަވެފައި ބިޔަވާނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް ނުހިފޭއްޓޭނެ ޙައްޤުތަކެއް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މެމްބަރު އިސްމާއިލް ވިދާޅުވީ، އިދިކޮޅުން ކުރިއަށްގެންދިޔަ އެއްވެސް މުޒާހަރާއެއްގައި މިހާތަނަށް ފުލުހުންނަށް ހުތުރުބަހުން ވާހަކަ ދައްކައި، ފުލުހުންނާ ކުރިމަތިލާފައި ނުވާނެ ކަމަށެވެ. އަދި ޤާނޫނުތަކުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި، ރައްޔިތުންގެ މަސްލަޙަތު ގެއްލޭނެ ގޮތަކަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް، ފާއިތުވި ދުވަސްތަކުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފުވުމުގެ ސަބަބުން މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައިވާއިރު، ފުލުހުންނާވެސް ކުރިމަތިލުންތަކެއް ހިނގާ މަންޒަރުތައް އާންމުވެފައިވެއެވެ.

އޭގެ އިތުރުން، މުޒާހަރާ ކުރުމަށްޓަކައި 100 މީހުންގެ ގްރޫޕުތަކެއް ހިމަނައިގެން ޓީމުތަކެއް އެކުލަވާލުމުގެ މަސައްކަތް އިދިކޮޅުން ކުރަމުންދާކަމަށް އެކަމުގައި ޙަރަކާތްތެރިވާ މެމްބަރަކު ނަން ނުޖެހުމަށް އެދި ރާއްޖެއެމްވީއަށް ކިޔާދީފައިވެއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި މެމްބަރު ވިދާޅުވީ، މުޒާހަރާތައް ރާވާފައިވަނީ އެކަމަށް ޚާއްސަ 10 ޓީމެއް އެކުލަވާލައިގެން ކަމަށެވެ. ބޭނުމަކީ އެކި ސަރަޙައްދުތަކުން މުޒާހަރާ ފަށައި، ޕީޕީއެމް މައި އޮފީސް ކައިރިއަށް އެއްވުމެވެ. އެގޮތުން އަންނަ ހުކުރު ދުވަހުގެ 4:00 ގައި މުޒާހަރާ ފެށި ނަމަވެސް، ޓީމުތައް ޖަމާވަމުންދާނީ ފުލުހުންގެ ޙަރަކާތްތަކަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. ނިމިދިޔަ ހުކުރުގައިވެސް ޕީޕީއެމްއިން މުޒާހަރާ ކުރިއަށް ގެންގޮސްފައިވަނީ އެގޮތަށެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނައިބްރައީސް މުޙައްމަދު ނިމާލް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިންތައް އެކުލަވާލާފައިވާ ގޮތުން އެކި ބާވަތުގެ ވިޔަފާރިތަކާއި، ރިސޯޓު މުވައްޒަފުންނާއި، ޓެކްސީ ޑްރައިވަރުންނަށް އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ފިހާރަތައް ވަކި ގަޑިތަކަށް ބަންދު ކުރަން ޖެހުން ފަދަ ކަންކަމުގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކުގެ ވާހަކަ ފާހަގަ ކުރެއްވިއެވެ.

ނިމާލް ވިދާޅުވީ، އިދިކޮޅުގައި އެއްވެސް ސްޓްރެޓެޖީއެއް ނެތްކަން ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅުގެ ސްޓްރެޓެޖީއެއް ކަމަށް ބަލަނީ އިސްލާމްދީނުގެ އަސާސްތައްކަމަށެވެ.

ރާއްޖޭގެ ކޮވިޑް ކޭސްތަކުގެ އަދަދުތައް 100ން މަތީގައި އުޅޭއިރު، މާލޭ ސަރަޙައްދުން ކޮންމެ ދުވަހަކުވެސް ގިނަ ކޭސްތަކެއް ދަނީ ރިޕޯޓު ކުރެވެމުންނެވެ. އެއާއެކު، މާލޭ ސަރަޙައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އިދިކޮޅުން ބާއްވަމުންދާ އެއްވުންތަކަކީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، އެއްވެ އުޅުމުގެ ޤާނޫނާވެސް ޚިލާފަށް ކުރިއަށް ގެންދާ ޙަރަކާތްތަކެއް ކަމަށް ފުލުހުންވެސް ބުނެފައިވެއެވެ. އަދި މުޒާހަރާގެ ބައިވެރިން ހައްޔަރު ކުރިއިރު ދިން ޤާނޫނީ އިންޒާރުތަކުގައި މީގެ ކުރިންވެސް ފުލުހުން އެކަން ފާހަގަ ކޮށްފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު