Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ބަޔާން ބަލިވިއިރު، ޑޯޓްމުންޑަށް ފަސޭހަ މޮޅެއް

ޑޯޓްމުންޑް މޮޅުވީ ޝާލްކާ އަތުން 4-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 ފެބުރުއަރީ 2021 | އާދީއްތަ 07:52
ފްރެންކްފަޓާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފްރެންކްފަޓް މޮޅުވީ 2-1 ން

ފްރެންކްފަޓާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ފްރެންކްފަޓް މޮޅުވީ 2-1 ން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިވިއިރު، ބޮރޫޝިއާ ޑޯޓްމުންޑުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ބަޔާން ބަލިވީ ރަށުން ބޭރުގައި އެއިންޓްރެކްޓް ފްރެންކްފަޓް އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބަޔާނުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ފްރެންކްފަޓުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ފްރެންކްފަޓަށް ލީޑު ނަގައިދިނީ ޑައިޗީ ކަމަޑާއެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި އަމީން ޔޫނުސް ވަނީ ފްރެންކްފަޓަށް ލީޑު ފުޅާކޮށްދީފައެވެ.

އެކަމަކު މި މެޗުގެ ދެވަނަ ހާފުގައި ބަޔާނުން ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ.

މި ނަތީޖާއާއެކު ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި ކުޅުނު 22 މެޗުން ލިބުނު 49 ޕޮއިންޓާއެކުއެވެ. އަދި ބަޔާން ބަލިކުރި ފްރެންކްފަޓް އޮތީ ތާވަލުގެ ހަތަރުވަނައިގައި 22 މެޗުން 42 ޕޮއިންޓާއެކުއެވެ.

މީގެ އިތުރުން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ ޝާލްކާ އަތުން 4-0 ގެ ނަތީޖާއަކުންނެވެ.

ޝާލްކާގެ ދަނޑުގައި ކުޅުނު މެޗުގައި ޑޯޓްމުންޑުން ލީޑު ނަގާފައިވަނީ މެޗުގެ 42 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޒުވާން ތަރި އާލިން ބްރައުޓް ހާލަންޑް ވަނީ ލަނޑެއް ޖަހައި، ޑޯޓްމުންޑަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ޑޯޓްމުންޑުން މޮޅު ކުޅުމެއް ދެއްކިއިރު، 60 ވަނަ މިނެޓުގައި ރަފައެލް ގުއެރޭރޯ ވަނީ ޑޯޓްމުންޑުގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ޑޯޓްމުންޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހާލަންޑެވެ.

މި ނަތީޖާއާއެކު ޑޯޓްމުންޑް އޮތީ ތާވަލުގެ ހަވަނައިގައި 22 މެޗުން 36 ޕޮއިންޓާއެކުއެވެ. އަދި ޑޯޓްމުންޑް އަތުން ބަލިވި ޝާލްކާ އޮތީ ތާވަލުގެ ފުލުގައި 22 މެޗުން އެންމެ ނުވަ ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން

25 ފެބުރުއަރީ 2017
މިއީ ފަސޭހަ ކޮށްލާނެ މެޗެއް ނޫން: ސުޒޭން
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު