Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޕީއެލުން ހިންގާ ސޭފްޓީ ޕްރޮގްރާމް

ކުރިއަށްއޮތް ތަނުގައި އެމްޕީއެލް ސަރަހައްދަށް މަސައްކަތަށް ވަދެވޭނީ ސޭފްޓީ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި

ހަ މަސް ދުވަސްފަހުން އެމްޕީއެލް ސަރަހައްދަށް މަސައްކަތަށް ވަދެވޭނީ ސޭފްޓީ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް އެކަނި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2021 | ބުދަ 06:58
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ: ހަ މަސް ދުވަސްފަހުން އެމްޕީއެލް ސަރަހައްދަށް މަސައްކަތަށް ވަދެވޭނީ ސޭފްޓީ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް އެކަނި ކަމަށް ވިދާޅުވި

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ: ހަ މަސް ދުވަސްފަހުން އެމްޕީއެލް ސަރަހައްދަށް މަސައްކަތަށް ވަދެވޭނީ ސޭފްޓީ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް އެކަނި ކަމަށް ވިދާޅުވި

ކުރިއަށް އޮތްތަނުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސަރަހައްދަށް ވަދެވޭނީ އެ ކުންފުނިން ހިންގާ "ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމް" ފުރިހަމަކޮށްފައިވަ ފަރާތްތަކަށް އެކަނި ކަމަށް އެކުންފުނިން ބުނެފިއެވެ.

ބުދަ ދުވަހު އެމްޕީއެލުން ވަނީ، "ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމް" ހިންގަން ފަށާފައެވެ. މި ޕްރޮގްރާމް ފައްޓަވައި ދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އެވެ. ޝާހިދު އަލީ ވިދާޅުވީ ގޮތުގައި "ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމް"އަކީ މުދާ ކްލިއަރ ކުރުމަށް އެމްޕީއެލްގެ ސަރަހައްދަށް ވަންނަ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، އެފަރާތްތައް ޓްރެއިން ކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ، މީގެކުރިން އެމްޕީއެލުން ސަލާމަތާއި ރައްކާތެރިކަމުގެ ޓްރެއިން ހިންގަމުންދިޔައީ ހަމައެކަނި، އެމްޕީއެލްގެ މުވައްޒަފުންނަށް އެކަނި ކަމަށެވެ. ނަމަވެސް އެމްޕީއެލް ސަރަހައްދު ބޭނުންކުރަނީ ހަމައެކަނި އެމްޕީއެލް މުވައްޒަފުން ނޫންކަމަށާއި މުދާ ކުލިއަރ ކުރުމަށް އެކިއެކި ކުންފުނިތަކުންނާއި މުދާ ކުލިއަރ ކުރާ ގްރޫޕްތަކުގެ ގިނަ ބަޔަކު ވަންނަމުންދާ ކަމަށެވެ. އަދި އެހެން ޕޯޓްތަކާއި ހިލާފަށް އެމްޕީއެލްގައި ޖާގައިގެ ދަތިކަމާހުރެ، ބޯޓު ފަހަރުތަކަށް މުދާ ލޯޑުކުރުމާއި އަންލޯޑު ކުރުމާއި، އަދި މުދާ ކުލިއަރ ކުރަމުން ގެންދަނީ އެމްޕީއެލްގެ ސަރަހައްދުން ކަމަށްވާތީ، ހާދިސާތައް ހިނގުމަކީ ވެދާނެ ކަމެއް ކަމަށާއި ނަމަވެސް އެފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ވީހާވެސް މަދުކޮށް، އެފަދަ ހާދިސާތައް ނުހިނގާނެގޮތަށް ކަންކަން ބައްޓަން ކުރެވިފައިވާނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ޕޯޓް ފަދަ ތަންތަނަކީ ވަރަށް ގިނަ ހިތާމަވެރި ހާދިސާތައް ހިނގާ ތަންތަނަށްވާތީ އަދި ހާއްސަކޮށް، އެމްޕީއެލްގައި މީގެ ކުރިންނާއި އަދި ފާއިތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި ވަރަށް ހިތާމަވެރި ދެ ހާދިސާއެއް ހިނގައި ދެ މީހަކު ނިޔާވެފައިވާތީ، އެމްޕީއެލް ސަރަހައްދަށް މުދާ ކުލިއަރ ކުރަން ވަންނަ ފަރާތްތަކުގެ ސަލާމާތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. އެގޮތުން، ބުދަ ދުވަހު މި ފެށި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރި ނުވާ ފަރާތްތަކަށް މުދާ ކުލިއަރ ކުރުމަށް ނުވަތަ އެފަދަ އެއްވެސް މަސައްކަތެއް ކުރުމަށް ނުވަދެވޭނެ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މިހާރު ހިންގަމުން މިދާ ސޭފްޓީ އިންޑަކްޝަން ޕްރޮގްރާމް ނިމޭއިރު، އެމްޕީއެލް ސަރަހައްދަށް މުދާ ކުލިއަރ ކުރުމަށް ވަންނަމުންދާ އެންމެހާ ފަރާތްތަކަކީ އެ ޕްރޮގްރާމް ނިންމައި ސެޓްފިކެޓް ހާސިލްކޮށްފައިވާ ފަރާތްތަކެއް ކަމަށް ވާނެ ކަމަށެވެ. ޝާހީދު ވިދާޅުވީ، އެ ޓްރެއިން ޕްރޮގްރާމްގައި ބައިވެރި ނުވާ ފަރާތްތަކަށް އެމްޕީއެލް ސަރަހައްދަށް ވަނުމުގެ ފާސް ދޫނުކުރާނެ ކަމަށެވެ.

"ޕޯޓް ވޯކަރ އިންޑަކްޝަން ޕްރޮގްރާމް"އަކީ ހަ ގަޑިއިރުގެ ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމުގައި، މަސައްކަތްތެރިންގެ ސަލާމަތައި ރައްކާތެރިކަމާ ގުޅުންހުރި ފޮޓޯއާއި ވީޑިއޯ ކްލިޕްތައް ބޭނުންކޮށް، އެކަންކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ ކޮބައިތޯ ދެނެގަނެ، މަސައްކަތްތެރިން އެކަންކަމަށް އަހުލުވެރި ކުރެވޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި އެމްޕީއެލް ސަރަހައްދަށް ވަންނަން ފާސް ދޫކުރެވޭނީ، އެމްޕީއެލަށް މުވައްޒަފުން ވަންނަންއެދޭ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކުށުގެ ރެކޯޑް ފޯމް ވެސް ހުށަހެޅުމުން ކަމަށެވެ. މިހާރު ޕޮލިސް ރެކޯޑް ފޯމް ހުށަހެޅުމުން، އެމްޕީއެލް ސަރަހައްދަށް ވަންނަ ފާސް ދޫކުރިނަމަވެސް، ދެން ފާސް ދޫކުރަމުންދާނީ، ޕޮލިސް ކުށުގެ ރެކޯޑް ފޯމުގެ އިތުރުން، ޝަރުއީ ކޯޓުތަކާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކުށުގެ ރެކޯޑް ސާފުކުރުމަށްފަހުގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޕީއެލް ސަރަހައްދަށް މުދާ ކުލިއަރ ކުރުމަށް 1500އަށްވުރެ ގިނަ ފަރާތްތަކަށް ފާސް ދޫކޮށްފައިވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!

އެމްޕީއެލްގެ ސީއީއޯ އަކަށް ހަލީމް، އެމްއާރްޑީސީ އަށް ނިމާލް!

01 މާރިޗު 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު