Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ގްރީން ފަންޑް

ފާއިތުވި އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 809 މިލިއަން ރުފިޔާ!

2020 ވަނަ އަހަރު ފެށުނު އިރު ގްރީން ފަންޑުގައި ހުރީ 782.6 މިލިއަން ރުފިޔާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2021 | ބުދަ 06:03
ފަތުރުވެރިން ރާއްޖެ އައުން

ފަތުރުވެރިން ރާއްޖެ އައުން

ފާއިތުވި އަހަރު ނިމުނު އިރު ގްރީން ފަންޑުގައި ޖުމްލަ 809.6 މިލިއަން ރުފިޔާ ހުރި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެފަހުގެ މައުލޫމާތުތައް ދައްކާގޮތުން 2020 ވަނަ އަހަރު ފެށުނު އިރު ގްރީން ފަންޑުގައި ހުރީ 782.6 މިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ ޖެނުއަރީ މަހު ގްރީން ފަންޑުން 584,873 ރުފިޔާ ހަރަދުކޮށްފައިވާއިރު، 85 މިލިއަން ރުފިޔާ ވަނީ ގްރީން ފަންޑަށް އިތުރުވެފައެވެ. ފެބްރުއަރީ މަހު 77 މިލިއަން ރުފިޔާ ފަންޑަށް އިތުރުވެފައިވާ އިރު، ފަންޑުން ހަރަދުކޮށްފައި ވަނީ 25.8 މިލިއަން ރުފިޔާއެވެ. އަދި މަރޗް މަހު ފަންޑަށް 74 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، 47.6 މިލިއަން ރުފިޔާ ވަނީ ފަންޑުން ހަރަދުކޮށްފައެވެ.

Advertisement - businessAdvertisement

ފާއިތުވި އަހަރުވެ އޭޕްރިލް މަހު ބެލެންސްގެ ގޮތުގައި 27.9 މިލިއަން ރުފިޔާ ގްރީން ފަންޑުގައި ހުރި އިރު، 35.8 މިލިއަން ރުފިޔާ ވަނީ ފަންޑަށް އިތުރުވެފައެވެ. އަދި އެމަހު ގްރީން ފަންޑުން ހަރަދުކޮށްފައި ވަނީ 7.9 މިލިއަން ރުފިޔާއެވެ. މެއި މަހު 8 މިލިއަން ރުފިޔާ ފަންޑަށް އިތުރުވެފައިވާއިރު، 25 މިލިއަން ރުފިޔާ ވަނީ ފަންޑުން ހަރަދުކޮށްފައެވެ. އަދި ޖޫން މަހު ގްރީން ފަންޑުން 41 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ފަންޑަށް އިތުރުވެފައި ވަނީ 4 މިލިއަން ރުފިޔާއެވެ. ޖުލައި މަހު 5.5 މިލިއަން ރުފިޔާ ފަންޑަށް އިތުރުވި އިރު، 14.8 މިލިއަން ރުފިޔާ ވަނީ ފަންޑުން ހަރަދުކޮށްފައެވެ.

މީގެ އިތުރުން އޮގަސްޓް މަހު ފަންޑަށް އިތުރުވެފައި ވަނީ 5.3 މިލިއަން ރުފިޔާއެވެ. އަދި ހަރަދުކޮށްފައި ވަނީ 6.3 މިލިއަން ރުފިޔާއެވެ. ސެޕްޓެމްބަރު މަހު ގްރީން ފަންޑަށް 7 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ސެޕްޓެމްބަރު މަހަކީ ގްރީން ފަންޑުން އެންމެ ބޮޑު އަދަދެއް ހަރަދުކުރި މަހެވެ. އެމަހު 52.4 މިލިއަން ރުފިޔާ ވަނީ ފަންޑުން ހަރަދުކޮށްފައިވެއެވެ. އޮކްޓޫބަރު މަހު ގްރީން ފަންޑަށް 8.7 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، 21.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ނޮވެމްބަރު މަހު 16.5 މިލިއަން ރުފިޔާ ފަންޑަށް އިތުރުވި އިރު، ހަރަދުކޮށްފައި ވަނީ 20 މިލިއަން ރުފިޔާއެވެ.

އަހަރުގެ ފަހު މަހު ގްރީން ފަންޑަށް 25 މިލިއަން ރުފިޔާ އިތުރުވި އިރު، އެމަހު ގްރީން ފަންޑުން 43.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ޑިސެމްބަރު މަހު ގްރީން ފަންޑުގެ ބެލެންސްގެ ގޮތުގައި ހުރީ 18.23 މިލިއަން ރުފިޔާއެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރު ގްރީން ފަންޑަށް މުޅި ޖުމްލަ 378 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ފަންޑުން ޖުމްލަ 349.10 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ގްރީން ފަންޑަކީ ކުރީގެ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި ފެނާއި، ނަރުދަމާ އާއި، އިއާދަކުރަނިވި ހަކަތައާއި، ކުނި މެނޭޖް ކުރުމުގެ ދާއިރާއިން އެކިއެކި މަޝްރޫޢުތައް ހިންގުމަށާއި، މިދާއިރާއިން މީހުން ބިނާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދަތިވެފައިވާތީ، މިކަންކަމަށް ބޭނުންވާ ފައިސާ ހޯދާނެ ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމަށާއި، މިދާއިރާތަކަށް ބޭރުގެ ފަރާތްތަކުން ލިބޭ އެހީ އިތުރުކުރުމަށް އުފެއްދި ފަންޑެކެވެ. މި ފަންޑަށް ފައިސާ ޖަމާކުރަނީ ގްރީން ޓެކުހުގެ ގޮތުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަތުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ނެގޭ ޑޮލަރުންނެވެ.

ރިސޯޓްތަކާއި ސަފާރީތައް އަދި ހޮޓާ ތަކަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ހަ ޑޮލަރެވެ. އަދި ގެސްޓްހައުސް ތަކުގައި ޗުއްޓީ ހޭދަޮށްލަން އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ތިން ޑޮލަރެވެ. 

ކޮވިޑުގެ ހާލަތާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައުމާ ގުޅިގެން ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެމުން ދިޔަ އާމްދަނީ ދެވަނަ ކުއާޓަރުގައި އެއްކޮށް ހުއްޓުނެވެ. 2020 ވަނަ އަހަރުގެ ޖުލައި 15 ގައި އަލުން ބޯޑަރުތައް ހުޅުވާލި ނަމަވެސް، މި ހާލަތުގެ ކުރިން އޮތް އަދަދާ އެއްވަރަށް ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު