Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓުއާ އޮޕަރޭޓަރުންގެ ގާނޫނު

ޓުއާ އޮޕަރޭޓަރުންގެ ގާނޫނުން ކުންފުނިތަކަށް ރައްކާތެރިކަން ލިބޭނެ: މިނިސްޓަރ މައުސޫމް

25 ފެބުރުއަރީ 2021 | ބުރާސްފަތި 11:30

ޓްރެވެލް އެޖެންޓުންނަށް އެންމެ ބޮޑު ދައްޗަކަށް ދިމާވަނީ ދުނިޔޭގެ ވާދަވެރިކަމުގެ ތެރޭގައި އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ނުލިބުން

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 25 ފެބުރުއަރީ 2021 | ބުރާސްފަތި 11:30
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޙާއްސަ ޤާނޫނެއް އެކުލަވާލުމުން މުޅި ދުނިޔޭގައި މި ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ވާދަވެރިކަމުގެ ތެރޭގައި ދިވެހި ކުންފުނިތަކަށް އެކަށީގެންވާ ރައްކާތެރިކަން ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ ޤާނޫނާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލިހުގެ އިސްނެގުމަށް މިއަދު ބާއްވަން ފެށި، މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ މިއަދު ރާއްޖޭގެ ޓްރެވެލް އެޖެންޓުންނަށް އެންމެ ބޮޑު ދައްޗަކަށް ދިމާވަނީ ދުނިޔޭގެ ވާދަވެރިކަމުގެ ތެރޭގައި އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ނުލިބުން ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ ބައިނަލްއަގުވާމީ ވިޔަފާރީގެ ދުނިޔޭގައި އެ ޤައުމެއްގެ ވިޔަފާރިތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ ގައުމެއްގެ ޒިންމާއެއް ކަމަށެވެ. އެއީ ގައުމުގެ ކުރިއެރުމާއި އިގްތިސޯދަށް އެންމެ ރަނގަޅު ގޮތް ކަމަށާއި އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން އިސް ނަގައިގެން ބާއްވާ ބައްދަލުވުމުގެ ބައިވެރިންނަށް އިޝާރާތްކުރައްވާ މިނިސްޓަރ މައުސޫމް ވިދާޅުވީ ބައްދަލުވުމުގައި ބައިވެރިވާ ގިނަ ޓުއަރ އޮޕަރޭޓަރުން، ޓެރެވެލް އެޖެންޓުންނަކީ ވަރަށް ބޮޑެތި ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންކަމަށެވެ. އެ ބޭފުޅުން އެ ބައްދަލުވުމަށް ވަޑައިގަތީ އެ ބޭފުޅުންނަށް ކަމެއް ނުލިބިގެން ނޫން ކަމަށާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުންނާ ވާހަކަދެއްކުމުގައި އެ އޮޕަރޭޓަރުންނަށް ފަސޭހަ މަގު އޮތުމުން އެ ބޭފުޅުން އެތަނަށް ވަޑައިގަތީ ކުދި ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް ފުރުޞަތު ހޯއްދަވައިދެއްވުމަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރަށް ޤާނޫނު ހެދުމުން ރާއްޖެއަށް ލިބޭ ޑޮލަރުވެސް ރާއްޖޭގައި ބެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ޖުލައި 2017

ޔާމީނަށް އިންޒާރު ދިންއިރު ރައްކާތެރިކަން ނުދިނުމުން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާ ސިއްރު ކުރުމަށް ދައުލަތުން އެދިއްޖެ

05 ޖުލައި 2017
ޔާމީނަށް އިންޒާރު ދިންއިރު ރައްކާތެރިކަން ނުދިނުމުން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާ ސިއްރު ކުރުމަށް ދައުލަތުން އެދިއްޖެ
02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ހަނު ހުންނަ މީހަކާއި އިތުރަކަށް ސުވާލެއް ނުކުރެވޭނެ: ޝަމީމް

02 ޖުލައި 2017
 ޖިނާއީ އިޖުރާއަތުގެ ގާނޫނުން ހަނު ހުންނަ މީހަކާއި އިތުރަކަށް ސުވާލެއް ނުކުރެވޭނެ: ޝަމީމް
02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލު އަންނާނެ، ހެއްކާއި ބެހޭ ބިލް ފާސްވުން މުހިއްމު: އޭޖީ

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލު އަންނާނެ، ހެއްކާއި ބެހޭ ބިލް ފާސްވުން މުހިއްމު: އޭޖީ
24 ޖޫން 2017

އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

24 ޖޫން 2017
އީދު ކުޅިވަރު ކުޅޭއިރު ރައްކާތެރިކަން އިސްކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
27 މެއި 2017

ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ ކޯޓަށް

27 މެއި 2017
ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިން ގޮތުގެ މައްސަލަ ކޯޓަށް
02 އެޕްރީލު 2017

ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ

02 އެޕްރީލު 2017
ޔަތީމުޚާނާއަށް ލީ ދިވެހި ކުދިންނަން ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މިދަނީ މަސައްކަތް ކުރަމުން: ޖެންޑަރ
22 މާރިޗު 2017

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި

22 މާރިޗު 2017
ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކޮށްފި
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް