Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 60،000 އަށް ވުރެ މައްޗަށް އަރައިފި

ޣައްޒާގެ ހަނގުރާމައިގައި އަންގާރަ ދުވަހު އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަމަށް ބުނެ ހަނގުރާމަ މެދުކަނޑާލި ވަގުތުކޮޅުގައިވެސް، އެހީ ހޯދަން އުޅުނު 19 މީހުންނާއެކު 62 މީހުން ވަނީ ޝަހީދު ވެފައެވެ.

ރާއްޖެ އެމްވީ | 29 ޖުލައި 2025 | އަންގާރަ 15:31
ޣައްޒާގެ ޚާން ޔޫނިސްގައި އޮކްޓޯބަރު 16، 2023 ވަނަ ދުވަހު އިސްރާއީލުން އާންމު މީހެއްގެ ގެއަށް ބޮން އެޅުމުން ގޭގެ ވެރިމީހާ ކަރުނަ އަޅަނީ

ޣައްޒާގެ ޚާން ޔޫނިސްގައި އޮކްޓޯބަރު 16، 2023 ވަނަ ދުވަހު އިސްރާއީލުން އާންމު މީހެއްގެ ގެއަށް ބޮން އެޅުމުން ގޭގެ ވެރިމީހާ ކަރުނަ އަޅަނީ

ޣައްޒާގެ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 60،000 އަށްވުރެ މައްޗަށް އަރައިފިއެވެ.ގައްޒާގެ ސިއްހީ ވުޒާރާއިން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 60،034 އަށް އަރައިފިއެވެ.އަންގާރަ ދުވަހު އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަނގުރާމަ މެދުކަނޑާލާފައި ވަނިކޮށް، މެޑިކަލް ވަޞީލަތްތަކުން އަލްޖަޒީރާ އަށް ހާމަކުރި ގޮތުގައި، އެހީ ހޯދަން އުޅުނު 19 މީހުންނާއެކު މުޅި ޖުމްލަ 62 ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.ޣައްޒާގެ މެދުތެރޭ ސަރަހައްދުގައިވާ ދީރުލް-ބަލާހުން އަލްޖަޒީރާގެ ނޫސްވެރިޔާ ތާރިޤް އަބޫ އައްޒޫމް ރިޕޯޓުކުރި ގޮތުގައި، އެ ސަރަހައްދުގެ ރައްޔިތުން ބުނެފައިވަނީ އަންގާރަވިލޭރެ އަކީ މި ފާއިތުވި ހަފްތާ ތަކުގެ ތެރޭގައި އެންމެ ލޭއޮހޮރުވުން ބޮޑު ރެއެވެ. އެގޮތުން އެމީހުން ބުނާ ގޮތުގައި އިސްރާއީލުން ވަނީ ބޫބީ-ޓްރެޕް ރޮބޮޓުތަކާއި، ޓޭންކުތަކާއި، ޑްރޯން ބޭނުންކޮށްގެން ހަމަލާ ދީފައެވެ.މި ހަނގުރާމައިގެ ސަބަބުން އެތައް ހާސް ކުޑަކުދިންނާއި އަންހެނުން ވަނީ ޝަހީދުވެފައެވެ. އަދި މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ނިކަމެތި ހާލަތަކަށް ވެއްޓި، އިންސާނީ އެހީ އަށް ޖެހިފައެވެ. ބައިނަލްއަޤްވާމީ މުޖުތަމައުއިން މި ހަނގުރާމަ ހުއްޓުވުމަށް ގޮވާލަމުންދާއިރު، ޣައްޒާ ގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ.

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު