Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގއ.އަތޮޅު ތަރައްގީ ކުރުން

ގއ.އަތޮޅު: އެއްވެސް ރަށެއްގެ އާބާދީއަށް ނުބަލާ ތަރައްގީއަށް އެންމެ ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރާނެކަމުގެ ޔަގީންކަން ދެއްވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2021 | އާދީއްތަ 18:04
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރަށްވެހި ފަތިސް ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރަށްވެހި ފަތިސް ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި

ގއ.އަތޮޅު ތަރައްގީ ކުރުމުގައި އެއްވެސް ރަށެއްގެ އާބާދީއަށް ނުބަލާ އެރަށެއްގެ ތަރައްގީއަށް އެންމެ ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.

ގއ. އަތޮޅުގެ ކެންޑިޑޭޓުންނާއެކު ކެންޕެއިން ބައްދަލުވުން އާދިއްތަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. ސިލްސިލާކޮށް ބާއްވާ ރަށްވެހި ފަތިސް ކެންޕެއިންގައި ކޮލަމާފުށި، ވިލިނގިލި، ދާންދޫ، ދެއްވަދޫ، މާމެންދޫ، ގެމަނަފުށި، ކަނޑުހުޅުދޫ، ކޮނޑޭ އަދި ނިލަންދޫއަށް މިހާރު އެންމެ ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި، މިހާރު ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑެތި ދަތިތަކާއި ކަންބޮޑުވުންތައް އެރަށްތަކުގެ ކެންޑިޑޭޓުން ހިއްސާކޮށްފައިވެއެވެ.

އެގޮތުން ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ބިން ހިއްކުމުގެ މަޝްރޫއުތަކާއި، ތައުލީމީ ގޮތުން ދިމާވާ ދަތިތަކާއި، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުމާއި، މަގުހެދުމާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އިތުރުން ޒުވާނުންނަށް ޚާއްސަކޮށްގެން ރަށްރަށުގައި ގާއިމް ކުރާ ކުޅިވަރު ކުޅޭ ދަނޑުތަކާއި ޒުވާނުންގެ މަރުކަޒު ގާއިމްކުރުމަށް ހުށަހަޅާފައިވެއެވެ. ބައެއް ރަށްރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަތައް ހުށަހަޅާފައިވާއިރު، މިހާރު ގާއިމްކޮށްފައިވާ ބަނދަރުތައް އިތުރަށް ތަރައްގީ ކުރުމަށް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ފެރީގެ ނިޒާމު މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ކުރުމާއި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވީހާވެސް އަވަހަށް ކުރިއަށް ގެންދިއުމަށް އެދިފައިވެއެވެ. އަދި ބައެއް މަޝްރޫއުތައް ކުރިއަށްދާލެއް ލަސްވުމާއެކު އެކަމުގެ ކަންބޮޑުވުން ވެސް ބައެއް ކެންޑިޑޭޓުން ފާޅުކޮށްފައިވެއެވެ.

މިހުރިހާ ރަށަކުން ވެސް ހުށަހެޅި ހުށަހެޅުންތަކަށް ރައީސް ސޯލިހު ވަނީ ވަރަށް އުންމީދީ މެސެޖްތަކެއް ދެއްވާފައެވެ. އެގޮތުން މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތުތައް ދީފައިވާއިރު، ހުރިހާ ރަށަކަށް ވެސް ތަރައްގީ ގެނެސްދޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ. ރައީސް ސޯލިހު ވިދާޅުވީ އާބާދީ ކުޑަ ރަށެއް ނަމަވެސް އެއްވެސް ރަށަކީ ބާކީ ކުރެވޭނެ ރަށެއް ނޫން ކަމަށާއި، ރަށެއްގެ އާބާދީއަށް ނުބަލާ އެރަށެއްގެ ތަރައްގީއަށް އެންމެ ބޭނުންވާ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އަތޮޅުތެރޭގެ ސިއްހީ ނިޒާމަށް އަބަދުވަސް އަހައްމިއްޔަތުކަން ދޭ ކަމަށާއި، އެމްބިއުލެންސްގެ ދަތިކަން ފޯރާފައިވާ ރަށްތަކަށް އެމްބިއުލެންސް ލިބޭނެ ކަމަށެވެ. އެގޮތުން ނިލަންދޫއަށް ބޭނުންވާ އެމްބިއުލާންސް މިމަސް ނިމެންވާއިރަށް ގެންދެވޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.

ރައީސް ސޯލިހު ވިދާޅުވީ ރަށްތަކަށް ބޭނުންވާ އަސީސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރުން ފަސް ނުޖެހޭނެ ކަމަށާއި، މިހާރު ވެސް ގިނަ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. އަދި ގެމަނަފުށީގެ ފެނުގެ މައްސަލައަށް ހައްލެއް ހޯދުމަށް، މިމަހުގެ 28 ވަނަ ދުވަހު ކޮންޓްރެކްޓަރާއިއެކު ސޮއިކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ 2020ގައި ކުރިއަށް ގެންދަން ނިންމާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތައް ކުރިއަށް ނުގެންދެވުނު ނަމަވެސް މިއަހަރު އެމަޝްރޫއުތަކަށް އިސްކަންދޭނެ ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރުގައި އިސްކަންދޭ ރަށްރަށުގެ ތެރޭގައި ދާންދޫ ހިމަނާފައިވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު