Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓް މިނިސްޓްރީގެ ކޮރަޕްޝަން

ވެހިކަލް ރަޖިސްޓްރީ ދޫކުރުމުގައި ޓްރާންސްޕޯޓް އޮތޯރިޓީ ތެރޭގައި ހިނގާ ކޮރަޕްޝަނުގެ މައްސަލަ މަޖިލީހާ ހިއްސާ ކޮށްފި

18 ފެބުރުއަރީ 2021 | ބުރާސްފަތި 14:05

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމާއި ވެހިކަލް ރަޖިސްޓްރޭޝަން އޮތީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް

އަތޫފް އާތިފް
އަތޫފް އާތިފް | 18 ފެބުރުއަރީ 2021 | ބުރާސްފަތި 14:05
މާލޭގެ މަގުމަތީގައި ވެހިކަލްތަކެއް ޕާކުކޮށްފައި ވަނިކޮށް

މާލޭގެ މަގުމަތީގައި ވެހިކަލްތަކެއް ޕާކުކޮށްފައި ވަނިކޮށް

ވެހިކަލް ރަސްޖިސްޓްރީ ކުރުމާއި ލައިސަންސް ދޫކުރުމުގައި ޓްރާސްޕޯޓު މިނިސްޓްރީއާ ޓްރާންސްޕޯޓް އޮތޯރިޓީގެ ތެރެއިން ހިނގާކަމަށް ތުހުމަތުކުރާ ކޮރަޕްޝަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއާ ހިއްސާ ކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންކަން ހުރިކަން މިނިވަން މުއައްސަސާއާ ބެހޭ ކޮމެޓީއާ ހިއްސާ ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ރާއްޖޭގައި ނެޝަނަލް އެންޓި ކޮރަޕްޝަން ޕޮލިސީ އެކުލަވާލަމުން އަންނަ ކޮންސަލްޓަންޓުން ގުޅިގެނެވެ.

Advertisement - newsAdvertisement

ކޮމެޓީއާ ބައްދަލުކުރައްވާ، ޑރ. ސިމާދު ސައީދު ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގައި ހައްލުނުވެ ގިނަ ދުވަސްވެފައިވާ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ކޮރަޕްޝަން އެންމެ ބޮޑަށް ހިނގުމުގެ ފުރުސަތު އޮތް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީ ހިމެނޭ ކަމަށް ސިމާދު ވިދާޅުވިއެވެ.

ސިމާދު އިތުރަށް ވިދާޅުވީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދިނުމާއި ވެހިކަލް ރަޖިސްޓްރޭޝަން އޮތީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި، މި މައްސަލައަށް އޮތް ހައްލަކީ ލައިސަންސް ދިނުން ޑިޖިޓަލައިޒްކުރުން ކަމަށާއި، ލައިސަންސް ދޫކުރުމުގައި ޓްރާންސްޕޯޓުން މިހާރު ގެންގުޅޭ ސިސްޓަމުން ފަސޭހައިން މައުލޫމާތު އޮޅުވައިލެވޭނެ ކަމަށެވެ.

ސިމާދު ވިދާޅުވީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ހީވެސް ނުކުރާވަރުގެ ބޮޑެތި ކޮރަޕްޝަނުގެ އަމަލު ހިންގާފައި އެބަހުރި ކަމަށެވެ. އެންމެ ގަރާޖަކަށް 70 ވެހިކަލް ރަޖިސްޓްރީކުރުން ފަދަ ކަންކަން ހިނގާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ސިމާދު ވިދާޅުވިއެވެ.

ވެހިކަލް ރަޖިސްޓްރީކޮށްދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގިކަން މަޖިލީހުގެ ކޮމިޓީއެއްގައި ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ އެއްބަސްވެފައެވެ. އެކަން ހުއްޓުވަން ފިޔަވަޅުތަކެއް އެޅި ކަމަށް ކޮމިޓީގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
03 މާރިޗު 2017

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް