Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިސޯޓުތަކުގައި ކޮވިޑް-19 ފެތުރުން

ލަކްސް ސައުތް އަރިއެޓޯލް ރިސޯޓް އެންޑް ވިލާސްގެ އިތުރު 9 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މިމަހުގެ 19ގައި 9 މީހުން ވަނީ ޕޮޒިޓިވްވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 ފެބުރުއަރީ 2021 | އަންގާރަ 02:53
އެ ރިސޯޓުގެ ސްޓާފުން ހިމެނޭ ގޮތަށް އިތުރު 9 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވޭ

އެ ރިސޯޓުގެ ސްޓާފުން ހިމެނޭ ގޮތަށް އިތުރު 9 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވޭ

ލަކްސް ސައުތް އަރިއެޓޯލް ރިސޯޓް އެންޑް ވިލާސްގެ އިތުރު 9 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ އެ ރިސޯޓުގެ ސްޓާފުން ހިމެނޭ ގޮތަށް އިތުރު 9 މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާކަމަށެވެ.

Advertisement - newsAdvertisement

އެ ރިސޯޓުގައި ކޮވިޑް-19ގެ އައުޓްބްރޭކެއް އައިސްފައިވާ ކަމަށް އެޗްއީއޯސީން ބުނެފައިވާއިރު އާދިއްތަ ދުވަހުގެރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ލަކްސް ސައުތް އަރިއެޓޯލް ރިސޯޓް އެންޑް ވިލާސްގައި އައުޓްބްރޭކެއް ކުރިއަށްދާއިރު، މިމަހުގެ 19ގައި 9 މީހުން ، މިމަހުގެ 20ގައި 4 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުންނާއި އަލާމާތްތައް ފެނިގެން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އާދިއްތަ ދުވަހު 24 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު، ރިސޯޓުތަކުން ފެންނަ ކޭސްތައް ދަނީ އިތުރުވަމުންނެއެވެ. އަދި ރިސޯޓުތަކުން ގިނަ ކޭސްތައް ފެންނަމުންދާތީ އެޗްއީއޯސީން ކަންބޮޑުވުންފާޅު ކޮށްފައިވާއިރު، ރިސޯޓުތަކުން ބަލި ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

އެޗްއީއޯސީން ބުނެފައިވަނީ ބަލީގެ އަލާމަތްތައް ހުންނަ މީހުން ތިބި ނަމަވެސް ބައެއް ރިސޯޓުތަކުގައި ޓެސްޓުނުކުރާ ކަމަށެވެ. މާލެއިން ބައެއް ރިސޯޓުތަކަށް މަސައްކަތް ކުރުމަށްދާ މުވައްޒަފުން ކަރަންޓީން ވާން ޖެހޭއިރު، ކަރަންޓީންގެ މުއްދަތު ހަމަނުކޮށް ވަޒީފާއަށް ނުކުންނަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ރިސޯޓުތަކުގައި މުވައްޒަފުން އުޅޭ ސަރަހައްދުގައި މާސްކް އެޅުމާއި، ސޯޝަލް ޑިސްޓެންސްއަށް ނުބަލައި ވަރަށް ބޮޑަށް ފަރުވާކުޑަކުރަމުންދާ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގެ ބޯޑަރު، ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވައިލީ 15 ޖުލައި 2020 ގައެވެ.

އިތުރަށް ކިޔާލަން

18 ޖޫން 2017

ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

18 ޖޫން 2017
ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
08 ޖޫން 2017

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

08 ޖޫން 2017
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!
14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
18 އެޕްރީލު 2017

ކަނޑޫމާ ރިސޯޓް މޫދަށް ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

18 އެޕްރީލު 2017
ކަނޑޫމާ ރިސޯޓް މޫދަށް ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ
26 މާރިޗު 2017

ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!

26 މާރިޗު 2017
 ޕީޕީއެމް ޕީޖީ ގްރޫޕުގެ ރިސޯޓް "ކޭމްޕް" ކެންސަލްކޮށް، ބައްދަލުވުން މާލޭގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު