Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން ދިނުން

ހއ. މުރައިދޫ އަދި ވ. ފުލިދޫގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާތެރޭގައި ފަށާނެ: އެޗްއީއޯސީ

ހުރިހާ އަތޮޅަކަށް ވެކްސިން ފޯރުކޮށްދެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ފެބުރުއަރީ 2021 | ހުކުރު 08:25
ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު، ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ވެކްސިން ޖެހުމަށް އެޗްއީއޯސީން އިލްތިމާސްކުރޭ

ވެކްސިންދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހު، ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ވެކްސިން ޖެހުމަށް އެޗްއީއޯސީން އިލްތިމާސްކުރޭ

ހއ. މުރައިދޫ އަދި ވ. ފުލިދޫގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާތެރޭގައި ފަށާނެ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ އަތޮޅަކަށް ވެކްސިން ފޯރުކޮށްދެވިފައިވާ ކަމަށާއި، އެންމެ ދެރަށް ފިޔަވައި ހުރިހާ ރަށެއްގައި ވެކްސިން ދިނުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ނުދަނީ މުރައިދޫއާއި ފުލިދޫގައިކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ކުރިއަށް އޮތް ހަފުތާ ތެރޭގައި އެ ދެރަށުގައި ވެކްސިން ދިނުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިހާތަނަށް އަތޮޅުތެރޭގައި ޖުމްލަ 28,586 މީހަކަށް ވެކްސިން ދެވިފައިވާ ކަމަށެވެ. މީގެ އިތުރުން ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރުމަށް 7 ވެކްސިނޭޝަން ސެންޓަރު ގާއިމުކުރެވި 27 ރިސޯޓުގެ 3178 މުއައްޒަފުންނަށް ވެކްސިން ދެވިފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވެކްސިނޭޝަން ޕްރޮގްރާމް މިމަހުގެ އެއްވަނަ ދުވަހު ފަށާފައިވާއިރު، މިހާތަނަށް މުޅި ރާއްޖެއިން 98،311 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 69،725 މީހަކު ވެކްސިން ޖަހާފައިވަނީ މާލެ ސަރަހައްދުންނެވެ.

މިހާރު ރާއްޖޭގައި އުމުރުން 25 އަހަރުން މަތީގެ އެންމެނަށް ވެސް ވެކްސިން ޖެހޭނެއެވެ. އަދި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުފުރައިގެ މީހުންގެ ތެރެއިން ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި، ބައްޔެއްގެ ސަބަބުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުންގެ ރައްކަލަކަށް އެފަދަ މީހުންގެ އެހީތެރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ވެސް ވެކްސިން ޖަހަން ފަށާފައިވާއިރު އެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ރެޑް ކްރެސެންޓުންނެވެ.

ކޮންމެ ހަފުތާއެއްގެ ވެސް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު މާލެ އަދި ހުޅުމާލޭގައި ހެނދުނު 9:00ން ހަވީރު 4:30ށް ވެކްސިން ދިނުމުގެ ކަންކަން ކުރިއަށް ދާނެއެވެ. އަދި ވިލިމާލޭގައި ހެނދުނު 9:00ން މެންދުރު 1:00ށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވެސް ވެކްސިން ފޮނުވާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު