Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގްރީލިޝްގެ ޚަބަރު ލީކުވި މައްސަލަ

ގްރީލިޝްއަށް އަނިޔާވި ޚަބަރު ލީކުވި ގޮތެއް ތަޙުޤީޤުކުރަނީ

ވިލާ ކުޅުންތެރިން ފެންޓަސީ ޕްރިމިއާ ލީގު ކުޅުން ވަނީ މަނާކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 ފެބުރުއަރީ 2021 | އަންގާރަ 13:11
އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝް

އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝް

އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝްއަށް އަނިޔާވި ޚަބަރު މެޗުގެ ކުރިން ލީކުވުމާ ގުޅިގެން، އެ މައްސަލަ އެ ކުލަބުން ތަޙުޤީޤުކުރަން ފަށައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ލެސްޓާ ސިޓީ އަތުން 2-1 ގެ ނަތީޖާއަކުން ވިލާ ބަލިވި މެޗުގެ ކުރިން އެ ޓީމުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގައި ގްރީލިޝްއަށް ވަނީ އަނިޔާވެފައެވެ. އެކަމަކު ލެސްޓާ މެޗަށް ވިލާގެ ކޯޗު ޑީން ސްމިތު އެކުލަވާލީ ޓީމުގައި ގްރީލިޝް ހިމެނިއިރު، އެ މެޗުގައި ގްރީލިޝްއަށް ނުކުޅެވޭނެކަން މީޑިއާގައި އެ ކުލަބުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް މެޗުގެ 24 ގަޑިއިރު ކުރިން ގްރީލިޝްއަށް އަނިޔާވި ޚަބަރު ލީކުވުމާ ގުޅިގެން، އެ ކުލަބުން މިހާރު އަންނަނީ އެ މައްސަލަ ތަޙުޤީޤުކުރަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން ގްރީލިޝްގެ އަނިޔާގެ ޚަބަރު ލީކުވީ އެ ޓީމުގެ ތިން ކުޅުންތެރިއަކާއި ދެ އޮފިޝަލުންގެ އަމިއްލަ ފެންޓަސީ ޕްރިމިއާ ލީގު ޓީމުން ގްރީލިޝް ބޭރުކުރި ހިސާބުންނެވެ. އެއާއެކު ވިލާގެ ކުޅުންތެރިންނާއި އޮފިޝަލުން ފެންޓަސީ ޕްރިމިއާ ލީގު ކުޅުން މިހާރު ވަނީ މަނާކޮށްފައެވެ.

ގްރީލިޝްއަށް އަނިޔާވި ޚަބަރު ލީކުވި ގޮތެއް ތަޙުޤީޤުކުރަމުން އަންނައިރު، އެކަމުގައި ޝާމިލުވާ ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށާއި، އެކަމުގައި ކުލަބުގެ މެނޭޖްމަންޓުގެ ފުރިހަމަ އ އެބައޮތް ކަމަށް ސްމިތު ބުންޏެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2018

ސާފް ޗެމްޕިއަންޝިޕްގައި ކުޅުމާ މެދު ދަގަނޑޭ ގޮތެއް ނުނިންމާ

06 މާރިޗު 2018
ސާފް ޗެމްޕިއަންޝިޕްގައި ކުޅުމާ މެދު ދަގަނޑޭ ގޮތެއް ނުނިންމާ
04 ޖެނުއަރީ 2018

ރެއާލްގެ ކުރިމަގާއި މެދު ޒިދާން އަންގަނީ ވާނެގޮތެއް ނޭނގޭ ކަމަށް

04 ޖެނުއަރީ 2018
ރެއާލްގެ ކުރިމަގާއި މެދު ޒިދާން އަންގަނީ ވާނެގޮތެއް ނޭނގޭ ކަމަށް
08 ޑިސެމްބަރު 2017

ކަލާ ރަން ކުލަގަދަ ގޮތެއްގައި ކުރިޔަށް ގެންގޮސްފި

08 ޑިސެމްބަރު 2017
ކަލާ ރަން ކުލަގަދަ ގޮތެއްގައި ކުރިޔަށް ގެންގޮސްފި
08 ޖުލައި 2017

ސާއިދު އަށް އަނިޔާވެ 200 މީޓަރު ދުވުމުގައި ބައިވެރިވެވޭގޮތެއް ނުވި!

08 ޖުލައި 2017
ސާއިދު އަށް އަނިޔާވެ 200 މީޓަރު ދުވުމުގައި ބައިވެރިވެވޭގޮތެއް ނުވި!
30 ޖޫން 2017

ކޮންފެޑެރޭޝަންސް ކަޕަށްފަހު ކުރިމަގާމެދު ގޮތެއް ނިންމާނަން: ސަންޗޭޒް

30 ޖޫން 2017
ކޮންފެޑެރޭޝަންސް ކަޕަށްފަހު ކުރިމަގާމެދު ގޮތެއް ނިންމާނަން: ސަންޗޭޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު