Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މަގޭ ރިޕޯޓް: ކުރީ ސަރުކާރު، ކުރީ ސަރުކާރު، މި ވާހަކަ ދެއްކުން ހުއްޓާލަން ވެއްޖެނޫންތަ؟

މެމްބަރުން މަޖިލީހުގައި ތިބެނީ ރައްޔިތުން ތަމްސީލްކޮށްދޭން ރައްޔިތުންގެ މެމްބަރުންތަކެއް ގޮތުގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2021 | އަންގާރަ 16:10
ރައްޔިތުންގެ މަޖްލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖްލީހުގެ ޖަލްސާއެއްގެ ތެރެއިން

ކޮންމެ ވެރިޔަކު ވެސް ވެރިކަމަށް ގެނައުމަށްޓަކައި ރައްޔިތުން ދިގު ކިޔޫގައި މަޑުކޮށްގެން ވޯޓު ލަނީ ނުހަނު ފޮނި އުންމީދާއެކުގައެވެ. އެ ރައްޔިތުން ބޭނުންވާ ތަރައްޤީ ހޯދައިދޭނެ ކަމުގެ އުންމީދުގައެވެ. ރައްޔިތުން އެންމެ ބޭނުންވާ އަސާސީ ހައްޤުތައް ހޯދައިދޭނެ ކަމުގެ ފޮނި ހުވަފެންތަކާއެކުގައެވެ.

ރަށަށް ތަރައްޤީ ގެނެސް ރަށަށް ކުރިއެރުން ހޯދައިދީ، އިޤްތިސާދީ ގޮތުން ވެސް މި ރާއްޖެ އެހެން ހަރުފަތަކަށް ގެންގޮސްދޭނެކަމުގެ އުންމީދާއެކުގައެވެ. އަދި މި އުންމީދުތަކުގެ އަލީގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މެންބަރުންނަށް ވެސް ވޯޓުލާ އެމީހުން ވެސް ހޮވަނީ، ދާއިރާ ކުރިއަރުވައި، ޒަމާނުއްސުރެ އެމީހުން "ފެންބޮވައިގެންފައިވާ" ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމުގެ އުންމީދާއެކުގައެވެ.

ބައެއް މަޖިލިސް މެމްބަރުން ރައްޔިތުންގެ މި އުންމީދުތައް ހަޤީޤަތަކަށް ހެދުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު އަޅުގަނޑުމެންނަށް މި ފެންނަނީ އަނެއްބައި މަޖިލިސް މެމްބަރުން "ކުރީގެ ސަރުކާރުން" އަރައި ނުގަންނަ ތަނެވެ.

ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި އެތައް ކަމެއް ކޮށްދޭނެކަމުގެ ވައުދާއެކު އެތައް ހުވަފެންތަކެއް ރައްޔިތުންނަށް ދެއްކުމަށްފަހު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެވޭ ހިސާބުން ދާއިރާގެ ރައްޔިތެއްގެ މޫނު ފެންނަ ހިސާބަށް ނާދެވެއެވެ. އެ ހޮވުނު ގޮނޑީގައިވެސް އިށީދެ އިންނަތަނެއް ނުފެނެއެވެ. ޖަލްސާތަކަށް ސަލާމް ބުނުމާއި ބައެއް މެމްބަރުން އަބަދުހެން ޗުއްޓީގައި ތިބުން ވަނީ އާންމުވެފައެވެ.

ދާއިރާގެ ރަށަކަށް ތަރައްޤީ ގެންނަން ވިޔަސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ވިޔަސް ރަށަށް ބަނދަރެއް ހެދުމަށްވިޔަސް އަދި ރައްޔިތުންނާއި ގުޅުން ހުރި މިނޫން ކަންތައްތަކުގެ ބަހުސްތައް ކުރިއަށްދާއިރު ވެސް މި ފެންނަނީ އެކަމެއް ކުރާނެ ގޮތުގެ ބަހުސް ކުރުމަށްވުރެ މަޖިލީހުގެ ބައެއް މެމްބަރުން އެމީހަކު ތާއީދު ކުރާ ސަރުކާރެއް ނުވަތަ ޕާޓީއެއްގެ ދިފާއުގައި ވާހަކަ ދައްކާ ތަނެވެ. "އަހަރުމެންގެ ސަރުކާރުން މިހެނޭ ކަންތައް ކުރީ، މިވެނި ވަރަކަށް ތަރައްޤީ ގެނައޭ، އަހަރުމެންގެ ރައީސަކީ ރައްޔިތުންނަށްޓަކައި ޅިދުމަތްކޮށްދެއްވި ބޭފުޅެކޭ" ބުނެ ބައެއް މެމްބަރުން އަޑުގެ ނެތްތަނަށް ހަޅޭލަވައެވެ. "ބަހަނާއަކަށް"ވެސް ދައްކަނީ ކުރީ ސަރުކާރުން ކަންކޮށްފައިވާ ގޮތެވެ.

ރައްޔިތުންނަށް މިކަންތައްތައް ނޭނގޭ ކަހަލައެވެ. ދުވަހަކުވެސް އެ ރައްޔިތުންނަށް އެ ކޮށްދިން ކަންތައްތައް ނުފެންނަ ކަހަލައެވެ. ނަމަވެސް މިއަދު ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ ރައްޔިތުން މަޖިލީހުގެ މެމްބަރުން މަޖިލީހުގައި ތިބެނީ ޕާޓީ ރަމްޒުކޮށްދޭން ނޫންކަމެވެ. އެ މެމްބަރުން މަޖިލީހުގައި ތިބެނީ ރައްޔިތުން ތަމްސީލްކޮށްދޭން ރައްޔިތުންގެ މެމްބަރުންތަކެއް ގޮތުގައެވެ.

ކުރީ ސަރުކާރަކުން މި ސަރުކާރުން ވިޔަސް ކަމެއް ރަނގަޅަށް ނުހިނގާ ކަމުގައިވާނަމަ އެކަމެއް ބަލައި ދެން އެކަމުގައި ކުރެވޭނީ ކީއްތޯ ހުރިހާ މެމްބަރުން ވެސް ގުޅިގެން ބަލަން އެބަޖެހެއެވެ. މަޖިލީހުގައި ވާހަކަދައްކަން ވީ އެ މައުޟޫއަށެވެ. ކުރީ ސަރުކާރުގެ ވާހަކަތައް ދައްކާނަމަ ނުވަތަ ކުރީ ސަރުކާރުން ކޮށްދިން ކަންތައްތައް ރައްޔިތުންނަށް ސާބިތުކޮށްދޭން ޖެހިއްޖެނަމަ ދުވަހަކުވެސް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރާ ތަނެއް ނުފެންނާއެވެ. ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލެއް ނުވަތަ ތަރައްޤީއެއް ދުވަހަކު ވެސް ނުފެންނާނެއެވެ.

ޒަމާން މިހާ ކުރިއަރާ ގޮސްފައިވާއިރު މިއަދު ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ އަދިވެސް ރައްޔިތުން ބޭނުންވާ އެންމެ އަސާސީ ބައެއް ޚިދުމަތްތައް ބައެއް ރަށްރަށުގައި ފޯރުކޮށް ނުދެވޭ ކަމެވެ. ތެދެކެވެ. މާލެސިޓީގައި މި އަސާސީ ޚިދުމަތްތައް ލިބެން އެބަހުއްޓެވެ. އެހެންނަމަވެސް ގިނަ ރަށްތަކުގައި މިފަދަ ގިނަ ޚިދުމަތްތައް ލިބޭކަށް ނެތެވެ.

ރަނގަޅު ޚިދުމަތެއް ހޯދަން ބޭނުންވެއްޖެނަމަ މި ޖެހެނީ ކައިރީގައި އެންމެ ކުރިއަރާފައި އޮންނަ ރަށަށް ފުރައިގެންދާށެވެ. ނުވަތަ ފުރައިގެން މާލެސިޓީއަށް އަންނާށެވެ. އެތައް ރައީސުން މި ރާއްޖޭގައި ވެސް ވެރިކަންކޮށްފިއެވެ. އެތައް ޒަމާނެއް ވެރިކޮށް ކޮށް، ނުވަތަ މަދު ދުވަސްކޮޅަކު ވެސް ވެރިކަން ކޮށްފައި އެބަހުއްޓެވެ. އެހެންނަމަވެސް އަދިވެސް ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް އެދި އާދޭސް ކުރަން ޖެހެއެވެ. މިނޫން ދުވަހެއް އެ ރައްޔިތުން ދެކެން ބޭނުންވެއެވެ. އެހެންކަމުން "ރައްޔިތުންގެ މެމްބަރުން" ގެ ގޮތުގައި ގުޅިގެން ރައްޔިތުންނަށްޓަކައި މަސައްކަތް ކޮށްދޭށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

މިނިސްޓަރު ޝައިނީ ރައީސް މައުމޫންގެ ވާހަކަ ދެއްކީމަ ވަރަށް މަޖަލެވެ.

26 ފެބުރުއަރީ 2017
މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟

މުސްލިމް ފްރީ ހޮސްޕިޓަލުގެ ވާހަކަ އެނގޭތަ؟

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު