Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕްލާސްޓިކް ކުނި

ރާއްޖޭގައި އަހަރަކު 43134 ޓަނުގެ ޕްލާސްޓިކް ކުނި އުފައްދާ - މޯޕާ

ރާއްޖޭގައި އުފެދޭ ކުނީގެ 12 އިންސައްތަ ހިއްސާކުރަނީ 43134 ޓަނާއި ގާތްކުރާ އަދަދެއްގެ ޕްލާސްޓިކް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2021 | ބުދަ 07:11
ރާއްޖޭގައި އުފައްދާ ޕްލާސްޓިކް ފެންފުޅިއެއް

ރާއްޖޭގައި އުފައްދާ ޕްލާސްޓިކް ފެންފުޅިއެއް

ރާއްޖޭގައި އަހަރަކު 43134 ޓަނާއި ގާތްކުރާ އަދަދަކަށް ޕްލާސްޓިކް ކުނި އުފައްދާކަމަށް، މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއި އެން.އައި.ޖީ ކެޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ އެއްފަހަރު ބޭނުންކުރެވޭ ބާވަތުގެ ޕްލާސްޓިކްގެ ސަބަބުން ރާއްޖެއަށް ކުރާ އިޤްތިޞާދީ އަދި އިޖްތިމާއީ އަސަރުތަކާބެހޭ ދިރާސީ ރިޕޯޓުން ދައްކައިފިއެވެ.

މޯޕާ އާއި އެން.އައި.ޖީގެ ރިޕޯޓްގައިވާ ގޮތުން ރާއްޖޭގައި އުފެދޭ ކުނީގެ 12 އިންސައްތަ ހިއްސާކުރަނީ 43134 ޓަނާއި ގާތްކުރާ އަދަދެއްގެ ޕްލާސްޓިކެވެ. 2014 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު، ޕްލާސްޓިކް އިމްޕޯޓް ކުރެވޭ މިންވަރު އަހަރަކު 17 އިންސައްތަ އިތުރުވެފައިވާކަމަށް ރިޕޯޓުން ދައްކާއިރު، 2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އިމްޕޯޓުގެ ހަތަރު އިންސައްތަ އަކީ ޕްލާސްޓިކާއި ރަބަރުގެ ބާވަތްތައް ކަމަށް ރިޕޯޓުގައިވެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތްތަކަކީ ކޮތަޅާއި ގޯނި ކަމަށް ފާހަގަވެފައިވާއިރު، ޕްލާސްޓިކް ކުނީގެ 23 އިންސައްތަ އަކީ ކާބޯތަކެތީގެ ވިޔަފާރީގެ ތެރެއިން އުފެދޭ ކުނީގެ ބާވަތްތައް ކަމަށް މި ރިޕޯޓްގައިވެއެވެ. އަދި ރާއްޖޭގެ ގޭބިސީތަކުގައި 57 އިންސައްތަ، ފެނުގެ ގޮތުގައި ބޭނުންކުރަނީ ޕެޓް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނަމަވެސް، ގައުމުގައި އުފެދޭ ކުނީގެ ނިސްބަތުން ޕެޓް ފުޅީގެ ހިއްސާއަކީ އެކެއް އިންސައްތަ ކަމަށް ރިޕޯޓްގައިވެއެވެ.

ގައުމުގައި އުފެދޭ ކުނީގެ ނިސްބަތުން ޕްލާސްޓިކްގެ ނިސްބަތް ކުޑަ ނަމަވެސް އެއީ ވަރަށްބޮޑަށް ފާހަގަވާ ބާވަތެއް ކަމަށާއި އޭގެ ސަބަބުން ތިމާވެށްޓަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ރިޕޯޓްގައިވެއެވެ. އަދި ކުނީގެ ބާވަތްތައް ވަކިކުރެވޭނެ އިންތިޒާމެއް ނެތުމާއި، ކުނި ނައްތާލުމުގައި ޕްލާސްޓިކް ރީސައިކަލްކުރެވޭނެ ނިޒާމެއް ހިމެނިފައިނުވުމުން، ނޭދެވޭގޮތެއްގައި އުކާލެ ވޭ ނުވަތަ ދޫކޮށްލެވޭ ކުނީގެ ނިސްބަތް ރާއްޖޭގައި ހުރީ، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ މަތީ ނިސްބަތެއްކަމުގައިވާ 66 އިންސައްތައިގައި ކަމަށް މޯޕާގެ ރިޕޯޓްގައިވެއެވެ.

ކުނި ނައްތާލުމުގެ އިސްތިރާޖީ ބިނާވާންވީ، ކުނީގެ ހުރިހާ ވަކިވަކި ބާވަތްތަކަށް ރިއާޔަތްކުރެވިގެން ކަމަށް މޯޕާއިން ފާހަގަކުރެއެވެ. އަދި ޕެޓް ފުޅިއާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ 'އެކްސްޓެންޑަޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ' (އީޕީއާރ) ނުވަތަ އުފައްދާ ފަރާތްތަކުގެ ޒިންމާ ބޮޑުވާނެ އުޞޫލަށް ރިޕޯޓުން ބާރުލިބިދޭކަމަށް މޯޕާއިން ފާހަގަކުރެއެވެ. އަދި ސަރުކާރުން ތަންފީޒުކުރަމުންދާ ކުނި ނައްތާލުމުގެ އަމަލީ މަސައްކަތްތަކަކީ ބޭނުންތެރި މަސައްކަތްތަކެއް ކަމަށާއި ކުނި ނައްތާލުމުގެ ނިޒާމަކީ، ހުރިހާ ގޮތަކުން ބެލިގެން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭ ނިޒާމަކަށް ހެދުމަކީ މުހިންމުކަމެއް ކަމަށް ރިޕޯޓުން ހާމަވާކަމަށް މޯޕާއިން ފާހަގަކުރެއެވެ

މީގެ އިތުރުން ޕްލާސްޓިކް އެއްކޮށް، ޖަމާކޮށް، ރީސައިކަލް ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މުހިންމުކަން ރިޕޯޓުގައި ބަޔާންކުރެވިފައިވާ އިރު، އެއްކުރެވޭ ޕްލާސްޓިކްކުނި، ކުދިކޮށް، ފިއްތާ، ޖަމާކޮށް، ބޭރަށް އެކްސްޕޯޓު ކުރުމުގެ ފައިދާތައް ލިބިގަނެވޭނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު