Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސްކޫލްތަކުގެ ކިޔެވުން

ކުރިއަތް އޮތް ދެ ހަފްތާއަށް އެލްކޭޖީ އިން ފެށިގެން ގްރޭޑް 8ގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަނީ

މިގޮތަށް ނިންމާފައިވަނީ މާރޗް 11އާ ހަމައަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2021 | ހޮނިހިރު 17:30
ދެވަނަ ޓާމަށް ސްކޫލް ހުޅުވުން

ދެވަނަ ޓާމަށް ސްކޫލް ހުޅުވުން

ކުރިއަތް އޮތް ދެ ހަފްތާއަށް އެލްކޭޖީ އިން ފެށިގެން ގްރޭޑް 8 އެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މި ދުވަސްވަރު ކޮވިޑް-19 ގެ ކޭސްތައް މާލެސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުން ދއުމާއެކު މިހާރު އެޅިފައި ހުރި ފިޔަވަޅުތަަކުން ބަލި ފެތުރޭ މިންވަރު މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަކުރެވޭތީ މިވަގުތު ބަލި ފެތުރެމުންދާ މިންވަރާ ހާލަތަށް ބަލައި، ބަލި ފެތުރުމުގެ ރިސްކް ކުޑަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ އެދުމުގެ މަތިން ކުރިއަށް އޮތް ދެ ހަފްތާއަށް (28 ފެބްރުއަރީން މާރޗް 11ށް) މާލެ ސަރަހައްދުތަކުގެ ސްކޫލްތަކުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 8 އެއްގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ.

Advertisement - newsAdvertisement

އެލްކޭޖީ އިން ފެށިގެން ގްރޭޑް 8 އެއްގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމިޔަސް ގްރޭޑް 8ން ފެށިގެން 12 ގެ ދަރިވަރުންނަށް ކިޔެވުން ކުރިއަށް ގެންދަނީ ސްކޫލަށް ހާޒިރުވެގެންނެވެ.

އެޗްޕީއޭގެ އެދުމުގެ މަތިން އެޑިއުކޭޝަން މިނިސްޓްރީން މިހެން ނިންމާފައިވާއިރު މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުގެ މަތިން މީގެ ކުރިން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1ން 6ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

ކޮވިޑް-19ގެ ސަބަބުން ދިރާސީ އަހަރަށް ބަދަލު ތަކެއް ގެނެސް ދެވަނަ ޓަރމުގެ ކިޔެވުން ފެށުމަށްޓަކައި ނިއު ނޯމަލްގައި، ސަލާމަތާއި ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކަކާއި އެކު ސްކޫލުތައް އަލުން ހުޅުވިގެން ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ބޭބީ ނާސަރީއާއި ގްރޭޑް 12 އާ ދެމެދުގެ ހުރިހާ ގްރޭޑެއްގެ ކުދިންވެސް ސްކޫލަށް ހާޒިރުވެގެން މުޅި ރާއްޖޭގައި ކިޔަވައިދޭން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ ރާއްޖޭގައި ވަކިން ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށިއެވެ.

އެގޮތުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 100ން މަތިން އަންނަނީ ރިޕޯޓްކުރަމުންނެވެ. އަދަދުތައް މަދުވަމުން ނުދާއިރު ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށްޓަކައި އެޗްޕީއޭއިން އަޅަމުން އަންނަ ފިޔަވަޅުތައްވެސް އަންނަނީ ހަރުކަށި ކުރަމުންނެވެ. އެގޮތުން ފެބްރުއަރީ 12ން ފެށިގެން އިރުއޮއްސި 6ން ފެށިގެން ފަތިހު 6ށް މާލެ ސަރަހައްދުގައި ދުއްވާ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި 13 ފެބްރުއަރީން ފެށިގެން މާލެ ސަރަހައްދުގައި 10 މީހުންނަށްވުރެ ގިނައިން އެއް ނުވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މިދިޔަ އަހަރު މެދުކަނޑާލުމަށް ފަހު ޖުލައި 1 ގައި ވަނީ މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 ން 12 އަށް ކިޔަވައިދީފައެވެ. އަދި މިދިޔަ އަހަރު ބޮޑުބައި މާލޭ ސްކޫލްތަކުގައި ކިޔެވުން ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ވަކިން ޚާއްސަކޮށް ދަށް ގްރޭޑްތަކުގެ ކުދިންނަށް ކިޔަވައިދީފައިވަނީ އޮންލައިންކޮށެވެ. ސްކޫލަށް ގެނެސްގެން ކިޔަވައިދިނީ ގްރޭޑް 9ން މަތީ ގްރޭޑްތަކުގެ ކުދިންނަށެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު