Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް އިންތިޚާބު

ވިލިމާލޭގައި މިހާރު ނިހާނަށް ތާޢީދެއް ނެތް: ޙަމްނާ

15 އެޕްރީލު 2017 | ހޮނިހިރު 18:56

ދާއިރާއަށް ނިހާން އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ތުޙުމަތުކުރެއްވި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 15 އެޕްރީލު 2017 | ހޮނިހިރު 18:56
ވިލިމާލޭ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ވިލިމާލޭ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ވިލާމާލޭ ދާއިރާގެ މެންބަރު އަދި އެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަޙުމަދު ނިޙާން ޙުސައިން މަނިކަށް އެބޭފުޅާ ތަމްޞީލުކުރައްވާ ދާއިރާގައި އެއްވެސް ތާޢީދެއް ނެތްކަމަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން އެ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް ޙަމްނާ ވަޙީދު ވިދާޅުވެއްޖެއެވެ.

ޙަމްނާގެ ކެމްޕެއިން ރަސްމީކޮށް ފަށައި އިދިކޮޅު ފަރާތްތަކުގެ ވިލިމާލޭ ކެމްޕެއިން ހަރުގެ ހުޅުވުމުގެ އިތުރުން ހަރުގޭގައި އެމްޑީޕީގެ ބޮޑު ދިދަ ނެގުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތަށްފަހު ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން، ޙަމްނާ ވިދާޅުވީ، ވިލިމާލޭ ދާއިރާގެ މަޖިލިސް މެންބަރަކީ މިހާރު ވެރިކަން ކުރާ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި ހުރި އެންމެ ބާރުގަދަ އެއް މެންބަރު ކަމަށް ވެދާނެ ކަމަށާ، ނަމަވެސް ވިލިމާލޭގައި ނިޙާންއަށް އެއްވެސް މިންވަރެއްގެ ތާޢީދެއް މިހާރު ނެތް ކަމަށެވެ.

Advertisement - newsAdvertisement

ހަމްނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ނިޙާން އިންތިޚާބުކޮށްދިނުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ފަރާތްތައްވެސް މިއަދު ތިބީ ނިޙާން އާއި ދެކޮޅަށް ކަމަށާއި، އޭގެ މައިގަނޑު ސަބަބަކީ ދާއިރާގެ މެންބަރުގެ ގޮތުގައި ދެ ދައުރު ފުރިހަމަ ކުރައްވާއިރު، ދާއިރާއަށް އެކަށޭނަ މަސައްކަތްތަކެއް ކޮށްދެއްވިފައި ނުވުން ކަމަށެވެ.

މި ދާއިރާއަށް އެބޭފުޅާއަށް ކޮށްދެވުނު ހަމައެކަނި ޚިދުމަތަކީ ރަށުގެ ހެލްތު ސެންޓަރުގެ ނަންބޯޑު ވިލިމާލެ ހޮސްޕިޓަލަށް ބަދަލުކޮށްލެވުން ފިޔަވާ އިތުރު އެއްވެސް ކަމެއް މިދާއިރާއަށް އެބޭފުޅާ ކޮށްދެއްވާފައެއް ނެތް. ޒުވާނުންނަށްވެސް، މިރަށުގެ ސިއްޙީ ކަންތައްތައް ކުރިއެރުވުމަށްވެސް، އަދި އިޖުތިމާޢީ ކަންތައްތައް ކުރިއެރުވުމަށްވެސް، އޭގެ އިތުރުން މިރަށުގަ ކުޑަކުދިންގެ ޕާކެއް ނެތުމާ، މިރަށުގަ އެބޮތް ވަރަށް ބޮޑު ބޯޅަދަނޑެއް އެބޮތް، އެކަމު އެ ބޯޅަދަނދަކީވެސް ބޭނުންކުރެވޭ ތަނެއް ނޫން. އެހެންވީމަ އެ ހުރިހާ އިހުމާލަކީ މިއަދުގެ ސަރުކާރުގަ ހުރެ ސަރުކާރުގެ މެންބަރުގެ އިހުމާލުން މިރަށަށް ވެފަހުރި ކަންތައްތައް

ދާދިފަހުން ދެއްކެވި ވާހަކަފުޅެއްގައި، ސަރުކާރު ތަމްޞީލުކުރާ ކެނޑިޑޭޓުން ކައުންސިލްތަކަށް ހޮވިއްޖެނަމަ ކައުންސިލްތަކުގެ ބާރުތައް އިއާދަކޮށްދެއްވާނެ ކަމަށް ނިހާން ވިދާޅުވެފައިވާ ވިދާޅުވުމަށް އިޝާރާތް ކުރައްވާ ޙަމްނާ ވިދާޅުވީ، އެ ވާހަކަފުޅަކީ ވަރަށް ނާތަޙުޒީބު ވާހަކަތަކެއް ކަމަށެވެ.

ކެމްޕެއިންގެ މަސައްކަތްތައް ކުރިއަށްދާގޮތް ޙިއްސާ ކުރައްވަމުން ޙަމްނާ ވިދާޅުވީ، ވިލިމާލޭގެ ބޮޑު ބައެއްގައި މިހާރު ދޮރުން ދޮރަށް ހިނގައި ރައްޔިތުންނާއި ބައްދަލުކޮށްފައިވާނެ ކަމަށާއި، ރައްޔިތުންގެ ފަރާތުން މުޅިންވެސް އިވެނީ މިއަދުގެ ސަރުކާރާއި މެދު ހިތްހަމަނުޖެހުންކަމަށެވެ.

ހޮނިހިރުދުވަހުގެ ހަރަކާތްތަކުގައި އެމްޑިޕީގެ އިސްވެރިންނާއި އެމްޑީޕީގެ ފަރާތުން އެކި ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ ޗެއާޕަރސަން އަލްއުސްތާޛް ޙަސަން ލަޠީފް ވަނީ ޚާއްސަކޮށް ރައީސް މައުމޫންގެ ސަޕޯޓަރުން މިފަހަރު އެމްޑީޕީއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވަމުންނެވެ. އެކި ފަހަރުމަތިން ލަސްކޮށްފައިވާ މި އިންތިޚާބު މިހާރު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މެއި މަހުގެ 6 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް