Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމް.އެން.ޑީ.އެފް ޓްރެއިނިން ފެސިލިޓީ

ވިލިމާލޭގައި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ޓްރެއިނިން ފެސިލިޓީއެއް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

17 ފެބުރުއަރީ 2021 | ބުދަ 14:30

ޓްރެއިނިންގް ފެސިލިޓީގެ ސަބަބުން ކޯސްޓް ގާޑުގެ ޤާބިލްކަން އިތުރަށް ވަރުގަދަވެގެންދާނެކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 17 ފެބުރުއަރީ 2021 | ބުދަ 14:30
ވިލިމާލޭގައި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ޓްރެއިނިން ފެސިލިޓީއެއް ޤާއިމުކުރުމަށް އެއްބަސްވުން ޤާއިމުކުރުމުގެ ތެރެއިން

ވިލިމާލޭގައި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ޓްރެއިނިން ފެސިލިޓީއެއް ޤާއިމުކުރުމަށް އެއްބަސްވުން ޤާއިމުކުރުމުގެ ތެރެއިން

ވިލިމާލޭގައި މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ޓްރެއިނިން ފެސިލިޓީއެއް ޤާއިމުކުރުމަށް އެއްބަސްވެއްޖެއެވެ.

ވިލިމާލޭގައި ހުންނަ އެމް.އެން.ޑީ.އެފް ކޯސްޓް ގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމް.އާރު.ސީ.ސީ) ގައި ޓްރެއިނިންގ ފެސިލިޓީއެއް ބިނާކުރުމާ ބެހޭގޮތުން، ޖަޕާނާއި ޔޫ.އެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އާ ދެމެދު، އެކްސްޗޭންޖް އޮފް ނޯޓްސްގައި ވަނީ ސޮއިކޮށްފައެވެ. މި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

ބުދަދުވަހުގެ މެންދަރުފަހު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، މި މުހިންމު މަޝްރޫޢަށް ޚަރަދުކުރައްވާ ޖަޕާނު ސަރުކާރަށާއި އެޤައުމުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. ޖަޕާނަކީ ދިވެހިރާއްޖޭގެ ތަރައްޤީގައި ވަރަށް މުހިންމު އަދި އެހާމެ ގާތް ބައިވެެރިއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، މިއަދު ދިވެހި މުޖްތަމަޢުގެ ހުރިހާ ދާއިރާއެއްގައިވެސް، ޖަޕާނުގެ އެހީތެރިކަމާއި އޯގާތެރިކަމުގެ ހެކިތައް ފެންނަން ހުރިކަމަށެވެ. ޖަޕާނަކީވެސް ޖަޒީރާ ޤައުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، ދެޤައުމުގެ ގުޅުމަކީ އެއް ޖަޒީރާ ޤައުމުން އަނެއް ޖަޒީރާ ޤައުމަށް އެހީވެދިނުމުގެ ރީތި މިސާލު ރަަމްޒުކޮށްދޭ ގުޅުމެއް ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން، ކަނޑުފޭރުމާއި، މަސްކަނޑުތަކުން ވައްކަންކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރި ފަދަ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް އިތުރުވެފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރ މާރިޔާ ވިދާޅުވީ، 99.7 އިންސައްތަ ކަނޑުގެ މައްޗަށް އެކުލެވިފައިވާ ދިވެހިރާއްޖޭގެ ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަމާއި އަމާންކަން އިތުރަށް ވަރުގަދަކޮށް، ކަށަވަރުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެމް.އާރު.ސީ.ސީއަކީ ކޯސްޓް ގާޑުގެ "ސަރޗް އެންޑް ރެސްކިޔު" އޮޕަރޭޝަންތައް ވިލަރެސްކުރާ މައި މަރުކަޒުކަން ފާހަގަކުރައްވައި މިނިސްޓަރ މާރިޔާ ވަނީ، މި ޓްރެއިނިންގ ފެސިލިޓީގެ ސަބަބުން، ގިނަ ޢަދަދެއްގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވެ، ކޯސްޓް ގާޑުގެ ޤާބިލްކަން އިތުރަށް ވަރުގަދަވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ރާއްޖެއަށް ބޭނުންތެރި މިފަދަ މަޝްރޫޢުތަކާއި ތަމްރީނު ޕްރޮގްރާމްތައް ރާވައި، ހިންގައި އަދި އެކަމަށް މަގުފަހިކޮށްދިނުމުގައި ޔޫ.އެން.އޯ.ޑީ.ސީން އަދާކުރާ މުހިންމު ދައުރަށްޓަކައި، އެއިދާރާއަށް މިނިސްޓަރ މާރިޔާ ޝުކުރު އަދާކުރެއްވިއެވެ. މިދިޔަ އޯގަސްޓްމަހު، ޖަޕާނުގެ އެހީތެރިކަމާއެކު، ޔޫ.އެން.އޯ.ޑީ.ސީން މެދުވެރިވެގެން، އެމް.އާރު.ސީ.ސީއަށް ހަދިޔާކުރި ފަންނީ އާލާތްތަކުގެ ސަބަބުން، އެސެންޓަރުގެ މަސައްކަތަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އާއި، ޔޫ.އެން.އޯ.ޑީ.ސީގެ ކްރައިމް ޕްރިވެންޝަން އެންޑް ކްރައިމް ޖަސްޓިސް އޮފިސަރ އޮފް ދަ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމް މަސަޓޯމޯ ޔަމަގޫޗީއާއި، ސްޓޭޓް މިނިސްޓަރ ފޮރ ފޮރިން އެފެއަރޒް އަޙްމަދު ޚަލީލާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2018

ވެމްކޯގެ ފްރަންޓް އޮފީހެއް ވިލިމާލޭގައި ހުޅުވައިފި

11 ޖެނުއަރީ 2018
ވެމްކޯގެ ފްރަންޓް އޮފީހެއް ވިލިމާލޭގައި ހުޅުވައިފި
14 ޑިސެމްބަރު 2017

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ވިލިމާލޭގައި ޖަލްސާއެއް ބާއްވަނީ

14 ޑިސެމްބަރު 2017
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ވިލިމާލޭގައި ޖަލްސާއެއް ބާއްވަނީ
04 ޑިސެމްބަރު 2017

ވެމްކޯ އިން ވިލިމާލޭގައި ކުނިއުކަން ފަށައިފި

04 ޑިސެމްބަރު 2017
ވެމްކޯ އިން ވިލިމާލޭގައި ކުނިއުކަން ފަށައިފި
25 ނޮވެމްބަރު 2017

ވިލިމާލޭގައި ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ: ފުލުހުން

25 ނޮވެމްބަރު 2017
ވިލިމާލޭގައި ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ: ފުލުހުން
02 ނޮވެމްބަރު 2017

ކުއްތާތައް ބޭނުންކޮށްގެން ވިލިމާލޭގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ

02 ނޮވެމްބަރު 2017
ކުއްތާތައް ބޭނުންކޮށްގެން ވިލިމާލޭގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަނީ
28 އޮކްޓޯބަރު 2017

ޕާކިސްތާނު އެންބަސީއިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ސްމާޓްބޯޑު ހަދިޔާކޮށްފި

28 އޮކްޓޯބަރު 2017
ޕާކިސްތާނު އެންބަސީއިން ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް ސްމާޓްބޯޑު ހަދިޔާކޮށްފި
15 އެޕްރީލު 2017

ވިލިމާލޭގައި މިހާރު ނިހާނަށް ތާޢީދެއް ނެތް: ޙަމްނާ

15 އެޕްރީލު 2017
ވިލިމާލޭގައި މިހާރު ނިހާނަށް ތާޢީދެއް ނެތް: ޙަމްނާ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް