Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ކުޅުންތެރިންގެ ދިފާޢުގައި ހީނާ

ޤައުމީ ކުޅުންތެރިންނަކީ ޓެރަރިސްޓުން ނޫންކަން ސަރުކާރުން ޔަގީންކޮށްދޭން ޖެހޭ: ހީނާ

ބައިނަލްއަގުވާމީ ގޮތުން ބޮޑު މައްސަލައެއް ނުކުމެދާނެ ކަމަށް ވިދާޅުވި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ފެބުރުއަރީ 2021 | ބުދަ 11:14
ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ)

ރާއްޖެޓީވީގެ \"ކުޅިވަރު ފައިލް\" ޕްރޮގްރާމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ)

ޤައުމީ ކުޅުންތެރިންނަކީ ޓެރަރިސްޓުން ނޫންކަން ސަރުކާރުން ޔަގީންކޮށްދޭން ޖެހޭ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަޙްމަދު ސަލީމް (ބޮޑުހީނާ) ވިދާޅުވެއްޖެއެވެ.

ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަދި ޤައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާ ގުޅުވައިގެން ވާހަކަތަކެއް ފަތުރާފައެވެ. އެގޮތުން އެ ކުޅުންތެރިންނަކީ ސީރިއާއަށް ޖިހާދުވާން ދިޔުމަށް ތައްޔާރުވެފައިވާ ބައެއް ކަމަށާއި، ޓީމު ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތަކެއް ފެތުރުނެވެ.

އެއާއެކު އެކަން ގިނަ ދިވެހިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރިއިރު، ޤައުމީ ކުޅުންތެރިންގެ ދިފާއުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަން ހުސެއިން މުޙައްމަދު އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލުވެސް ވަނީ ވާހަކަދައްކަވާފައެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހީނާ ވިދާޅުވީ ދާދި ފަހުން ފެތުރުނު ވާހަކަތަކުގެ ސަބަބުން ބައިނަލްއަގުވާމީ ގޮތުން ބޮޑު މައްސަލައެއް ނުކުމެދާނެ ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި އެ ކުޅުންތެރިންނާ ދިމާލަށް ޓެރަރިސްޓުންނޭ ބުނެފައިވާއިރު، ބައިނަލްއަގުވާމީ މައިދާނުގައި ކުޅުންތެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ބުންޏެވެ. އެހެންކަމުން އެކަމާ ދެކޮޅަށް ސަރުކާރުންވެސް ނުކުންނަން ޖެހޭ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ ޤައުމީ ކުޅުންތެރިންނާ ދިމާލަށް ޓެރަރިސްޓުންނޭ ބުނުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށާއި، އެއީ ޤާނޫނީ ގޮތުންވެސް ކުށްވެރިވާން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އެއްވެސް މީހަކު ކުޅިވަރު ކުޅުނަސް ނުވަތަ ނުކުޅުނަސް، އެ މީހެއްގެ އަބުރާބެހި، އެ މީހެއްގެ ހަގީގަތް ނޭނގި އެ މީހެއް ބަދުނާމުކުރާ ވާހަކަ ދައްކައިގެންނުވާނެ ކަމަށާއި، އެއީ ވަކި ކުޅިވަރު ކުޅޭ މަޝްހޫރު މީހެއް ކަމުގައި ވެގެން އޮންނަން ވަކި އުސޫލެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ކުޅިވަރުގައި އޮތީ ވަރަށް ބަދަހި އާއިލާއެއް ކަމަށާއި، އެ ކުޅުންތެރިންގެ ދިފާއުގައި ދައްކަން ޖެހޭ ކޮންމެ ވާހަކައެއް ކުޅިވަރުގެ އާއިލާއިން ދައްކާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ޤައުމީ ކުޅުންތެރިންގެ ދިފާޢުގައި ހީނާ ވާހަކަދެއްކެވިއިރު، މީގެ ކުރިން އެފްއޭއެމުންވެސް ވަނީ ޤައުމީ ކުޅުންތެރިންނާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ވާހަކަތެއް ފެތުރި ވާހަކަތަކުގެ މައްސަލަ ފުރިހަމައަށް ތަޙުޤީޤު ކުރުމަށް ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

02 ޖުލައި 2018

މިއީ ޤައުމީ ޓީމުގެ ކެރިއަރުގެ ކުރިމަގާއި ބެހޭ ގޮތުން ވާހަކަ ދައްކަން ރަނގަޅު ވަގުތެއް ނޫން: ރޮނާލްޑޯ

02 ޖުލައި 2018
މިއީ ޤައުމީ ޓީމުގެ ކެރިއަރުގެ ކުރިމަގާއި ބެހޭ ގޮތުން ވާހަކަ ދައްކަން ރަނގަޅު ވަގުތެއް ނޫން: ރޮނާލްޑޯ
02 ޖުލައި 2018

ވާރލްޑް ކަޕުން ކެޓުމުން ސްޕެއިންގެ މީޑިއާގެ ފާޑުކިޔުން ޤައުމީ ޓީމަށް

02 ޖުލައި 2018
ވާރލްޑް ކަޕުން ކެޓުމުން ސްޕެއިންގެ މީޑިއާގެ ފާޑުކިޔުން ޤައުމީ ޓީމަށް
13 ޖޫން 2018

ރެއާލްގެ ކޯޗުކަމަށް ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗު ގެންނަނީ!

13 ޖޫން 2018
ރެއާލްގެ ކޯޗުކަމަށް ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗު ގެންނަނީ!
05 ނޮވެމްބަރު 2017

އަނިޔާގެ ސަބަބުން ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ސްކޮޑުން ބާކީކޮށްފި

05 ނޮވެމްބަރު 2017
އަނިޔާގެ ސަބަބުން ޑެލޭ އަލީ އިންގްލެންޑްގެ ޤައުމީ ސްކޮޑުން ބާކީކޮށްފި
29 އޮކްޓޯބަރު 2017

ރާއްޖެއަށް ޤައުމީ ފެންވަރެއްގައި ޑޮޖްބޯލް ތައާރަފް ކުރަނީ

29 އޮކްޓޯބަރު 2017
ރާއްޖެއަށް ޤައުމީ ފެންވަރެއްގައި ޑޮޖްބޯލް ތައާރަފް ކުރަނީ
18 އޮކްޓޯބަރު 2017

މަކީޓާ ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް ނޮވެމްބަރު މަހު ބާއްވަނީ

18 އޮކްޓޯބަރު 2017
މަކީޓާ ޤައުމީ ފެތުމުގެ 42 ވަނަ މުބާރާތް ނޮވެމްބަރު މަހު ބާއްވަނީ
29 ޖުލައި 2017

ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

29 ޖުލައި 2017
ހަތަރެއް ގުނަ 100 މީޓަރ ފްރީސްޓައިލް މިކްސްޑް ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި
27 ޖުލައި 2017

ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި

27 ޖުލައި 2017
ހަތަރެއް ގުނަ 100 މީޓަރ މިޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް އާކޮށްފި
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު