Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ހަނު ހުންނަ މީހަކާއި އިތުރަކަށް ސުވާލެއް ނުކުރެވޭނެ: ޝަމީމް

2 ޖުލައި 2017 | އާދީއްތަ 17:17

މިޤާނޫނުގެ ސަބަބުން ވަކީލުންގެ ދައުރު ވަރަށް ބޮޑުވާންޖެހޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 2 ޖުލައި 2017 | އާދީއްތަ 17:17
ޤާނޫނީ ވަކީލް ހުސެއިން ޝަމީމް

ޤާނޫނީ ވަކީލް ހުސެއިން ޝަމީމް

ކުށެއްގެ ތުހުމަތުގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރެވޭ މީހަކު ހަނު ހުރެއްޖެ ނަމަ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެދަށުން އެމީހަކާއި އިތުރަށް ސުވާލު ނުކުރެވޭނެކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ޤާނޫނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްވަމުން ޝަމީމް ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ފުލުހަށް ގެންދެވޭ މީހަކު ހަނު ހުރެއްޖެ ނަމަ ފުލުހުންނަށް އޭނާއާއި އިތުރަށް ސުވާލެ ނުކުރެވޭނެ ކަމަށާއި ފުލުހުން އޭނާއާއި ސުވާލުކޮށްފިނަމަ އެއީ ޤާނޫނީ ކުށެއް ކަމަށެވެ.

Advertisement - newsAdvertisement

މިހާރު ރާއްޖޭގައި ކަންތައްތައް ހިނގަމުންދާ ގޮތަށް އަލިއަޅުވާލައްވާ ޝަމީމް ވިދާޅުވީ، ބަންދުގައި ބަހައްޓައިގެން ސުވާލުކުރުން އާއްމުވެފައިވާއިރު، ތަހްޤީޤަށް ހައްޔަރުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ސީދާ ބަޔާންވެފައި ނެތް ނަމަވެސް، އަދިވެސް ޤާނޫނުގައި އެ މަފްހޫމުތައް ހުރި ކަމަށެވެ.

މިގޮތަށް މަފްހޫމުތައް ހުރި ނަމަވެސް މިކަންކަމާއި ދުރުވުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އައު ޤާނޫނަކަށް އަމަލުކުރަން ފަށާއިރު އެޤާނޫނަކުން އަދަބުގައި ހުންނަ މީހަކަށް ލުޔެއް ލިބޭނަމަ އެފުރުޞަތު ދޭން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ މިޤާނޫނުން އިންޓެލް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް މީހަކު ހައްޔަރު ނުކުރެވޭނެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ޖިނާއީ މައްސަލައެއް ހިނގާނެ ގޮތުގެ ތަފްސީލް ހާމަކުރާ ޤާނޫނަށްވާއިރު މައިގަނޑު ތިން މަރުހަލާއެއްގެ މައްޗަށް މި ޤާނޫނު ވަނީ ބެހިގެންގޮސްފައެވެ.

އެގޮތުން އިންޓެލް ރިޕޯޓަކާއި ގުޅިގެން މިހާރު މީހަކު ހައްޔަރު ނުކުރެވޭނެ ކަމަށާއި ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާއަށް، އޭނާގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއްކަން ސާފުވާވަރަށް ބަޔާންކޮށްދޭން ޖެހޭނެ ކަމަށާއި، މީހަކު ހައްޔަރުކުރާ ތުހުމަތު ސާފުނުވެ ކޯޓަކުންވެސް ހައްޔަރުކުރުމުގެ އަމުރެއް ނުނެރޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މިއީ މައިގަނޑު އެއް ބަދަލީ. ޤާނޫނީ އިންޒާރެއް މީހަކަށް ދޭން ވާނެ. އޭނާ ހައްޔަރު ކުރެވެނީ ކަމަށާއި ކޮން ކަމަކާއި ގުޅޭ ގޮތުން، އަދި އަސާސީ މައުލޫމާތުތައް އެމީހާއަށް ދޭން ވާނެ. މިޤާނޫން ފުލުހުންނަށް އެކަނި މީހުން ހައްޔަރުކުރެވޭނީ. ހަމައެކަނި ޔުނިފޯމް އެޅި ފުލުހުންނަށް އެކަން ކުރެވޭނީ" ޝަމީމް ވިދާޅުވިއެވެ.

މިޤާނޫނުން ދެން ކަނޑައެޅި، ސާފުވި އެއް ކަމަކީ ތަޙުޤީޤު ކުރުމާއި ދައުވާ ކުރުމާއި ޝަރީއަތް ކުރުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅާފައި ވުމާއި މިމުއްދަތުތަކުގެ ތެރޭގައި އެމައްސަލައެއް ނުނިމިއްޖެ ކަމަށްވާނަމަ އެކުށަކުން އެމީހަކު ބަރީއަވުމުގެ ފުރުޞަތު އޮތުންކަމަށް އޭނާ ވިދާޅުވިއެވެ.

އަލަށް އަމަލުކުރަންފެށި މިޤާނޫނުގެ ސަބަބުން ވަކީލުންގެ ދައުރު ވަރަށް ބޮޑުވާންޖެހޭ ކަމަށާއި އަދި ފުލުހުން ޕީޖީއަށް ފޮނުވާ ކޮންމެ މައްސަލައަކީ ރަނގަޅަށް ޕީޖީންވެސް ބަލައި ޝަރީއަތަށް ފޮނުވަންޖެހޭނެ މައްސަލަތަކަކަށް ވާން ޖެހޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް