Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިވެހިރާއްޖެ ލާމަރުކަޒު ކުރުން

ލާމަރުކަޒުވުން ނޫން ގޮތެއް ނެތް: ރައީސް ސޯލިހު

ވަކިން ޚާއްސަކޮށް ސިއްހީ ދާއިރާ ލާމަރުކަޒުވުމުގެ ބޭނުންތެރިކަން ކަށަވަރުވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ފެބުރުއަރީ 2021 | ބުރާސްފަތި 16:51
ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ،

ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ،

ލާމަރުކަޒުވުން ނޫން ގޮތެއް ނެތްކަމަށާއި، އެމްޑީޕީން އެ ބައްޓަމަށް ފެތިނިމިފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރަށްވެހި ފަތިސް ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ އުފެދި އެކުލެވިފައި މިއޮތީ ލާމަރުކަޒީ ސިފަޔަށް ކަމަށާއި، ރާއްޖޭގައި މީހުން ވަޒަންވެރިވެ އާބާދުވެފައިވަނީ ލާމަރުކަޒީ ސިފައަށް ކަމަށެވެ. ދިވެހީންގެ ތަބީއަތާ އެއް ބައްޓަމަށް ދިވެހީންގެ ކަންކަން ލާމަރުކަޒީ ނިޒާމަކުން މެނުވީ ނުހިންގޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އަތޮޅުތަކާ ރައްތަަކަށް ބާރުތައް ލިބިދޭވާހަކަ މަޖިލިސްގޭގައި ދެކެވުނުއިރު އެއާ ދެކޮޅަށް ބަޔަކު ވަކާލާތުކުރިކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެއީ ރައްޔިތުންގެ މައްޗަށް ހިންގި ވެރިކަން ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެކީކުރާ ވެެރިކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ސަރުކާރުގެ ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ މުހިންމުކަން ފެނިފައިވާ ކަމަށާއި، ވަކިން ޚާއްސަކޮށް ސިއްހީ ދާއިރާ ލާމަރުކަޒުވުމުގެ ބޭނުންތެރިކަން ކަށަވަރުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ މަސްވެެރިކަމާ ދަނޑުވެރިކަމަށް  ބޭނުންވާ ސަރަހައްދީ  އިންތިޒާމްތަކާއި ކެޕޭސިޓީ އިތުރު ކުރުމަށް މިފްކޯ އެގްރޯ ކުންފުނިންވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި އެސްއެމްއީ ލޯނުގެ ޒަރިއްޔާއިން އިގްތިޞާދުގެ ދިރުންކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަށްދާ ކަަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އިހްތިސޯސީ އިމުގެތެރޭން ރަށްތަކާ ބިންތަކުގައި ފަތުރުވެރިކަން ލާމަރުކަޒު ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައިވާ ކަަމަށާއި، ޑޮމެސްޓިކް އަދި އިންޓަރނެޝަނަލް އެއަރޕޯރޓްތައް ގިނަވެ ސްޕީޑް ފެރީ ވުޖޫދުވުމުން އިތުރަށް މިދުވެލިބާރު ވަމުންދާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އައު އިޞްލާހުތަކާއެކު މި ފަހަރު ހޮވޭ ކައުންސިލުތައް ވެގެންދާނީ ތަޞައްވަރު ކުރަމުން މިއަންނަ ފަދަ ފުރިހަމަ ކައުންސިލުތަކަށް ކަމަށެވެ. އަންހެން ބޭފުޅުންގެ ބައިވެރިވުމާއެކު ތަރައްގީގެ ކަންކަން ކުރުމަށް ގާނޫނު ލާޒިމުކޮށްފައިވާއިރު، ކައުންސިލުތަކުގައި އަންހެނުން ސާމިލުވާ އަދަދު އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ކައުންސިލުތަކުގެ ދައުރު ބޮޑަށް ފުޅާވެގެންދާއިރު، ކައުންސިލުތަކުގެ އިހްތިޞާސްތައް ހިނގާ ސަރަހައްދުތައް ކަނޑައަޅާފައިވާ ކަަމަށެވެ. އަދި މިކަމުގެ ސަބަބުން ކައުންސިލުތަކުގެ މިލްކުވެރިން އިތުރުވެ މާލީ ބާރުވެރިކަން ކައުންސިލުތަކަށް ބޮޑުތަނުން ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު