Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑޮނޭޝިޔާގައި ކޮވިޑް-19 ވެކްސިން ދިނުން

އިންޑޮނޭޝިޔާގެ ޕްރައިވެޓް ސެކްޓަރ އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހުއްދަދީފި

ސްކީމްގައި ބައިވެރިވުމަށް 6600ށް ވުރެ ގިނަ ކުންފުނިތަކުން މިހާރުވެސް ރަޖިސްޓްރީކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 27 ފެބުރުއަރީ 2021 | ހޮނިހިރު 00:26
އިންޑޮނޭޝިޔާގައި މީހެއްގެ ގަޔަށް ވެކްސިން ޖެހުމުގެ ކުރިން ހެލްތު ސްކްރީނިންގެ ކަންތައް ސިއްހީ މަސައްކަތްތެރިއަކު ކުރިޔަށް ގެންދަނީ

އިންޑޮނޭޝިޔާގައި މީހެއްގެ ގަޔަށް ވެކްސިން ޖެހުމުގެ ކުރިން ހެލްތު ސްކްރީނިންގެ ކަންތައް ސިއްހީ މަސައްކަތްތެރިއަކު ކުރިޔަށް ގެންދަނީ

އިންޑޮނޭޝިޔާގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް އެގައުމުގެ ސަރުކާރުން އެކުލަވާލާފައިވާ ގައުމީ ޕްރޮގްރާމާއެކު އަމިއްލަ ފަރާތްތަކަށްވެސް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގެ ހުއްދަ ދީފިއެވެ.

މިއާއެކު އިންޑޮނޭޝިޔާ ވެގެންދާނީ ފުރަތަމަ ފަހަރަށް ގައުމެއްގައި ސަރުކާރު ނޫން އަމިއްލަ ފަރާތްތަކަށް ވެކްސިން ޖެހުމުގެ ސްކީމެއް ކުރިޔަށް ގެންދިޔުމަށް ހުއްދަދިން ފުރަތަމަ ގައުމަށެވެ. ދެކުނުއިރުމަތީ އޭޝިޔާގެ އެންމެ ބޮޑު ގައުމު އަދި ދުނިޔޭގެ އާބާދީ ހަތަރު ވަނަ އަށް އެންމެ ބޮޑު ގައުމުގައި ވެކްސިން ޖެހުމުގެ ކަންކަން އަމިއްލަ ފަރާތްތަކަށް ހުޅުވާލުމަށް މީގެކުރިން އެގައުމުގެ ޕްރައިވެޓް ސެކްޓަރއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އެއީ އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ގަޔަށް ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމުގެ ކަންކަން އެކުންފުނިތަކަށް ކުރިޔަށް ގެންގޮސް މަސައްކަތްތައް ފެށުމުގެ ފުރުސަތު ހޯދުމުގެ ގޮތުންނެވެ. އަމިއްލަ ފަރާތްތަކަށް ވެކްސިން ޖެހުމުގެ ހުއްދަ ދިނުމާއެކު ސިއްހީ މާހިރުން އަންނަނީ އިންޑޮނޭޝިޔާ ސަރުކާރަށް މިކަމުގައި ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާގޮތުގައި މިކަމުގެ ސަބަބުން ވެކްސިން އެންމެ އަވަހަށް ލިބެންޖެހޭ ފަރާތްތަކަށް ވެކްސިން ލިބުމުގައި ދަތިތައް ކުރިމަތިވެ މިކަމުގައި ހަމަހަމަކަން ގެއްލިގެންދާ ކަމުގައެވެ.

އިންޑޮނޭޝިޔާގެ 181.5 މިލިއަން މީހުންނަށް އަހަރު ދުވަސްތެރޭގައި ހިލޭ ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އެގައުމުގެ ސަރުކާރުން ވަނީ ފަށާފައެވެ.

ޕްރައިވެޓް ސެކްޓަރ އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމުގެ ހުއްދަދީފައިވަނީ އެކުންފުނިތަކުން ވެކްސިން ގަނެގެން މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް އަމިއްލައަށް ހިންގާ ސިއްހީ މަރުކަޒުތަކުގައި ވެކްސިން ޖަހާ ގޮތަށެވެ. މިވެކްސިން ފޯރުކޮށްދޭނީ އެގައުމުގެ ސަރުކާރުން ހިންގާ ފަރމަޝޫޓިކަލް ކުންފުނިކަމުގައިވާ ބައޯ ފަރމާއިންނެވެ.

މިހާރު އިންޑޮނޭޝިޔާގައި ޖަހަމުން އަންނަ ވެކްސިންތަކުގެ އިތުރުން ޗައިނާގެ ސިނޯވެކް ބައޯޓެކް ވެކްސިންގެ އިތުރުން އެސްޓްރަޒެނިކާ އަދި ނޮވާވެކްސް ވެކްސިންވެސް ޕްރައިވެޓް ސެކްޓަރ އިން ކުރިޔަށް މިގެންދާ ސްކީމްގެ ދަށުން ޖެހޭނެއެވެ.

މިސްކީމް ކުރިޔަށްދާއިރު މިހާރު ސަރުކާރުން ކުރިޔަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އެއްވެސް ބުރުލެއް އަރައިގެން ނުވާނެކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީގެ ސީނިއަރ އޮފިޝަލަކު ވަނީ މިކަމާއި ގުޅިގެން ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ. އަދި މި ސްކީމް ކުރިޔަށް ގެންދިޔުމަށް އަދި ވަރަށް ގިނަ ތައްޔާރީތައް ވާންޖެހޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ބައޯ ފަރމާގެ އޮފިޝަލުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ ޕްރައިވެޓް ސެކްޓަރ އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ބޭނުންވާ ވެކްސިން ހޯދުމަށް މޮޑާނާއާ ވާހަކަދައްކަމުން އަންނަ ކަމަށެވެ. ބައޯ ފަރމާއިން މިހެން ބުނެފައިމިވަނީ މީގެ އެއްދުވަސް ކުރިން އިންޑޮނޭޝިޔާގެ ހެލްތު މިނިސްޓަރ ޗައިނާގެ ސިނޯފަރމް ވެކްސިންގެ އިތުރު ދެ މިލިއަން ޑޯޒް އެގައުމަށް ލިބޭނެކަން ހާމަކުރައްވާފައިވަނިކޮށެވެ.

މީގެއިތުރުން ހެލްތު މިނިސްޓަރ ވިދާޅުވީ ޕްރައިވެޓް ސްކީމްގައި ބައިވެރިވުމަށް 6600ށް ވުރެ ގިނަ ކުންފުނިތަކުން މިހާރުވެސް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އިންޑޮނޭޝިޔާގައި ހުންނަ އެންމެ ބޮޑު ބޭންކުކަމުގައިވާ ބޭންކް ސެންޓްރަލް އޭޝިޔާގެ ރައީސް ރޮއިޓަރސް އާ ވާހަކަދައްކަވަމުން ވިދާޅުވީ އެބޭންކުން 70،000 ވެކްސިން ޑޯޒް ބޭނުންވާނެކަމަށެވެ.

ވެކްސިން ގަނެވޭނެ އަގުތައް ކަނޑައަޅާނީ އެގައުމުގެ ހެލްތު މިނިސްޓްރީންނެވެ.

ސަރުކާރުން ކުރިޔަށްގެންދާ ޕްރޮގްރާމްގެ އިތުރުން އަމިއްލަ ފަރާތްތަކުން ކުރިޔަށްގެންދާ ވެކްސިން ދިނުމުގެ ޕްރޮގްރާމްގައިވެސް ބޭނުންކުރެވޭނީ އެގައުމުގެ ފުޑް އެންޑް ޑްރަގް އެޖެންސީން އިމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ވެކްސިންތަކެވެ.

އިންޑޮނޭޝިޔާގައި މަސައްކަތްކުރާ އެންޖީއޯއެއް ކަމުގައިވާ ސެންޓަރ ފޮރ އިންޑޮނޭޝިޔާ ސްޓްރެޓެޖިކް ޑިވެލޮޮޕްމަންޓް އިނިޝިއޭޓިވްގެ ޕޮލިސީ ޑައިރެކްޓަރ އޮލިވިއާ ހަރލިންޑާ ވިދާޅުވީ ވެކްސިން ލިބުމުގައި ދަތިކަން އިހުސާސްކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި ޕްރައިވެޓް ސްކީމެއް ކުރިޔަށް ގެންދިޔުމަށް ހުއްދަ ދިނުމުން އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިނގުމުގެ ފުރުސަތު ފަހިވެގެންދާކަމަށެވެ. އަދި ވެކްސިނަކީ ބޮޑު ވިޔަފާރިއަކަށް ވުމުގެ ފުރުސަތު ގައުމުގެ ތެރޭގައި ފަހިވެގެންދާނެ ކަމަށް އޮލިވިއާ ވިދާޅުވިއެވެ.

އެހެންނަމަވެސް އިންޑޮނޭޝިޔާގެ ސަރުކާރުން ބުނެފައިވަނީ އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު ނުދޭނެކަމަށާއި އެކި އެޖެންސީތަކާއެކު ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިޔަށްދާ ގޮތް ބަލަމުންދާނެކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްލޮރިޑާގެ ހައި ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއެއްގައި 17 މީހަކު މަރުވެއްޖެ

ފްލޮރިޑާގެ ހައި ސްކޫލެއްގައި ހިނގި ބަޑި ޖެހުމުގެ ހާދިސާއެއްގައި 17 މީހަކު މަރުވެއްޖެ

15 ފެބުރުއަރީ 2018
ކެންޔާގެ އަލުން ބޭއްވި އިންތިޚާބަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން 13 މީހަކު މަރުވެފައިވޭ

ކެންޔާގެ އަލުން ބޭއްވި އިންތިޚާބަށް ފަހު ހިނގި ހަމަނުޖެހުންތަކުގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން 13 މީހަކު މަރުވެފައިވޭ

02 ނޮވެމްބަރު 2017
މިއުނިކްގައި ވަޅި ޖެހުމުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މިއުނިކްގައި ވަޅި ޖެހުމުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފި

21 އޮކްޓޯބަރު 2017
ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

ފިރެހެން ދަރިފުޅަށް ވެކްސިން ނުދިން މަންމައަކު ޖަލަށްލާން ހުކުމްކޮށްފި

05 އޮކްޓޯބަރު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު