Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއުމްރާ ދަތުރު

އުމްރާގެ އަޅުކަމަށް ގެންދިޔުމަށް ހިންގި ވިޔަފާރީގެ މުއާމަލާތުން ބިކަވީ ދަތުރުވެރިން!

26 ނޮވެމްބަރު 2018 | ހޯމަ 16:55

އަސްކޮއެ ޖަމާއަތުން ޓިކެޓް ހަމަޖެއްސުމުގެ ކަންކަން ހަވާލުކުރީ ސަމްހާ އިންޓަނޭޝަނަލްއާ

އަމްނާ އިމާދު
އަމްނާ އިމާދު | 26 ނޮވެމްބަރު 2018 | ހޯމަ 16:55
އުމްރާ ދަތުރުވެރިން ފުލުހުންގެ މައި އިދާރާގައި

އުމްރާ ދަތުރުވެރިން ފުލުހުންގެ މައި އިދާރާގައި

މިމަހުގެ 25 ވީ އާދިއްތަ ދުވަހު އެންމެން ސިއްސުވާލި ޚަބަރަކީ ނޮވެމްބަރު އަދި ޑިސެމްބަރ މަހުގައި އުމްރާއަށް ދާން ފައިސާ ދެއްކި މީހުންގެ ތެރެއިން 167 މީހަކަށް ވަގު ޓިކެޓުތަކެއް ދީގެން ނުފުރުނު ވާހަކައިންނެވެ. އެ މީހުންނަށް ދީފައި ވަނީ ވަގު ޓިކެޓްތަކެއް ކަން ވެސް އެނގުނީ ފުރަން އެއާޕޯޓަށް ދިއުމުންނެވެ. އާދީއްތަ ދުވަހުގެ މެންދުރުން ފެށިގެން އެއާޕޯޓު ތެރޭގައި އެ މީހުން ވާނުވާއެއް ނޭނގި މަޑުކުރަން ޖެހުނެވެ. އުމްރާއަށް ދިއުމަށް ފައިސާ ދެއްކި އަސްކޮއި ޖަމާއަތުގެ ޚަބަރެއް ނުވެގެން އެ ދަތުރުވެރިންތައް ހާސްވެ ކަންބޮޑުވިއެވެ. މިއީ މިއަދު ވެސް އެ ޖަމާއަތުން އުމްރާއަށް ދިއުމަށް ފައިސާ ދެއްކި އެތައް ދަތުރުވެރިއެއްގެ ޝައުވާއެވެ.

ދީނުގެ މާތް އަޅުކަން އަދާ ކުރުމަށް އަސްކޮއެ ޖަމާއަތަށް ފައިސާ ދެއްކީ ވަރަށް އިތުބާރާއެކުއެވެ. ނަމަވެސް އެ ޖަމާއަތަށް މީހުންގެ އިތުބާރު މި ވަނީ ގެއްލިފައެވެ. މިފަދަ މުހިންމު އަޅުކަމެއްގައި އަސްކޮއެ ޖަމާއަތުގެ އިހުމާލު ބޮޑު ކަމަށް ގިނަ ދަތުރުވެރިން ތުހުމަތު ކުރެއެވެ.

ނަމަވެސް މި ހާދިސާ ހިނގާ ދިޔަ ގޮތް އަސްކޮއެ ޖަމާއަތުން ރާއްޖެޓީވީއަށް ކިޔައި ދެމުން އެ ޖަމިއްޔާގެ ފާތުމަތު ފަޒީލާ ވިދާޅުވީ އެ ޖަމިއްޔާގެ އިހުމާލުވާކަން ގަބޫލުކުރާ ކަމަށާއި، އެ ހާދިސާ ހިނގުމުން ވަރަށް ދެރަވާ ކަމަށެވެ. އަދި މީގެ ހަތް އަހަރު ކުރިން ފެށިގެން މީހުން އުމްރާއަށް ގެންގޮސް ދެމުންދާ ކަމަށާއި، އަބަދުވެސް ފައިސާ ދެއްކުމުން ޓިކެޓް ހޯދަނީ އެކަން ކުރާ ބަޔަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްކޮއެ ޖަމާއަތުން މައުލޫމާތުން ދިން ފަޒީލާ

އެގޮތުން އެ މަސައްކަތް ކުރިއަށް ގެންދިޔައީ ސަމްހާ އިންޓަނޭޝަނަލް ކުންފުންޏާއެކު ކަމަށާއި، އެ ފަރާތުން ޓިކެޓް ދޭނެ ކަމުގެ ޔަގީންކަން ދިން ކަމަށެވެ. ދުވަހަކު ވެސް ދިމާވި މައްސަލައަކަށް ނުވާތީ މިފަދަ ގޮތެއް މެދުވެރިވާނެ ކަމަކަށް ކުޑަ ވެސް އުންމީދެއް ނުކުރާކަން ފާހަގަ ކުރައްވައި ފަޒީލާ ވިދާޅުވީ އެ މައްސަލަ ފެންމަތިވުމާ ގުޅިގެން ވަގުތުން އެކަން ހިނގާދިޔަ ގޮތް ބެލުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި ދަތުރުވެރިންގެ ސުވާލުތަކަށް ވެސް ޖަވާބު ދެމުން ދިޔަ ކަމަށެވެ.

"އިހުމާލު އެބައޮތް. އެކަމަކު ގަސްތުގަ މިފަދަ ކަމެއް ނުކުރާނެ ނޫންތޯ. އަޅުގަނޑުމެންނަށް ދެވެންހުރި ހުރިހާ އެއްބާރުލުމެއް ދަތުރުވެރިންނަށް ދެމުން މިދަނީ. މިހާރު ނުފުރުނު ބޭފުޅުންގެ ޓިކެޓް ހަމަޖެހިފަ އޮތީ. ބާކީ އޮތީ ޑިސެންބަރު މަހު ފުރަން ހަމަޖެހިފަ އޮތް 120 މީހުން ޓިކެޓް. އެމައްސަލަ ހައްލު ކުރަން މަސައްކަތް މިކުރަނީ. އިރާދަކުއްވިއްޔާ ފުލުހުންގެ އެހީތެރިކަމާއެކު މިކަން ވާނެ،" ފަޒީލާ ވިދާޅުވިއެވެ.

ސަމްހާ އިންޓަނޭޝަނަލް ކުންފުނީގެ އިސްވެރިޔާ އަބްދުﷲ ރަޝީދު ވިދާޅުވީ އުމްރާއަށް ފުރާ ދަތުރުވެރިންގެ ޓިކެޓް އަގުހެޔޮކޮށް ހޯދުމަށް އަސްކޮއެ ޖަމާއަތުން އެ ކުންފުންޏަށް ހުށަހެޅި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހުށަހެޅުން ގަބޫލުކޮށް، އަގު ހެޔޮކޮށް ޓިކެޓް ވިއްކާ އިތުރު ކުންފުންޏެއް ސަމްހާ ކުންފުނިން ހޯދި ކަމަށެވެ.

"އަޅުގަނޑުމެން ހޯދި މައުލޫމާތުތަކުން އެނގުނީ ޑީބީ ކުންފުނިން ވަރަށް އަގުހެޔޮޮކޮށް ޓިކެޓް ހޯދާ ކަމަށް. އެހެންވެ އަޅުގަނޑު ގޮސް މިކަމާ މަޝްވަރާ ކުރީ. ދެ ކުންފުންޏަކީ ވިޔަފާރީގެ އުސޫލުން ކަންކަން ހިނގާ ދެކުންފުންޏަށް ވާތީ މަޝްވަރާ ކުރުމަށްފަހު 700 ޑޮލަރުގެ ރޭޓުން ޓިކެޓަށް އަގު ކީ. ޓިކެޓް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދިން" ރަޝީދު ވިދާޅުވިއެވެ.

ސަމްހާ އިންޓަނޭޝަނަލް ކުންފުނީގެ އިސްވެރިޔާ އަބްދުﷲ ރަޝީދު

ރަޝީދު ވިދާޅުވީ އަސްކޮއެ ޖަމާއަތުން ފައިސާ ދެއްކުމުން ދުވަހުން ދުވަހަށް ސަމްހާ ކުންފުނީގެ އެކައުންޓުން ޑީބީގެ އެކައުންޓަށް ފައިސާ ފޮނުވި ކަމަށެވެ. އެގޮތުން 2.15 މިލިއަން ރުފިޔާ ޑީބީ ކުންފުނީގެ އެކައުންޓަށް މީގެ ހަތަރު މަސް ކުރިން ޖަމާކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އަޅުގަނޑު ބެލިބެލުމުގައި ޑީބީ ޓްރެވަލްސް ކިޔާ ބައެއްގެ ފަރާތުން ޓިކެޓް އަގުހެޔޮކޮށް ލިބޭކަމަށް މައުލޫމާތު ލިބުނީ. އަޅުގަނޑު ސީދާ ގުޅީ. މިކަން ހަމަޖައްސޭނެ ގޮތް ބަލަން ވެގެން. އަޅުގަނޑުގެ ކުންފުންޏަކީ ވިޔަފާރި ކުރާ ކުންފުންޏަކަށްވާތީ ވިޔަފާރީގައި އެންމެ ރަނގަޅު މަންފާ ލިބޭ ގޮތަށް ދެއްތޯ އެމަސައްކަތް ކުރާނީ. އަބަދު ވެސް ވިޔަފާރި ހޯދަން މަސައްކަތް ކުރާނެ،" ރަޝީދު ވިދާޅުވިއެވެ.

މީގެ އިތުރަށް ރަޝީދު ވިދާޅުވީ މި މައްސަލާގައި ހައްޔަރު ކުރި ހަސަން ނިޝާންއަކީ ޑީބީ ކުންފުނީގެ މެނޭޖަރު ކަމަށާއި، އޭނާ އަކީ ސަމްހާ އިންޓަނޭޝަނަލް ކުންފުނީގެ ވެރިޔާ ނޫން ކަމަށެވެ.

ރަޝީދު ވަނީ ޑީބީގެ ކުންފުންޏާ މެދު ހިންގި ހުރިހާ ވިޔަފާރީގެ މުއާމަލާތުގެ ޑޮކިއުމަންޓްތައް ރާއްޖެޓީވީއާ ހިއްސާކޮށްފައެވެ.

އެ މައްސަލާގައި ނިޝާން ހޯމަ ދުވަހުގެ ހެނދުނު ސްރީލަންކާ އަށް ފުރަން މަސައްކަތް ކުރަނިކޮށް އައްޑޫއިން ހައްޔަރުކޮށްފައިވާއިރު، ޑީބީ ކުންފުނީގެ އިސްވެރިޔާ މުތީއު ވިދާޅުވީ މި މައްސަލާގެ ޒިންމާ ކުންފުނިން ނުނަގާނެ ކަމަށާއި، މިކަމުގެ ޒިންމާ ނަގަންޖެހޭނީ ނިޝާން ކަމަށެވެ.

މިއީ އަސްކޮއި ޖަމާއަތުގެ ފަރާތުން ނޮވެމްބަރު އަދި ޑިސެމްބަރ މަހުގައި އުމްރާއަށް ދާން ފައިސާ ދެއްކި މީހުންގެ ތެރެއިން 167 މީހުންނަށް ވަގު ޓިކެޓް ލިބި ދިމާވި ހިތާމެރި ހަދިސާއެވެ. މިފަދަ ބޮޑު ކަމެއް ދިމާވާނީ އަސްކޮއެ ޖަމާއަތާއި، މި ދެކުންފުނީގެ އިހުމާލުންކަން މިހާތަނަށް ފެންމަތިވި ވާހަކަތަކުން އެނގެއެވެ. ދިވެހި ރައްޔިތުންތަކެއް މަތިވެރި އުމްރާގެ އަޅުކަން އަދާ ކުރުމަށް ދިއުމަށް ކުރި މަސައްކަތް ބައެއްގެ މެދުގައި ހިންގި ވިޔަފާރީގެ މުއާމަލާތުން މިއަދު އެމީހުންގެ ހިތްތައް މި ވަނީ ނުތަނަވަސްވެފައެވެ. ރަށުގައި ދިރިއުޅޭ އެތައް ބަޔަކު މާލެއަށް އައީ އުމްރާއަށް ދިއުމުގެ ފޮނި އުންމީދާއެކުއެވެ. ނަމަވެސް އެއާޕޯޓުން ދިއުމުން ފުރޭގޮތް ނުވެ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އެމީހުންނަށް މިޖެހުނީ ކޮޓަރި ކުއްޔަށް ނަގައިގެން މަޑު ކުރާށެވެ.

އުމްރާ އާއި ހައްޖަށް ދިއުމަށް ދައްކާ ފައިސާއަށް އިހުމާލުވާ މައްސަލަ މި ދަނީ ބޮޑުވަމުންނެވެ. ދީނުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެތައް ރައްޔިތުން ރައްކާކުރި ފައިސާއަށް ހިޔާނާތްވުން ހުއްޓުވަންޖެހެއެވެ. މިކަމަކީ ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ބޮޑު މައްސަލައަކެވެ.

އިތުރަށް ކިޔާލަން

08 ޖުލައި 2020

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ޓީމުން ހިންގި ގިނަ "ޖަރީމާ" ތަކަކީ ފާޅުގައި ހިންގި ކަންކަން!

08 ޖުލައި 2020
ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ޓީމުން ހިންގި ގިނަ "ޖަރީމާ" ތަކަކީ ފާޅުގައި ހިންގި ކަންކަން!
03 މާރިޗު 2020

5 އަހަރުވަންދެން މަރުކަޒީ ބާރު ހިންގި ބަޔަކަށް ލާމަރުކަޒެއް ނުކުރެވޭނެ، އެމީހުން އުޅެނީ ކަޅުފައިސާ ދޮވުނު ވެރިޔަކު ސަލާމަތް ނުކުރެވިގެން

03 މާރިޗު 2020
5 އަހަރުވަންދެން މަރުކަޒީ ބާރު ހިންގި ބަޔަކަށް ލާމަރުކަޒެއް ނުކުރެވޭނެ، އެމީހުން އުޅެނީ ކަޅުފައިސާ ދޮވުނު ވެރިޔަކު ސަލާމަތް ނުކުރެވިގެން
07 މާރިޗު 2019

ހިޔާނާތް ބަލަން މަޖިލީހުގައި ތިބީ ހިޔާނާތް ހިންގި ކަމަށް ބުނާ މެމްބަރުން!؟

07 މާރިޗު 2019
ހިޔާނާތް ބަލަން މަޖިލީހުގައި ތިބީ ހިޔާނާތް ހިންގި ކަމަށް ބުނާ މެމްބަރުން!؟
11 ނޮވެމްބަރު 2018

ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް

11 ނޮވެމްބަރު 2018
ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
26 ޖުލައި 2018

ރަށްވެހި ތަރައްގީ : އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި އޮޅުން ބޮޅުން!

26 ޖުލައި 2018
ރަށްވެހި ތަރައްގީ : އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި އޮޅުން ބޮޅުން!
24 ޖޫން 2018

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

24 ޖޫން 2018
އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
01 މާރިޗު 2018

އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!

01 މާރިޗު 2018
އުތުރު ކޮރެއާއާއެެކު މަނާ މުއާމަލާތް ހިންގި ބޯޓުގައި ގދ. މަޑަވެލީ މަސް ދޯންޏެއްގެ އެމްއެމްއެސްއައި ނަމްބަރު!
01 އޮކްޓޯބަރު 2017

ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު، ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!

01 އޮކްޓޯބަރު 2017
ޑރ. އަފްރާޝީމް އަވަހާރަކޮށްލިތާ ފަސް އަހަރު،  ޖަރީމާ ހިންގި މީހުނަށް އަދަބެއް ނުދެވުނު!
12 ސެޕްޓެމްބަރު 2017

ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟

12 ސެޕްޓެމްބަރު 2017
ރާއްޖެ ޓީވީން ހިންގި ޓެލެތޯން އެހާބޮޑަށް ކާމިޔާބުވީ ކީއްވެ؟
04 ސެޕްޓެމްބަރު 2017

ރާއްޖެއާއި މިޔަންމާއާ ދެމެދު މާބޮޑު ވިޔަފާރީގެ ގުޅުމެއް ނެތް!

04 ސެޕްޓެމްބަރު 2017
ރާއްޖެއާއި މިޔަންމާއާ ދެމެދު މާބޮޑު ވިޔަފާރީގެ ގުޅުމެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް