ކ. މާލެ
|
25 ފެބްރުއަރީ 2021 | ބުރާސްފަތި 07:14
ޕީޕީއެމް/ޕީއެންސީ މުޒާހަރާ، މުޒާހަރާގެ ބައެއް ބައިވެރިންގެ ފަރާތުން އެޗްޕީއޭގެ އުސޫލާ ޚިލާފަށް އަމަލުތައް ބަހައްޓަމުން ގެންދިޔަކަން ފާހަގަކުރެވިފައިވޭ
ޕީޕީއެމް/ޕީއެންސީ މުޒާހަރާ، މުޒާހަރާގެ ބައެއް ބައިވެރިންގެ ފަރާތުން އެޗްޕީއޭގެ އުސޫލާ ޚިލާފަށް އަމަލުތައް ބަހައްޓަމުން ގެންދިޔަކަން ފާހަގަކުރެވިފައިވޭ
ރާއްޖެއެމްވީ
ޕީޕީއެމް/ޕީއެންސީގެ މުޒާހަރާތައް
ޕީޕީއެމް އަދި ޕީއެންސީން ކުރަމުންގެންދާ މުޒާހަރާތައް އުސޫލުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފި
 
މުޒާހަރާ ރޫޅާލުމުގައި ވެސް އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ބާރުގެ ބޭނުން ކުރުމަށް ވަނީ އިލްތިމާސްކޮށްފައި
 
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިމިޤްރާތީ މުޖުތަމައެއްގައި ކޮންމެ ފަރުދަކަށް ވެސް ލިބެންޖެހޭ ހައްގެއް
 
މިފަދަ ހާލަތެއްގައި މުޒާހަރާ ކުރުމަކީ ކަންބޮޑުވާކަމެއް

މާލޭގައި ޕީޕީއެމް އަދި ޕީއެންސީން ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބްލިޔު.އެޗް.އޯގެ މިންގަނޑުތަކަށް ތަބާވެ، ގައިޑްލައިންތަކާ އެއްގޮތަށް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއިން (އެޗްއާރްސީއެމް އިލްތިމާސްކޮށްފިއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މުޒާހަރާކުރުމާ ގުޅޭ ގޮތުން އެޗްއާރްސީއެމުން ބުނީ 2019 ވަނަ އަހަރުން ފެށިގެން މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭވަރުގެ އާއްމު ސިއްހަތުގެ ނުރައްކަލެއް ކަމަށް ޑަބްލިޔު.އެޗް.އޯއިން 30 ޖަނަވަރީ 2020ގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި 11 މާރިޗު 2020 ގައި އެ ޖަމުއިއްޔާއިން ކޮވިޑް-19އަކީ ޕެންޑަމިކެއްކަމަށް ކަނޑައެޅުމާއެކު، ރާއްޖޭގައި ވެސް ވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ކަމަށެވެ. އެގާނޫނުގެ 34 ވަނަ މާއްދާގެ (ރ)އާއި، 12 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން ވަކިގޮތެއް އަންގަންދެން، މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ތިލަފުށި، އަދި ހުޅުލެ) ގައި އެއްފަހަރާ 10 (ދިހައެއް) މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާއްމު ތަންތަނަށް މި ދުވަސްވަރު އެއްވެ އުޅުން މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ސުއްލަހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ދިވެހި ރާއްޖޭގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގަކަށްވާއިރު، މި ހާލަތާ ގުޅިގެން އާއްމުން ރައްކާތެރިކޮށް، މި ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހުނު ފިޔަވަޅުތަކާއެކު އާއްމު ދިރިއުޅުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅިގެން އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ކުރަމުން އައިގޮތް ވެސް ވަނީ ބަދަލުކުރަން ޖެހިފައި ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. މިފަދަ ދަނޑިވަޅެއްގައި ވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދިމިޤްރާތީ މުޖުތަމައެއްގައި ކޮންމެ ފަރުދަކަށް ވެސް ލިބެންޖެހޭ ހައްގެއްކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ މިއީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި ތަންފީޒީ އިދާރާތަކުން ވެސް އިހުތިރާމްކުރަންޖެހޭނެ ހައްގެއް ކަމަށެވެ. ނަމަވެސް، އާއްމު ސިއްހަތުގެ ނުރައްކަލުގައި މުޅި ދުނިޔެ އޮތް މި ދަނޑިވަޅުގައި ރާއްޖެއިން ވެސް ކޮވިޑް-19 ޖެހިގެން އެތައް ބައެއްގެ ފުރާނަ ގެއްލިފައިވާއިރު މިހާލަތުގައި، އެޗްޕީއޭއާއި ޑަބްލިއު.އެޗް.އޯގެ މިންގަނޑުތަކާ ޚިލާފަށް، އެއްވެއުޅުމާއި މުޒާހަރާ ކުރުމަކީ ކަންބޮޑުވާކަމެއް ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

މީގެ އިތުރުން އެޗްއާރްސީއެމުން ބުނީ މާލޭގައި ޕީޕީއެމް އަދި ޕީއެންސީން ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާތައް ކޮމިޝަނުގެ ޓީމުތަކުން މޮނިޓަރކޮށް ބެލިއިރު މުޒާހަރާގެ ބައެއް ބައިވެރިންގެ ފަރާތުން އެޗްޕީއޭ ގެ ގައިޑްލައިންތަކާ ޚިލާފަށް އަމަލުތައް ބަހައްޓަމުން ގެންދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އިތުރުވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ ހައްގު ބޭނުންކުރުމުގައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިން، އެޗްޕީއޭ އާއި، ޑަބްލިޔު.އެޗް.އޯގެ މިންގަނޑުތަކަށް ތަބާވެ، ގައިޑްލައިންތަކާ އެއްގޮތަށް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް އެޗްއާރްސީއެމުން ވަނީ ނަސޭހަތްތެރިވެފައެވެ.

މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސްއިން މުޒާހަރާ ރޫޅާލުމުގެ ކަންކަން ކުރިއަށް ގެންދާއިރު ވެސް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ބާރުގެ ބޭނުން ކުރުމަށާއި، މުޒާހަރާ މޮނިޓަރ ކުރާ މީޑިއާތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ސިޔާސީ މަސްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު