Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫއެފާ ޗެމްޕިއަންސް ލީގު

ޕީއެސްޖީން އެސްޓަން ވިލާ ބަލިކޮށް, ސެމީގެ އުންމީދު ބޮޑުކޮށްފި

ރޭގެ މެޗުން ޕީއެސްޖީ މޮޅުވުމުން އަންނަ ހަފްތާގައި އެސްޓަން ވިލާގެ ދަނޑުގައި މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުމަށް ނިކުންނައިރު އެސްޓަން ވިލާއަށް ކުރަން ޖެހިފައިވާ މަސައްކަތް ވަނީ ބޮޑުވެފަ، އަދި ޕީއެސްޖީއަށް ސެމީއަށް ދިއުމަށް އޮތް މަގު ވަނީ ފަސޭހަވެފައެވެ.

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 10 އެޕްރީލު 2025 | ބުރާސްފަތި 10:19
އެސްޓަންވިލާ އަދި ޕީއެސްޖީ ބުދަ ދުވަހުގެ ރޭ ބައްދަލުކުރި މެޗުގެ ތެރެއިން

އެސްޓަންވިލާ އަދި ޕީއެސްޖީ ބުދަ ދުވަހުގެ ރޭ ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި އެސްޓަން ވިލާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ.

މޮޅަސް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ފްރާންސްގެ ލީގު ޗެމްޕިއަން ޕީއެސްޖީ އަށް ސިހުން ލިބިގެންދިޔައީ މެޗުގެ 35 ވަނަ މިނިޓުގައި އެސްޓަން ވިލާއިން ލަނޑު ޖަހައި ލީޑު ހޮދުމުންނެވެ. އެދސްޓަން ވިލާއަށް ލީޑު ހޯދައިދިން މި ލަނޑު ޖަހައިދިނީ ޔޫރީ ޓިއެލެމަންސް އަރިމަތިން ނަގައިދިން ހުރަހަކުން މޯގަން ރޮޖާރސް އެވެ.

އެސްޓަން ވިލާއިން މެޗުގެ ލީޑު ހޯދި ނަމަވެސް އެ ލިޑުގައި އެޓީމަށް ދެމި އޮވެވުނީ އެންމެ ހަތަރު ވަރަކަށް މިނެޓަށެވެ. ޕީއެސްޖީގެ ޑިސަޔާ ޑޯއޭ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ލަނޑަކީ އޭރިޔާ ބޭރުން ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްފައިވާ ވަރަށް ރީތި ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ޕީއެސްޖީއަށް ކުޅެމުންދާ ޖިއޯޖިއާގެ މިޑްފީލްޑަރ ކަވީޗާ ކްވަރަޓްސްކޭލިއާ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ޕީއެސްޖީއަށް ކުރި ހޯދަދީފަ އެވެ.

މި މެޗުގައި ޕީއެސްޖީ އިން އުފެއްދި ގިނަ ހަމަލަތަކެއް އެސްޓަން ވިލާގެ ގޯލުކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ. ޕީއެސްޖީ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނޫނޯ މެންޑޭޒް އެވެ.

މި ނަތީޖާ އާއިއެކު އަންނަ ހަފްތާގައި އެސްޓަން ވިލާގެ ދަނޑުގައި މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުމަށް ނިކުންނައިރު އެސްޓަން ވިލާއަށް ކުރަން ޖެހިފައިވާ މަސައްކަތް ވަނީ ބޮޑުވެފަ އެވެ. އަދި މި ،މެޗުން މޮޅުވުމުން ޕީއެސްޖީއަށް ސެމީއަށް ދިއުމަށް އޮތް މަގު ވަނީ ފަސޭހަވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މެއި
"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"
20251 އަހަރު ކުރިން
ރާއްޖެ

"މަގުމައްޗަށް ބުޅާ ސީލުމުގެ މައްސަލަ ހައްލު ނުވާނަމަ، ދެން އެ ސީތައް ގެންދާނީ ރައީސް އޮފީސް ކައިރިއަށް"

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން
20233 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު އުފައްދަވާ އައު ސިޔާސީ ޕާޓީގެ ތަރުޖަމާނަކީ އަފްޝަން

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން ކާމިޔާބު ކުރާނީ ކާކު؟

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް
20215 އަހަރު ކުރިން
ރިޕޯޓު

ތައްޔާރުވީ ދަރިފުޅު ނިންދަވަން, ނިދީ މުޅި އުމުރަށް

މުރަނގަބަތުގެ ބޮޑު ސިއްރު
20197 އަހަރު ކުރިން
ރިޕޯޓު

މުރަނގަބަތުގެ ބޮޑު ސިއްރު

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި
20188 އަހަރު ކުރިން
ރާއްޖެ

ލަންޑަންގައި ބޭއްވި މިއުޒިކް އިމްތިހާނުގައި ދިވެހިން އެއްވަނަ ހޯދައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު