Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތ. ވޭމަންޑޫ އިންޖީނުގޭގައި ރޯވުން

ވޭމަންޑޫއަށް ކަރަންޓު ލިބޭވަރު ވާނީ މާދަމާ: ފެނަކަ

ހާދިސާ ހިނގީ ބުދަ ދުވަހުގެ މެންދުރު 2:30 ހާއިރު

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2021 | ބުދަ 13:51
ވޭމަންޑޫ އިންޖީނުގޭގައި ރޯވުން

ވޭމަންޑޫ އިންޖީނުގޭގައި ރޯވުން

ވޭމަންޑޫގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެރަށަށް ދެން އެންމެ އަވަހަށް ކަރަންޓު ލިބޭނީ މާދަމާގެ ވަގުތެއްގައިކަމަށް އެރަށުގެ އިންޖީނުގެ ހިންގާ ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ވޭމަންޑޫ އިންޖީނުގޭގައި ބުދަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ ރިޕޯޓުކޮށްފައި ވަނީ ގާތްގަނޑަކަށް މެންދުރު 2:30 ހާއިރުއެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ރާއްޖެ އެމްވީއަށް ވިދާޅުވީ އަލިފާން ރޯވާން މެދުވެރިވި ވަކި ސަބަބެއް އަދި ދެނެގަނެވިފައި ނުވާ ކަމަށާއި، އެމްއެންޑީއެފްއިން މިހާރު ވެސް އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި ދެގަޑިއިރެއްހާއިރު ފަހުން އަލިފާން ނިއްވާލާފައިވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އަލިފާންގަނޑު ނިއްވާލެވުނުއިރު ތަނުގައި ހުރި އިންޖީނުތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެގޮތުން ބުދަ ދުވަހުގެ ރޭ ބެކަޕް ޖަނަރޭޓަރެއް އެރަށަށް ފޮނުވާނެ ކަމަށާއި، ބުރާސްފަތި ދުވަހު ރަށަށް ކަރަންޓު ލިބޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި އާންމުންގެ ފަރާތުން ކެތްތެރިކަމާއި އެއްބާރުލުމަށް އެދޭ ކަމަށެވެ.

ވޭމަންޑޫ އިންޖީނުގޭގައި ހިނގި ހާދިސާއާއި ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ތ. ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައި، ޚިދުމަތް ވަނީ މެދުކެނޑިފައި. ކަރަންޓު އިޢާދަކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެއްލެވުމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ބުދަ ދުވަހު އެރަށަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ދަތުރުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އިންޖިނިއަރެއްވެސް ބައިވެރިވާނެ ކަމަށް އެންވަޔަަރަމަންޓް މިނިސްޓްރީން ބުނެއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ވޭމަންޑޫ އިންޖީނުގޭގައި ހިިގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޯނުން ގުޅުއްވާ މައުލޫމާތު ހޯއްދެވި ކަމަށެވެ. އަދި ރައްޔިތުންނަށް އަވަހަށް ކަރަންޓު ލިބޭނެގޮތް ސަރުކާރުން ހަމަޖައްސަވާނެ ކަމަށެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާއެއް ގުޅިގެން ކުރައްވާ މަސައްކަތައް ރިޔާޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު