Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޗެލްސީ އާއި ޔުނައިޓެޑް އެއްވަރު، ލިވަޕޫލަށް މުހިންމު މޮޅެއް

ޝެފީލްޑް އަތުން ލިވަޕޫލް މޮޅުވީ 2-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 1 މާރިޗު 2021 | ހޯމަ 04:51
ޗެލްސީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

ޗެލްސީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން މުހިންމު މޮޅެއް ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށްވެސް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ ފުރަތަމަ ހާފުގައި ޕެނަލްޓީ އޭރިއާ ތެރެއިން ޗެލްސީގެ ކަލުމް ހަޑްސަން-އޮޑޯއިގެ އަތުގައި ބޯޅަ ޖެހުމުންނެވެ. އެކަމަކު ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހުވެސް ރެފުރީ ޔުނައިޓެޑަށް ޕެނަލްޓީއެއް ދީފައެއް ނުވެއެވެ.

މި މެޗުގެ ދެވަނަ ހާފު ޗެލްސީން ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު، މި ހާފުގައި އެ ޓީމުގެ ހަކީމް ޒިޔެޗާއި މޭސަން މައުންޓް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު އެ ހަމަލާތައް ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ ހުއްޓުވާފައެވެ. އަދި މި ހާފުގައި ޔުނައިޓެޑުގެ ސްކޮޓް މެކްޓޮމިނޭ ފޮނުވާލި ބާރު ހަމަލާއެއް ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ ވަނީ ހުއްޓުވާފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑް ދެވަނައިގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 26 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އޮތީ ތާވަލުގެ ފަސްވަނައިގައި 26 މެޗުން 44 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލިވަޕޫލް މޮޅުވިއިރު، އޭގެ ކުރިން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ލިވަޕޫލް ވަނީ ބަލިވެފައެވެ.

ޝެފީލްޑުގެ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ނުރައްކާތެރި ފަސް ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާތަކުގެ ހުރަހަކަށްވީ މި ހާފުގައި މޮޅު ކުޅުމެއް ދެއްކި ޝެފީލްޑުގެ ގޯލްކީޕަރު އާރޮން ރާމްސްޑޭލެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ކާޓިސް ޖޯންސް ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފައެވެ. އަދި މި މެޗުގައި ލިވަޕޫލުން ލީޑު ފުޅާކޮށްފައިވަނީ 64 ވަނަ މިނެޓުގައި ޝެފީލްޑުގެ ކީން ބްރަޔަން އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

މި މޮޅާއެކު ތާވަލުގެ ހަވަނައިގައި ލިވަޕޫލް އޮތީ 26 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. އަދި ލިވަޕޫލް އަތުން ބަލިވި ޝެފީލްޑް އޮތީ ތާވަލުގެ ފުލުގައި 26 މެޗުން އެންމެ 11 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 މާރިޗު
ސޮސެޖް ޕޮޓޭޓޯ ކެސެރޯލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސޮސެޖް ޕޮޓޭޓޯ ކެސެރޯލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެ 9 އެވޯޑަކަށް ނޮމިނޭޓްވެއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ފުލެޓް ލިބުނުކަމަށްބުނެ 70،000 ރުފިޔާ މުއާމަލާތްކޮށްފި

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދާއި މާވަށު ދާއިރާގެ މެމްބަރުގެ ބަހުގެ ހަމަލާތަކަށްފަހު މެމްބަރުގެ ނަން އިއްވައިފި

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހޭނީ އެޕޮއިންޓްމެންޓް ހައްދައިގެން

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
20197 އަހަރު ކުރިން
ރާއްޖެ

ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
20188 އަހަރު ކުރިން
ރިޕޯޓު

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު