Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޗީފް އޮފް ޑިފެންސް ފޯސްގެ ޔޫއޭއީ ދަތުރުފުޅު

ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސްއާ، ޗީފް އޮފް ޑިފެންސް ފޯސް ބައްދަލުކުރައްވައިފި

ދެ ޤައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2021 | އަންގާރަ 08:25
ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސްއާ، ޗީފް އޮފް ޑިފެންސް ފޯސް ބައްދަލުކުރައްވަނީ

ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސްއާ، ޗީފް އޮފް ޑިފެންސް ފޯސް ބައްދަލުކުރައްވަނީ

ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސް ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީއާ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު މިއަދު ބައްދަލުކުރައްވައިފިއެވެ.

ދެ ބޭފުޅުން ބައްދަލުކުރައްވާފައި މި ވަނީ، ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސް ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީގެ ޚާއްޞަ ދައުވަތަކަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު، ޔޫއޭއީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް އެމްއެންޑީއެފް މެރިންކޯ އަދި ސްޕެޝަލް ފޯސަސްގެ ތަމްރީނާއި، އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ޔޫއޭއީން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. މި ކުރެވުނު މަޝްވަރާތަކުގައި، އެމްއެންޑީއެފްގެ މެރިންކޯއާއި ސްޕެޝަލް ފޯސަސްގެ ޤާބިލްކަން އިތުރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި، އެމްއެންޑީއެފްގެ ކޯސްޓްގާޑު ފްލީޓަށް އުޅަނދެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީ ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއަށް ދެއްވާފައެވެ. އަދި ދެ ޤައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

Advertisement - newsAdvertisement

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅަކީ، ޔޫއޭއީގައި ކުރިއަށްދާ "އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން" (އައިޑެކްސް) އާއި "ނޭވަލް ޑިފެންސް އެގްޒިބިޝަން" (ނޭވްޑެކްސް) ގައި ބައިވެރިވެވަޑައިގެންނެވުމަށް ފެބްރުއަރީ 20 އިން 25 އަށް އެ ޤައުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު

09 ފެބުރުއަރީ 2017
އެމްޑީޕީ އޮންނާނީ ރައީސް ނަޝީދާއެކުގައި، ރިޔާސީ ކެންޑިޑޭޓަކީވެސް ނަޝީދު: ނިޒާރު
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު

29 ޖެނުއަރީ 2017
އެމްޕީއެލުން އަމަލު ކުރާނީ އޮންނަ އުސޫލުގެ ތެެރެއިން: ޖުނައިދު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު