Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެކްރެޓަރީ ޖެނެރަލުގެ މަގާމު މުނާޒަށް

ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޖެނެރަލުގެ މަގާމަށް މުނާޒް

27 ފެބުރުއަރީ 2021 | ހޮނިހިރު 13:26

އެކަމަކު ރައީސާއި ބޯޑުން ބޭނުންވާ މީހަކުވެސް އައްޔަންކުރެވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 ފެބުރުއަރީ 2021 | ހޮނިހިރު 13:26
ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މުނާޒް (ކ) އަދި ރައީސް މުޙައްމަދު ފައިޞަލް (ވ)

ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މުނާޒް (ކ) އަދި ރައީސް މުޙައްމަދު ފައިޞަލް (ވ)

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލުގެ މަގާމަށް އަޙްމަދު މުނާޒް ހަމަޖައްސައިފިއެވެ.

ކްރިކެޓް ބޯޑުގެ ސެކްރެޓަރީ ޖެނެރަލުގެ މަގާމަށް މުނާޒް ހަމަޖެއްސިކަން މިދިޔަ ބުރާސްފަތި ދުވަހު އެ ބޯޑުން ވަނީ ހާމަކޮށްފައެވެ. އެ ބޯޑުގެ ސެކްރެޓަރީ ޖެނެރަލުގެ މަގާމަށް މުނާޒް އަންޔަންކުރީ އެ މަގާމަށް ބޭފުޅަކު ހޯދުމަށް އިޢުލާންކޮށްގެންނެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ކްރިކެޓް ބޯޑުން ވަނީ ސެކްރެޓަރީ ޖެނެރަލުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.

ކްރިކެޓް ބޯޑުގެ ހިންގާ ގަވާއިދުގައި ބުނާ ގޮތުން ސެކްރެޓަރީ ޖެނެރަލުގެ މަގާމަށް ރައީސާއި ބޯޑުން ބޭނުންވާ މީހަކު އައްޔަންކުރެވެއެވެ. އެކަމަކު އޭގެ ބަދަލުގައި އިޢުލާންކޮށްގެން ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރީ އެ މަގާމަށް އެންމެ ރަނގަޅު ބޭފަޅު ހޯދުމަށް ކަމަށް އެ ބޯޑުން ވަނީ މައުލޫމާތުދީފައެވެ.

ކްރިކެޓް ބޯޑުގެ ރައީސަކީ މިދިޔަ ޖެނުއަރީ މަހު އޭޝިއަން ކްރިކެޓް ކައުންސިލް (އޭސީސީ) ގެ އެގްޒެކުޓިވް ބޯޑުގެ ޑައިރެކްޓަރަކަށް އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ފައިޞަލެވެ. ފައިޞަލް ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މީގެ ކުރިން ރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުވެސް އަދާކުރައްވާފައިވާ ފައިޞަލް އެ އިދާރާއާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ކްރިކެޓް ބޯޑުގެ ހިންގާ ކޮމިޓީން ކުރިއަށް އޮތް ހަތަރު އަހަރުގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް "ޕްލޭން 120" ގެ ނަމުގައި ކުރު މުއްދަތުގެ ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.

މިދިޔަ އަހަރު ކްރިކެޓް ބޯޑާ ފައިޞަލް ހަވާލުވެވަޑައިގެންނެވިއިރު، އޭނާ ވަނީ މީގެ ކުރިން އެ އިދާރާގެ ނައިބު ރައީސްގެ މަގާމާއި، ޖެނަރަލް ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 މެއި 2017

ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި

28 މެއި 2017
ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި
22 މެއި 2017

ލިމިޓެޑް އޯވާރ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް އަށް

22 މެއި 2017
ލިމިޓެޑް އޯވާރ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް އަށް
17 މެއި 2017

ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް

17 މެއި 2017
ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް
27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
20 އެޕްރީލު 2017

ލިމިޓެޑް އޯވާ ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތް ހުކުރު ދުވަހު ފަށަނީ

20 އެޕްރީލު 2017
ލިމިޓެޑް އޯވާ ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތް ހުކުރު ދުވަހު ފަށަނީ
10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް