Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުން

ވެކްސިންގެ އަސަރު ކުރާ މިންވަރު އިތުރުވުމުން އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް

ލުއިތައް ދިން ނަމަވެސް ގައިދުރުކަން ބަހައްޓައި މާސްކް ވެސް އަޅަންޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 21 ފެބުރުއަރީ 2021 | އާދީއްތަ 06:23
އިސްރާއީލްގެ ޝޮޕިންގ މޯލް

އިސްރާއީލްގެ ޝޮޕިންގ މޯލް

ވެކްސިންގެ އަސަރު ކުރާ މިންވަރު އިތުރުވުމުން އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީފިއެވެ.

އެ ޤައުމުގައި ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ފައިޒަރއާއި ޖަރުމަނުވިލާތުގެ ބަޔޯއެންޓެކުން އުފައްދާފައިވާ ފައިޒަރ ވެކްސިން 98.9 އިންސައްތަ އަސަރު ކުރެއެވެ. އާދިއްތަ ދުވަހުން ފެށިގެން އެޤައުމުގެ ފިހާރަތަކާއި ލައިބްރަރީ އަދި މިއުޒިއަމްތައް ހުޅުވުމަށް ނިންމާފައިވާއިރު ގައިދުރުކަން ބަހައްޓާ މާސްކް ވެސް އަޅަންޖެހެއެވެ.

މީގެ އިތުރުން ދީފައިވާ ލުއިތަކުގެ ތެރޭގައި އާންމުންނަށް ޝޮޕިންގ މޯލްތަކަށް ވަދެވޭއިރު، ޒޫ ފަދަ ތަންތަން ބަލައިލުމަށް ވެސް ވަދެވޭނެއެވެ. ހޮޓެލްތަކާއި ޖިމްތައް ހުޅުވުމަށް ނިންމާފައިވާއިރު އާންމުންނަށް އެތަންތަނަށް ވަދެވެނީ "ގްރީން ޕާސްޕޯޓެއް" ބޭނުންކޮށްގެންނެވެ. މިއީ ހަމައެކަނި ވެކްސިން ޖަހާ މީހުންނަށް ދޭ ސެޓްފިކެޓެކެވެ. މި ޕާސްޕޯޓް އެޕްލިކޭޝަނެއް މެދުވެރިކޮށް ބޭނުންކުރެވޭއިރު އެ ޤައުމުގެ ހެލްތް މިނިސްޓްރީން ބުނީ ޕާސްޕޯޓްގެ މުއްދަތަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ ހަ މަސް ދުވަސް ކަމަށެވެ.

އެ ޤައުމުގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ މިއީ އައު އާންމު ހާލަތަކަށް ދިޔުމަށްޓަކައި އަޅާ ފުރަތަމަ ފިޔަވަޅު ކަމަށެވެ. މުޅި ދުނިޔޭގައި ވެސް ނިސްބަތުން އެންމެ ގިނައިން މީހުންނަށް ވެކްސިން ދެމުން އަންނަ ޤައުމަކަށް އިސްރާއިލްވެފައިވާއިރު 49 އިންސައްތަށްވުރެން ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެ ޤައުމު ލޮކްޑައުންއަކަށް ގޮސްފައިވަނީ ފެންނަ ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެންނެވެ.

މި ލުއިތައްދިން ނަމަވެސް އެ ޤައުމުގެ ބޯޑަރުތައް އިތުރު ދެ ހަފްތާއަށް ބަންދުވާނެއެވެ.

އިތުރަށް ކިޔާލަން

31 އޮކްޓޯބަރު 2017

އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި

31 އޮކްޓޯބަރު 2017
އިސްރާއީލުން ވައިގެމަގުން ދިން ހަމަލާގެ ބަދަލު ހިފާނެކަމަށް ޣައްޒާއިން ބުނެފި
07 އޯގަސްޓު 2017

އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި

07 އޯގަސްޓު 2017
އިސްރާއީލުން އަލްޖަޒީރާ ހުއްޓުވަން ނިންމައިފި
27 ޖޫން 2017

ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ

27 ޖޫން 2017
ޔަމަނުގައި ކޮލެރާ ފެތުރިފައިވާ މިންވަރު ދަށަށް ހިނގައްޖެ
11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު