Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭމަންޑޫ ކަރަންޓު މައްސަލަ ހައްލު ކުރުން

ވޭމަންޑޫއަށް ކަރަންޓް ދީފި

އެ އަތޮޅު ގުރައިދޫ އިން ވަނީ 360 ކިލޯވޮޓްގެ ޖެންސެޓެއް ގެންގޮސްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 25 ފެބުރުއަރީ 2021 | ބުރާސްފަތި 20:04
ވޭމަންޑޫއަށް ކަރަންޓު ދިނުމަށް ކުރި މަސައްކަތް

ވޭމަންޑޫއަށް ކަރަންޓު ދިނުމަށް ކުރި މަސައްކަތް

ތ. ވޭމަންޑޫއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ތ. ވޭމަންދޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްފައިވަނީ، އެ އަތޮޅު ގުރައިދޫ އިން ވަނީ 360 ކިލޯވޮޓްގެ ޖެންސެޓެއް ގެންގޮސްގެންނެވެ. ވޭމަންޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް ކަރަންޓުގެ ޚިދުމަތް ދޭން ފެށިކަން އެ ރަށުގައި ކަރަންޓުގެ ޚިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުން ވަނީ ޓުވިޓަރ މެދުވެރިކޮށް ހާމަކޮށްފައެވެ. ފެނަކައިން ކުރި ޓުވީޓްގައި ވަނީ ވޭމަންޑޫއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް 11:40 ހާއިރު ކަރަންޓުގެ ޚިދުމަތް ދޭންފަށާފައެވެ.

ފެނަކައިން ވަނީ އަލިފާނުގެ ހާދިސާގައި އިންޖީނުގޭގައި ބޭނުން ކުރަމުން އައި ތިން އިންޖީނު ވެސް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާއިރު، ހާދިސާ ހިނގިތާ 33 ގަޑިއިރުގެ ތެރޭގައި މައްސަލަ ހައްލުކޮށް ކަރަންޓުގެ ޚިދުމަތް އަލުން ދޭން ފެށުމުން މިކަމުން ފެނަކައިގެ މުވައްޒަފުންގެ ހުނަރާއި ޤާބިލިއްޔަތުކަން ހާމަވާކަމަށް ބުނެފައެވެ.

ވޭމަންޑޫ އިންޖީނުގޭގައި ބުދަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓު ކުރީ އެ ދުވަހުގެ މެންދުރު 2:30 ހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ތ. ވޭމަންޑޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގައިދިޔަ ގޮތް ބެލުމަށްޓަކައި ކުރަން ޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މިހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން ފާހަގަކުރައްވައި އެމްޑީ ސައީދު ވިދާޅުވީ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމާއެކު އަލިފާން ނިއްވާލެވި ކަރަންޓުގެ ޚިދުމަތްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދެވުނު ކަމަށެވެ. އަދި ވިދާޅުވީ މިހާދިސާ ހިނގައި ދިޔަ ސަބަބު މިހާތަނަށް ހޯދިފައިނުވާ ކަމަށާއި، އެކަން ހިނގައިދިޔަ ގޮތް ބެލުމަށްޓަކައި ކުރަން ޖެހޭ އެހެންމެހައި މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަލިފާނުގެ ހާދިސާގައި އިންޖީނުގޭގައި ބޭނުން ކުރަމުން އައި ތިން އިންޖީނު ވެސް ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ.

ތ. ވޭމަންޑޫއަކީ 1000ށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ. 

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
12 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި

12 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަނުން ޕީޕީއެމްއަށް 2،300 މެމްބަރުން ހޯދައިދީފި
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު